ޝާން މުހައްމަދު   5 ނޮވެމްބަރު 2024 - 12:6
ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް މިނިސްޓްރީން ކުރިއަށް ގެންދާ މެރިކަލްޗަރ ކޯހުގެ ދެވަނަ ބެޗު މާލެއަތޮޅު މަނިޔަފުށީގައި ފަށައިފިއެވެ.

މިނިސްޓްރީން ބުނީ މި ޕްރޮގްރާމަކީ އާމްދަނީ ލިބޭ މަސައްކަތެއްގެ ގޮތުގައި ރާއްޖޭގައި މެރިކަލްޗަރ ތަރައްގީކުރުމަށްޓަކައި އެ ދާއިރާއިން މީހުން ބިނާކުރުމަށް ކުރިއަށް ގެންދާ މުހިއްމު މަސައްކަތެއް ކަމަށެވެ.

މި ކޯހުގައި ދަސްކޮށްދޭ ބައިތަކުގެ ތެރޭގައި އެކުއަކަލްޗަރ ކުރުމަކީ ކޮބައިކަމާއި އާންމުކޮށް އެކުއަކަލްޗަރުގައި ބޭނުން ކުރާ ނިޒާމުތަކާއި އެ ނިޒާމުތައް މަސައްކަތް ކުރާ ގޮތްތައް ހިމެނެއެވެ. އަދި އެކުއަކަލްޗަރ ކުރުމުގައި ބޭނުންކުރާ ތަފާތު ބާއްވަތަކުގެ ކާނާ އާއި ދިރޭކާނާ އާލާކޮށް ގެންގުޅޭނެ ގޮތް ވެސް ދަސްކޮށްދޭނެއެވެ.

އަދި ފާނައާއި ހުއިފިލަނޑާ އާއި މާގަނޑުމަހާއި އިތާމުތް އާލާކުރުމުގެ އެކިއެކި މަރުހަލާތަކާއި އެ ބާވަތްތައް އާލާކުރަން ވެސް ޕްރޮގްރާމްގެ ތެރޭގައި ދަސްކޮށް ދޭނެއެވެ.

މިފަހަރުގެ މެރިކަލްޗަރ ކޯހުގެ ދެވަނަ ބެޗްވެސް ފެށީ އޭގައި ބައިވެރިވާން މުޅި ރާއްޖެ އަށް އާންމުކޮށް ހުޅުވާލައިގެން ބައިވެރިންތަކެއް ނަގައިގެންނެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން