އަރަބިއްޔާ ސްކޫލުގެ އާ އިމާރާތުގެ މަސައްކަތް ލަސްވެގެން އުޅެނީ އެކަމަށް 80 މިލިއަން ރުފިޔާއަށްވުރެ ބޮޑުއެއްޗެއް އިތުރަށް ހޭދަކުރަން ޖެޙޭތީކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕުގެ ލީޑަރު އިބްރާހިމް ނާޒިލް ވަނީ އަރަބިއްޔާ ސްކޫލުގެ މަސައްކަތް ކުރިއަށްދާ ގޮތާ ގުޅޭ ގޮތުން މިނިސްޓަރާ ސުވާލުކުރައްވައިފަ އެވެ.
އަރަބިއްޔާ ސްކޫލުގެ މަސައްކަތް 100 ދުވަސް ތެރޭގައި ފެށުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދެވެ.
އެ ސުވާލަށް ޖަވާބު ދެއްވައި މިނިސްޓަރު މިއަދު ވިދާޅުވީ މި ސަރުކާރު އައުމުގެ ކުރިން އަރަބިއްޔާ އަޅަން ހަމަޖައްސައިފައި އޮތީ ބާ ޖަމާލުއްދީން ބިމުގައި ކަމަށެވެ.
އެހެން ނަމަވެސް މި ސަރުކާރުން އެ ޕްލޭން ބަދަލުކޮށް މާލޭގެ ވަރަށް ރަނގަޅު ސަރަހައްދަކުން ޖާގަ ބޮޑު ބިމެއް ހަމަޖައްސައިދީފައިވާ ކަމަށް ވަޒީރު ވިދާޅުވިއެވެ. މިނިސްޓަރ ވިދާޅުވީ ކުރީގެ ސްކޯޕަށް އައި ބަދަލާއި އަދި ޒަމާނީ ގޮތަށް އަރަބިއްޔާ އެޅުމަށްޓަކައި މަޝްވަރާތަކެއް ވެސް ކުރި ކަމަށެވެ. އަދި ކުރިން އެ މަސައްކަތް ހަވާލުކުރި ކޮންޓްރެކްޓަރު އަގުތަކެއް ވެސް ހުށަހެޅި ކަމަށް ވަޒީރު ވިދާޅުވިއެވެ.
"އަޅުގަނޑުމެން މަސައްކަތްކުރީ ފުރަތަމަ 100 ދުވަހުގެ ތެރޭގައި އަމަލީ މަސައްކަތް ފައްޓަން. އެހެން ނަމަވެސް ފެއްޓުމަށް އަޅުގަނޑުމެން ކުރި މަސައްކަތުން ގަބޫލުކުރެވުނީ ގާތްގަނޑަކަށް ރައްޔިތުންގެ ފައިސާއިން 80 އެތައް މިލިއަން ރުފިޔާ އަގުބޮޑުކޮށްކަން އެކަން ކުރަންޖެހޭނީ،" ޝަފީއު ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ އަރަބިއްޔާ ކުދިން ކިޔަވަމުންދާ ވަގުތީ އިމާރާތަކީ ވެސް ފެންވަރު ރަނގަޅު އިމާރާތެއް ކަމަށާއި އެހެން ކަމުން ދަރިވަރުންނަށް ގެއްލޭނެ ކަމެއް ނެތް ކަމަށެވެ.
އެހެންވެ އެ ހުރިހާ ކަމަކަށް ރިއާޔަތްކޮށް އަރަބިއްޔާގެ މަސައްކަތް ލަސްވަނީ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ކިޔުންތެރިންގެ ހިޔާލު