ރާއްޖެއިން ޖަޕާނަށް ކަނޑައަޅާފައިވާ ސަފީރެއްގެ ގޮތުގައި ކުރިން ހުންނެވި އަހުމަދު ޚަލީލަށް، ޖަޕާނުގެ އެމްޕަރަރ ދެއްވާ ޚާއްޞަ ޝަރަފެއް އަރުވައިފިއެވެ.
މި ޝަރަފަކީ ޖަޕާނަށް ދިގު މުއްދަތަށް ޚިދުމަތް ކުރައްވާ ފަރާތްތަކަށް 1875 ގައި އެމްޕެރާ މެއިޖީ ދެއްވަން ފެއްޓެވި ޝަރަފުގެ އެވޯޑެއް ކަމަށާއި އަދި މިއީ ދިވެއްސަކަށް މި ޝަރަފް ލިބުނު ފުރަތަމަ ފަހަރެވެ.
ޚާރިޖީ ދާއިރާގައި 41 އަހަރަށްވުރެ ގިނަ ދުވަހު އެކި މަގާމުތަކުގައި ޚިދުމަތް ކުރައްވާފައިވާ ޚަލީލަށް އަރުވާފައިވަނީ "އޯޑަރ އޮފް ދި ރައިޒިންގ ސަން، ގޯލްޑް އެންޑް ސިލްވަރ ސްޓާ" ނަމަކަށް ކިޔާ ޝަރަފެކެވެ.
ޚަލީލަކީ ރާއްޖެއާއި ޖަޕާނާއި ދެމެދު އޮންނަ ގުޅުން ބަދަހި ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރެއްވި ބޭފުޅެކެވެ. ހާއްސަ ގޮތެއްގައި 2011 ވަނަ އަހަރު ޖަޕާނަށް އެރި ސުނާމީއާއި ގުޅިގެން ހާލުގައި ޖެހުނު މީހުނަށް އެހީވާން ރާއްޖޭން އެހީތެރިކަން ފޯރުކޮށްދިނުމުގައި ޚަލީލް އިސްކޮށް އުޅުއްވިކަން ފާހަގަ ކޮށްލެވެއެވެ.
އޭގެ އިތުރުން، ޚަލީލްގެ މަސައްކަތުން ދެ ގައުމުގެ މެދުގައި ގުޅުން ބަދަހިވެ ބޮޑެތި ބަދަލުތައް ފެންނަފަދަ ތަރައްގީގެ އެކި މަޝްރޫއުތައް ވެސް ކުރިއަށް ގެންދެވިފައިވާކަމަށް ފޮރިން މިނިސްޓްރީން ބުނެއެވެ. އެ ގުޅުމުގެ ސަބަބުން ޖަޕާނުން އޭނާގެ އަގުވަޒަން ކުރީތީ ފޮރިން މިނިސްޓްރީން ވަނީ ޚަލީލަށް މަރުހަބާ ކިޔާފައެވެ.
ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ ސަރުކާރުގައި ޚާރިޖީ ވުޒާރާގެ ދައުލަތުގެ ވަޒީރެއްގެ މަޤާމު ފުރުއްވުމަށްފަހު ޚަލީލް ޚާރިޖީ ދާއިރާއިން ރިޓަޔަރ ކުރެއްވީ 2023 ވަނަ އަހަރުއެވެ.

ކިޔުންތެރިންގެ ހިޔާލު