ޙައްޖު ކޯޕަރޭޝަންގެ ފަރާތުން މާފުށީގައި ޙަލާލު ފަތުރުވެރިކަން ފަށަން ތައްޔާރުވަމުންދާކަން އެ ކުންފުނިން ހާމަކޮށްފިއެވެ.

މިކަން ހާމަކޮށްފައިވަނީ ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރުބަލާ ކޮމެޓީގައި ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރ މުޙައްމަދު ޝަކީލެވެ. ‏

ކޮމެޓީގައި ވާހަކަ ދައްކަވަމުން ޝަކީލް ވިދާޅުވީ އެ ކޯޕަރޭޝަން މިހާރު ހިނގަމުންދަނީ ގެއްލުމުގައި ކަމަށެވެ.

އެގޮތުން ހައްޖައްދާ ކޮންމެ މީހަކަށް އެވަރެޖުކޮށް ލައްކައެއްހާ ރުފިޔާ ޚަރަދުވާ ކަމަށާއި އެހެންކަމުން ބޮޑު އަދަދެއް ކޯޕަރޭޝަނުން ޚަރަދު ވާކަމަށެވެ.

އެެހެންކަމުން އެ ކޯޕަރޭޝަނަކީ ބޭރު ފައިސާއިން މުއާމަލާތު ކުރަންޖެހޭ ކުންފުންޏަކަށް ވާތީއާއި ފައިދާވާ ކުންފުންޏަކަށް ހެދުމަށްޓަކައި ބޭރު ފައިސާއިން އާމްދަނީ ލިބޭނެ ގޮތްތައް ހޯދުމަށް މަސައްކަތްކުރަމުންދާކަމަށް ޝަކީލް ވިދާޅުވިއެވެ.

އެގޮތުން މާފުށީގައި ޙަލާލު ފަތުރުވެރިކަން ތައާރަފުކޮށް ސިޓީ ހޮޓަލެއް ތަރައްގީ ކުރުމަށް ނިންމާފައިވާ ކަމަށް ޝަކީލް ވަނީ ވިދާޅުވެފައެވެ.

އަދި އެކަމަށް މާފުށީ ކައުންސިލާއެކު މަޝްވަރާތަކެއް ކުރެވި ބިން ހަމަޖެއްސުމުގެ މަސައްކަތްތައް ވެސް ކުރެވިފައިވާކަމަށް ވަނީ ބުނެފައެވެ.

އޭނާ ވިދާޅުވީ މާފުއްޓަކީ މިހާރުވެސް ޓޫރިޒަމް ތައާރަފްވެފައިވާ ރަށެއްކަމުން ރިސްކް ކުޑަ ވިޔަފާރިއަކަށް އިންވެސްޓްކުރަން ނިންމީ ކަމަށެވެ. ޝަކީލް ވިދާޅުވީ އެ މަސައްކަތް ކުރުމަށް ބައެއް ފަރާތްތަކުން މިހާރު ވެސް ޝައުގުވެރިކަން ފާޅުކޮށްފައިވާ ކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން