ސިޔާސީ ވިސްނުން އެއްކިބާކޮށް، ކުރިއަށް އޮތް 20 އަހަރަށް ގައުމީ ތަރައްގީގެ ޕްލޭން އެކުލަވައިލުމުގެ މަސައްކަތުގައި ހުރިހާ އެންމެންނަށް ވެސް ބައިވެރިވުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ގޮވާލައްވައިފިއެވެ.

ރައީސް މުޢިއްޒު މިކަމަށް ގޮވާލެއްވީ ކުރިއަށް އޮތް 20 އަހަރުގެ ގައުމީ ތަރައްގީގެ ޕްލޭންގެ މަޝްވަރާތައް އިފުތިތާހުކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުންނެވެެ. މި މާސްޓަރޕްލޭންގެ މަޝްވަރާ ބައްދަލުވުން އިފްތިތާޙްކޮށްދެއްވާފައިވަނީ އެކަމަށްޓަކައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައެެވެ.

މިރަސްމިއްޔާތުގައި ވާހަަކަފުޅު ދައްކަވަމުން ރައީސް ޑރ މުޢިއްޒު ވަނީ ސިޔާސީ ފިކުރު އެއްކިބާކޮށް، ޤައުމު އަދި އަންނަން އޮތް ޖީލުތަކަށް ފައިދާވާނޭ ގޮތަށް މި ޕްލޭން ރާވާ، ތަންފީޒުކުރުމުގައި އެންމެހާ ރައްޔިތުންގެ އެއްބާރުލެއްވުމަށް އެދިވަޑައިގެންފައެވެ.

ރައީސް ވިދާޅުވީ، މި ޕްލޭނާ ގުޅޭ ގޮތުން ހުރިހާ ރަށެއްގެ މީހުންނާއި ހުރިހާ ދާއިރާއެއްގެ މީހުންގެ ވިސްނުން ވެސް ހޯދާނެ ކަމަށެވެ.

"ހުރިހާ ދާއިރާތަކުން ވެސް، ސިޔާސީ ޕާޓީތަކުން ވެސް، ސިޔާސީ ވިސްނުން ދޫކޮށްލާފައި މި ކަމުގައި ބައިވެރިވާން އަޅުގަނޑު އެދެން. ކުރިއަށް އޮތް ޖީލުގެ ތަސައްވުރު ކަނޑައަޅަން މި އުޅެނީ. މިއީ ސިޔާސީ ކަމެއް ނޫން،" ރައީސް ވިދާޅުވިއެވެ.

ރައީސް އިތުރަށް ވިދާޅުވީ މިޕްލޭން ރާވާ، ފުރިހަމައަށް ތަންފީޒުކުރެވިއްޖެނަމަ، 2040ވަނަ އަހަރުގެ ކުރިން ރާއްޖެއަކީ ފުރިހަމައަށް ތަރައްޤީވެފައިވާ ޤައުމެއްގެ ގޮތުގައި ގިންތިކުރެވިގެންދާނޭ ކަމަށެވެ. މިތަރައްޤީގެ މާސްޓަރޕްލޭންގައި ޒަމާނީ ޓެކްނޮލޮޖީ އާއި ޑިޖިޓަލް އިޤްތިޞާދަށް އިސްކަންދީގެން، ރައްޔިތުންނަށް ކުރިމަތިވެފައިވާ މައި ގޮންޖެހުންތައް ޙައްލުކުރުމުގެ ވިސްނުން އިސްކުރުމަށްވެސް ރައީސް ޑރ މުޢިއްޒު ވަނީ އިލްތިމާސްކުރައްވާފައެވެ.

ރައީސްގެ ވާހަަކަފުޅަށްފަހު، ޤައުމީ ތަރައްޤީގެ 20އަަހަރުގެ މާސްޓަރޕްލޭންގެ މަޝްވަރާ ބައްދަލުވުމުގެ ޕެނަލް ޑިސްކަޝަން ވަނީ ފެށިފައެވެ. މި ޕެނަލް ޑިސްކަޝަންގައި ބެލެނިވެރިންނާއި، މުދައްރިސުންނާއި، ދަރިވަރުންނާއި، މުޢައްޞަސާތަކާއި، ސިވިލް ސޮސައިޓީ، ޚާޢްޞައެހީއަށް ބޭނުންވާ ފަރާތްތަކާއި، އެކި ސެކްޓަރުތައް ހިމެނެއެވެ.



ޤައުމީ ތަރައްޤީގެ 20އަަހަރުގެ މާސްޓަރޕްލޭންގެ މަޝްވަރާ ފިޔަވަހި އެއް އަހަރުދުވަހުގެ ތެރޭގައި ނިންމާލުމަށް ސަރުކާރުން ވަނީ އަމާޒުކޮށްފައެވެ. އަދި، މި މާސްޓަރޕްލޭނަށް ޤާނޫނީ ޙިމާޔަތް ހޯދައިދިނުމުގެ ގޮތުން، ޤާނޫނު އަސާސީއަށް ބައެއް އިޞްލާޙު ގެނައުމަށް ނިންމާފައިވާކަމަށްވެސް ސަރުކާރުން ވަނީ ބުނެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން