ދުނިޔޭގެ އެންމެ ބާރު ދުވުންތެރިޔާ އަދި 8 ފަހަރު އޮލިމްޕިކް ޗެމްޕިއަންކަން ހޯދާފައިވާ އުސައިން ބޯލްޓު ކޯވިޑް-19އަށް ޕޮޒިޓިވް ވެއްޖެއެވެ.
ބައިނަލް އަޤްވާމީ ކުޅިވަރު ޚަބަރުތައް ގެނެސްދޭ ނޫސްތަކުން ރިޕޯޓްކުރާ ގޮތުގައި، ބޯލްޓް ކޯވިޑް-19 އަށް ޕޮޒިޓިވްވެފައި ވަނީ އޭނާގެ 34 ވަނަ އުފަންދުވަސް ފާހަގަކުރުމަށް ދުނިޔޭގެ ގިނަ ކުޅިވަރުގެ ތަރިންނާއިއެކު ބޭއްވި ބޮޑު ޕާޓީއަކަށް ފަހުއެވެ.
ބޯލްޓް ކޯވިޑް-19 އަށް ޕޮޒިޓިވްވެފައިވާ ކަމަށް ޖެމެއިކާގެ ހެލްތު މިނިސްޓްރީއިން މިދިޔަ ހޯމަ ދުވަހު ވަނީ ކަށަވަރުކޮށްދެއްވާފައެވެ. ހޮނިހިރު ދުވަހު އޮތް ޕާޓީއަށްފަހު ބޯލްޓްވަނީ ކޯވިޑް-19 ގެ ޓެސްޓް ހަދާފައެވެ. ބަލީގެ ޢަލާމާތްތައް ނެތް ކަމުގައިވީ ނަމަވެސް، ބޯލްޓް ޓެސްޓް ހެދުމަށްފަހު ވަނީ އޭނާއާއި ގާތުން ބައްދަލުވި ހުރިހާ އެންމެވެސް ގޭގައި އަމިއްލައަށް އެކަހެރި ވުމަށް ބުނެފައެވެ.
ބޯލްޓް މިފަދަ ދަނޑިވަޅެއްގައި އުފަންދުވަސް ފާހަގަކުރުމުން އެއީ އޭނާފަދަ ތަރިއަކު ދުނިޔެއަށް ދިން ނުރަނގަޅު މެސެޖެއް ކަމަށް ބުނެ ގިނަ ބަޔަކު ގެންދަނީ ނުރުހުން ފާޅު ކުރަމުންނެވެ. ޖެމެއިކާއިން މިހާތަނަށް 1600 މީހުން ކޯވިޑް-19 އަށް ޕޮޒިޓިވް ވެފައިވާއިރު 16 މީހުންވަނީ މި ބަލީގައި މަރުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު