މާލެ އާއި ހުޅުމާލެއާ ދެމެދު މިހާރަށް ވުރެ ރަނގަޅަށް ޓެކްސީގެ ހިދުމަތް ދިނުމަށް ސަރުކާރު ހިއްސާވާ ކުންފުންޏަކާ ހަވާލުކުރަން ޓްރާންސްޕޯޓް މިނިސްޓްރީން ނިންމިއަސް އެކަމުގެ ސަބަބުން ޓެކްސީ ޑްރައިވަރުންނަށް އެއްވެސް ގެއްލުމެއް ނުވާނެ ކަމަށް ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން ވިދާޅުވެއްޖެ އެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން ވިދާޅުވީ ބޭނުންވާ ގަޑިތަކުގައި ޓެކްސީ ނުލިބުމާއި މާލޭގެ ވަކި ތަންތަނަށް ޓެކްސީ ދަތުރުތައް ނުލިބޭ މައްސަލައަކީ އާންމުންގެ ކަންބޮޑުވުން އޮތް މައްސަލައެއް ކަމަށެވެ. އާންމުންނަށް ޓެކްސީތައް ނުލިބޭ މައްސަލަ ހައްލުކުރުމަށް ދެތިން ހަތަރު ގޮތަކަށް މަސައްކަތް ކުރެވިދާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ ސަރުކާރުން ޓެކްސީ ލައިނެއް އުފައްދާކަން މިހާތަނަށް އަދި އިއުލާން ކޮށްފައިނުވާނެ ކަމަށާއި މިހާރު ވެސް އޮތީ ޓެކްސީ ވިޔަފާރި އެއްވެސް ހުރަހެއް ނެތި ކުރެވޭގޮތަށް ކަމަށެވެ. މާލެ އާއި ހުޅުމާލެއާ ދެމެދު މިހާރަށް ވުރެ ރަނގަޅަށް ޓެކްސީގެ ހިދުމަތް ދިނުމަށް ސަރުކާރު ހިއްސާވާ ކުންފުންޏަކާ ހަވާލުކުރަން ޓްރާންސްޕޯޓް މިނިސްޓްރީން ނިންމި މައްސަލައިގައި ޓެކްސީ ޑްރައިވަރުންގެ އެސޯސިއޭޝަންގެ މެމްބަރުން ވެސް ވަޒީރާ ބައްދަލުކޮށްފައިވާ ކަަމަށާއި އެފަރާތްތަކުގެ ކަންބޮޑުވުންތަށް އެއްސެވި ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އަދި އެބައްދަލުވުމުގައި ވެސް ޓެކްސީ ވިޔަފާރިއަަށް ގެއްލުންވާނެ ކަމުގެ ޔަގީންކަން ދެއްވި ކަމަށާއި އެ ޔަގީން ކަން އަނބުރާ ނުގެންނަވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މީގެ އިތުރުން މިނިސްޓަރު ވިދާޅުވީ ޓެކްސީގެ އަގުތައް ކަނޑައަޅާފައިވާ ކަމަށެވެ. އަދި އެ އަގުތަކަށް ބަދަލު ގެނައުމަކީ ކުރެވޭނެ ކަމެއް ނޫން ކަމަށާއި އެ ތަނަވަސްކަން އާންމުންގެ ނެތް ކަމަށް އަމީން ވިދާޅުވިއެވެ. އަގުތައް ބަދަލުނުކޮށް ޓެކްސީ ސްޓޭންޑާޑް މަތިކުރަންޖެހޭ ކަމަށް އަމީން ވަނީ ފާހަގަކުރަށްވާފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން