ރައްކާތެރިކަމުގެ ފިޔަވަޅުތައް ވަރުގަދަކޮށް، ޒަމާނީ ބަދަލުތަކާ އެކު ދެން ޑޮމައިން ވިއްކާނީ ބީލަން އުސޫލުންކަމަށް ޓްރާންސްޕޯޓު މިނިސްޓަރު މުހައްމަދު އަމީން މިއަދު ވިދާޅުވެއްޖެއެވެ.
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޓްރާންސްޕޯޓް މިނިސްޓަރު މުޙައްމަދު އަމީން ވިދާޅުވީ އަންނަ 2025 ވަނަ އަހަރުން ފެށިގެން އަލަށް ޑޮމައިން ދޫކުރަން ފަށާނެ ކަމަށެވެ. އަންނަ އަހަރު އަލަށް ޑޮމައިން ދޫކުރަން ފަށާނީ، އެކަމަށް ގިނަ ބަދަލުތަކެއް ގެނައުމަށް ފަހު ކަމަށް އަމީން ވިދާޅުވިއެވެ. މިނިސްޓަރު އަމީން ވިދާޅުވީ ކުރިއަށް އޮތްތާގައި ޑޮމައިން ދޫކުރާނީ މައްސަލަތައް ދިމާނުވާ ގޮތަށް ބަަލައިގެން ކަމަށެވެ.
"އެހެންވީމާ މީގެ ޑިމާންޑް ވެލިޔު އެއް ކްރިއޭޓްކޮށްފައި އަޅުގަނޑުމެން އަލަށް ޑޮމައިން ހުޅުވާލާނީ އެކަމަކު ކުރިއަށް އޮތްތާގައި މައްސަލަ ދިމާނުވާނެ ގޮތްތަކަކަށް، އަޅުގަނޑުމެން އަލަށް ޑޮމައިން ވިއްކަން ހަމަޖެހިފައިވަނީ އާންމުކޮށް ހުޅުވާލައިގެން ދެ ފުށް ފެންްނަ ބީލަމެއްގެ ތެރެއިން." އަމީން ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ ނިޒާމު ހަރުދަނާކޮށް މައްސަލަ ހައްލުކުރަން ކަންތައްތަކެއް ކުރަން ނިންމާފައިވާ ކަމަށެވެ. އެގޮތުން ގަވާއިދު އިސްލާހުކޮށް ގެޒެޓް ކުރުމާއި އާ ސެކިއުރިޓީ ފީޗާސްއާއެކު ފަރުމާކުރެވިފައިވާ ޑޮމެއިންގެ ރަޖިސްޓްރީ އަދި ބޭނުން ކުރުމުގެ ހުއްދައަށް ބަދަލުކޮށް ތައާރަފްކުރުމާއި ހިދުމަތް ދިނުމަށް ހަރުދަނާ އިދާރީ އުސޫލެއް އެކުލަވާލުމުގެ މަސައްކަތް ކުރަމުންދާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. މީގެ އިތުރުން ސިސްޓަމެއް ތައާރަފްކޮށް ޑޮމެއިންގެ ޑޭޓާބޭސް އެއް ވިއުގައަކުން ގުޅާލުމާއި ޑޮމެއިންގެ ވެރިފަރާތަށް އެފަރާތެއްގެ ޑޮމެއިން ނަންބަރުގެ މައުލޫމާތު އޮންލައިންކޮށް ބެލޭނެ ގޮތް ހެދުމަށް މަސައްކަތް ކުރަމުންދާކަން މިނިސްޓަރު އަމީން ފާހަގަކުރެއްވިއެވެ.
މިނިސްޓަރު ވިދާޅުވީ ސެކިއުރިޓީ ފީޗާސްއާއެކު ފަރުމާކުރެވިފައިވާ ޑޮމެއިންގެ ރަޖިސްޓްރީ އަދި ބޭނުން ކުރުމުގެ ހުއްދައަށް ބަދަލުކޮށް ތައާރަފްކުރަން ނިންމާފައިވާއިރު މިހާރު ދޫކޮށްފައިވާ ޑޮމެއިންތަކުގެ ސައްހަކަން ކަށަވަރުކުރަން، މިމަހުގެ 17 ވަނަ ދުވަހުން ފެށިގެން 60 ދުވަހަށް ހުޅުވާލާނެ ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ މި 60 ދުވަހުގެ ތެރޭގައި ޑޮމެއިންތަކުގެ ސައްހަކަން ކަށަވަރު ކުރުމަށްފަހު އާ ލިޔެކިޔުންތައް ހަވާލުކުރާނެ ކަމަށެވެ. އަދި އެ މުއްދަތުގެ ފަހުން ޑޮމެއިންގެ ސައްހަ ލިޔުންކަމުގައި ބަލާނީ އަލަށް ތައާރަފްކުރާ ޑޮމެއިން ރަޖިސްޓްރީއާއި ޑޮމެއިން ބޭނުންކުރުމުގެ ހުއްދަ ކަމަށް މިނިސްޓަރު އަމީން ވަނީ ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު