ހެކި ނެތި ތައުލީމީ ދާއިރާގެ 300އެއްހާ މުވައްޒަފުންނަށް އެކި އަދަބުތައް ދީފައިވާ ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި އިތުރުސުވާލުކުުރުމުގެ ފުރުސަތުގެ ތެރެއިން ފުވައްމުލަކު ދެކުނު ދާއިރާގެ މެމްބަރު އިބްރާހިމް ހުސެއިން ކުރެއްވި ސުވާލުގައި ވިދާާޅުވީ ބައެއް ސްކޫލުތަކުގެ ޕްރިންސިޕަލުން ދަރިވަރުންނާމެދު ތަފާތުކުރުން ގެންގުޅޭ މައްސަލަ މިނިސްޓްރީއަށް މިދިޔަ ދައުރުގައި ހުށަހަޅާފައިވާ ކަމަށެވެ.
އެހެންކަމުން ސަރުކާރު ބަދަލުވުމަށްފަހު އެ މައްސަލަތައް އެއްވެސް ވަރަކަށް ބެލިފައިވޭތޯ އޭނާ ސުވާލު ކުރެއްވި އެވެ.
އެ ސުވާލަށް ޖަވާބު ދެއްވައި މިނިސްްޓަރު ވިދާޅުވީ އޭނާ އެ މަގާމާ ހަވާލުވެވަޑައިގެންނެވިއިރު ރައީސް ޑރ. މުހައްމަދު މުއިއްޒު ދެއްވި އިރުޝާދަކީ އަދުލުވެރިކަމާއެކު ކަންކަން ކުރެއްވުމަށް ކަމަށެވެ.
ކުރީ ސަރުކާާރުގައި ތައުލީމީ ދާއިރާގައި ހިނގައިދިޔަ ކަންކަމަށް އަލިއަޅުވާލައްވައި މިނިސްޓަރު ވިދާޅުވީ އެމަނިކުފާނު މަގާމާ ހަވާލުވި އިރު 40 ވަރަކަށް ޕްރިންސިޕަލުން އެހެން ސްކޫލުތަކަށް "އަރުވާލައިފައި" ތިއްބެވި ކަމަށެވެ. ހަމަ އެހެންމެ ބައެއް މުވައްޒަފުންނަށް އަނިޔާވެރިވެފައިވާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.
"300 އެއްހާ މުވައްޒަފުންނަށް އެކަށީގެންވާ ހެއްކެއް ނެތި އަދަބު ދީފައި ވަނީ. އެހެންވީމާ އެއީ ޕްރިންސިޕަލެއް ކަމުގައިވިޔަސް އެއީ ޓީޗަރެއް ކަމުގައިވިޔަސް އެ ޓީޗަރަކާ މުވައްޒަފަކާމެދު އުފުލޭ އެ ޝަކުވާ އެއީ ކްރެޑިބަލް ގޮތެއްގައި އަދުލުވެރި ގޮތެއްގައި އަންނަ ޝަކުވާއެއްގެ ގޮތުގައި ކަށަވަރުކުރާނަން،" މިނިސްޓަރު ވިދާޅުވި އެވެ.

ކިޔުންތެރިންގެ ހިޔާލު