ސަރުކާރުން ގެއެއް އަޅާފައި ދިނުމަށްވުރެ މިއަދު ތައާރަފްކުރި ފަސް ޕަސެންޓްގައި ހައުސިން ލޯނު ލިބޭ ހިޔާވަހި ސްކީމްގެ ނަތީޖާ މާ ރަނގަޅުވާނެ ކަމަށް ރައީސުލްޖުމުހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެެވެ.
ރައީސް މިހެން ވިދާޅުވީ، "ހިޔާވެހި ފައިނޭންސިންގ ޕްރޮގްރާމް" އިފްތިތާޙުކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ.
ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ ސަރުކާރުގެ އެންމެ އިސް ސިޔާސަތަކީ ގެދޮރުވެރިކަމުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުންކަމަށެވެ.
ރައީސް މުޢިޒު ވިދާޅުވީ "ހިޔާވެހި ފައިނޭންސިންގ ޕްރޮގްރާމް" ސްކީމަކީ މިއަދު ފަށާފައި އަންނަ އަހަރު ހުއްޓާލާނޭ ސްކީމެއް ނޫން ކަމަށެވެ. އެމަނިކުފާނު ވިދާޅުވީ، މިއަދު މި ފެށިގެންދަނީ ރާއްޖޭގެ ރައްޔިތުންނަށް އެންމެ ބޮޑުވެފައިވާ މައްސަލައަށް ދާއިމީ ހައްލެއް ގެނެސްދިނުމުގެ ޕްރޮގްރާމްކަމަށެވެ.
އެމަނިކުފާނުގެ ވަޢުދުފުޅާއި، ދިވެހީންގެރާއްޖެ މެނިފެސްޓޯގައިވެސް ހިމަނުއްވާފައިވާ ފަދައިން ފަސް އިންސައްތަ އަށް ވުރެ އިންޓްރަސްޓް އިތުރުނުވާނޭ ގޮތަށް ފަރުމާކޮށްފައިވާ މި ޕްރޮގްރާމްގެ ދަށުން، ރާއްޖޭގެ ކޮންމެ ރަށެއްގައި ހުރި މީހަކު ކަމުގައިވިޔަސް، އެމީހެއްގެ އަމިއްލަ ގޯތި، އުޅެވޭ ވަރުގެ ހިޔާވައްސަކަށް ހެދޭނެކަމަށް ރައީސް މުޢިއްޒު ވިދާޅުވިއެވެ.
"މިއަދު މިފެށުނީ އޭގެ އެންމެ މުހިންމު މަސައްކަތް. ހަގީގަތުގައި ސަރުކާރުން ގެއެއް އަޅާފައި ދިނުމަށްވުރެ މި ސްކީމުން ލިބޭ ނަތީޖާ މާ ރަނގަޅުވެސް ވާނެ، މާގިނަ ބަޔަކަަށް އެހީވެސް ލިބިގެންދޭ. އެހެންވީމަ ސަރުކާރުން ހިންގާ ގެދޮރުގެ މަޝްރޫޢު ތަކާއި ލޯނު ސްކީމްގެ ތެރެއިން އަމިއްލަ އަށް ނިންމުމާއި އެކުގައި އަދި އަޅުގަނޑު ވައުދުވި ފަދައިން މާލެ ސަރަހައްދުން މި ދޫކޮށްފައިވާ ގޯތިތައް ހެދުމަށްޓަކައި އެހީތެރިކަމެއް ލިބޭ ސްކީމެއް ވެސް ތައާރަފްކުރުމުގެ މަސައްކަތް އެބަކުރަން." ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ 2025 ވަނަ އަހަރަށް ސަރުކާރުން ހުށަހަޅުއްވާފައިވާ ބަޖެޓުގައި މި ސްކީމަށް އެކަށައަޅާފައިވާ އެއް ބިލިޔަން ރުފިޔާ، ހިމަނުއްވާފައިވާނޭ ކަމަށެވެ. އަދި ކުރިއަށްއޮތް ހަތަރު އަހަރުގެ ބަޖެޓުގައިވެސް މި މަސައްކަތަށް މި ޢަދަދު ހިމަނުއްވާނޭކަމަށް ރައީސް ވިދާޅުވިއެވެ. އަދި ނަތީޖާއެއްގެ ގޮތުން، ކޮންމެ އަހަރަކު، އެއް ބިލިޔަން ރުފިޔާ ބޭނުންކޮށްގެން ދެ ބިލިޔަން ރުފިޔާގެ ލޯނު ދޫކުރެވޭނޭކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ސަރުކާރުގެ އަމާޒަކީ، ގޯތި އޮވެ ގެ އެޅޭނޭ ގޮތް ނެތް މީހުންނާއި، ގެ އަޅަން ފެށުމަށްފަހު މަސައްކަތް ހުއްޓާލަން ޖެހިފައިވާ މީހުންނާއި، ޢިމާރާތް ބާވެ މަރާމާތުކުރަން ބޭނުންވެފައިތިބި މީހުންގެ ތަކުލީފުތަކަށް ލުޔެއް ހޯއްދަވައިދެއްވުންކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ އެމަނިކުފާނު ދެކެވަޑައިގަންނަވަން ބޭނުންފުޅުވަނީ، ރާއްޖޭގައި ގެދޮރުވެރިކަމަށް ފުރުޞަތު ނުލިބޭ ހަމަ އެކަކުވެސް ނުހުންނާނޭ ދުވަހެއްކަމަށެެވެ. އަދި ރައްޔިތުންނާ ބައްދަލުވާ އެކި މަންސަތަކުގައި، ބޯހިޔާވަހިކަމާމެދު ރައްޔިތުން ކުރި ޝަކުވާތަކުގެ ޖަވާބުގައި ވެވަޑައިގަންނަވާފައިވާ ވަޢުދުތައް، ވަޢުދުވެފައިހުރި ގޮތަށް ފުއްދަވައިދެއްވުމަކީ އެމަނިކުފާނު އިސްކަންދެއްވާކަމެއް ކަމަށް ރައީސް ވިދާޅުވިއެވެ.
މިއަދުގެ ރަސްމިއްޔާތުގައި ރައީސް ވަނީ މި މަސައްކަތުގައި ސަރުކާރާއެކު ބައިވެރިވާ ބޭންކްތައް ކަމުގައިވާ ހައުސިންގް ޑިވެލޮޕްމެންޓް ފައިނޭންސް ކޯޕަރޭޝަން (އެޗް.ޑީ.އެފް.ސީ)، ބޭންކް އޮފް މޯލްޑިވްސް (ބީ.އެމް.އެލް) އަދި މޯލްޑިވްސް އިސްލާމިކް ބޭންކް (އެމް.އައި.ބީ)އަށް ޝުކުރު އަދާކުރައްވާފައެވެ.
މި އަހަރުގެ މިނިވަން ދުވަހުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ގެދޮރުވެރިކަމުގެ މައްސަލައަށް ހައްލެއް ގެނައުމަށްޓަކައި ފަސް އިންސައްތައަށްވުރެ އިންޓަރެސްޓް ރޭޓް ބޮޑުނުވާގޮތަށް ދޫކުރާ ގެދޮރުވެރިކަމުގެ ލޯނުތައް ދޫކުރަން ފަށާނޭކަމަށް އިއުލާންކުރަށްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު