އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ހުށަހަޅާފައިވާ ބަޖެޓުގެ ތަފްސީލު ނުލިބޭތީ އިދިކޮޅުން ކަންބޮޑުވުން ފާޅުކޮށްފި އެވެ.
އަންނަ އަހަރަށް ލަފާކޮށް 56.6 ބިލިއަން ރުފިޔާގެ ބަޖެޓެއް ސަރުކާރުން ހުށަހެޅީ މިދިޔަ މަހުގެ 31 ވަނަ ދުވަހު އެވެ.
އެމްޑީޕީން މިއަދު މަޖިލީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހަނިމާދޫ ދާއިރާގެ މެމްބަރު އަބްދުލް ގަފޫރު މޫސާ ވިދާޅުވީ ބަޖެޓާ ގުޅޭ ކަންކަން ސާފުނުވާ ކަމަށާއި އަދި ބޭނުންވާ ވަރަށް މައުލޫމާތުވެސް ނުލިބޭ ކަމަށެވެ.
ބަޖެޓުގެ މަސައްކަތް މި މަހުގެ 20 އަށް ނިންމަން ޖެހޭކަން އޭނާ ފާހަގަކުރެއްވި އެވެ. ނަމަވެސް ބަޖެޓު ފޮތް ނުލިބޭއިރު އެ މަސައްކަތް ނިންމަން މިހާރު އޮތީ 14ދުވަސްކަން އޭނާ ފާހަގަ ކުރެއްވި އެވެ.
އެހެންކަމުން އެހާ ބޮޑު ބަޖެޓެއް 14 ދުވަހުގެ ތެރޭގައި ދިރާސާކޮށް ނިންމޭނެ ކަމާމެދު އޭނާ ސުވާލު އުފެއްދެވި އެވެ.
އެހެންކަމުން ބަޖެޓު ފޮތް ދިނުން ލަސްކުރަނީ ތެޅި ގަނެގެން އަވަހަށް ބަޖެޓު ފާސްކުރަން މަޖުބޫރުކުރަވަން ކަމަށް އޭނާ ވިދާޅުވި އެވެ.

ކިޔުންތެރިންގެ ހިޔާލު