އެއްވެސް ސިޔާސީ ޕާޓީއަކާއި އެކު އެއްވެސް ބާވަތެއްގެ އެއްބަސްވުމެއް ޕީޕީއެމް، ޕީއެންސީ އިން މިހާތަނަށް ހަދާފައި ނުވާނެކަމަށް އިދިކޮޅު ކޯލިޝަނުން ހާމަކޮށްފިއެވެ.

ރައީސް އަލްއުސްތާޒް މައުމޫން އަބްދުލް ޤައްޔޫމް ކޯވިޑަށް ޕޮޒިޓިވްވުމާއި ގުޅިގެން ޑީއާރުޕީގެ ލީޑަރު އަބްދުﷲ ޖާބިރު ރައީސް މައުމޫނާއި ގުޅޭގޮތުން ދެއްކެވި ވާހަކަތަކަށް ގިނަބައެއްގެ ފާޑުކިޔުމާއި ނަފްރަތު އުފެދިފައިވާ މިދަނޑިވަޅުގައި ޕީޕީއެމް ޕީއެންސީން ބުނީ ޑީއާރުޕީއާއިއެކުވެސް އަދި އެހެން ސިޔާސީ ޕާޓީއަކާއި އެކުވެސް އެއްވެސް އެއްބަސްވުމެއް ހަދާފައި ނުވާނެކަމަށެވެ.

ރައީސް މައުމޫނާއި ގުޅޭގޮތުން ޖާބިރު ދެއްކެވި ވާހަކަތަކާއި ގުޅިގެން ގިނަބަޔަކު ދަނީ އިދިކޮޅު ކޯލިޝަނުން އެފަދަ އިންސާނިއްޔަތުކަމެއް ނެތް ލީޑަރަކު ހުންނެވި ޕާޓީއަކާއެކު ކޯލިޝަން ހެދުމަކީ ވަރަށް ދަށު ދަރަޖައިގެ ކަމެއްކަމުގައި ބުނެފައެވެ. ޕީއެންސީގެ ރައީސް އަބްދުރަހީމް އަބްދުﷲ ވިދާޅުވީ ޕީޕީއެމް، ޕީއެންސީ ކޯލިޝަނުން އަބަދުވެސް އޮންނާނީ އިސްލާމްދީނާއި، ދިވެހި ޤައުމާއި، ދިވެހި ރައްޔިތުންނާއި އެކުގައިކަމަށެވެ.

"ވަކި ޑީއާރްޕީއެއް ނޫން. އެއްވެސް ސިޔާސީ ޕާޓީއަކާއި އެކު އެއްވެސް ބާވަތެއްގެ އެއްބަސްވުމެއް ޕީޕީއެމް، ޕީއެންސީ އިން މިހާތަނަށް ހަދާފައެއް ނޯންނާނެ. ޕީޕީއެމް ޕީއެންސީ އިން އަބަދުވެސް އިސް ކުރާނީ މާތް ވެގެންވާ އިސްލާމްދީނާއި، ދިވެހި ޤައުމާއި، ދިވެހި ރައްޔިތުން." އަބްދުއްރަހީމް ވިދާޅުވިއެވެ.

ރައީސް މައުމޫނާއި ގުޅޭގޮތުން ޖާބިރު ދެއްކެވި ވާހަތަކަށް ގިނަބަޔަކު ނުރުހުން ފާޅުކޮށް އޭނާއާއި އެކު އެއްވެސް ބަޔަކު ބައިއަތު ނުހިފުމަށް ދަނީ ގޮވާލަމުންނެވެ. އަދި މިހާރު ޕީޕީއެމް ޕީއެންސީއާއިއެކު ޖާބިރު އެއްވެސް އެއްބަސްވުމެއް ހަދާފައިވާނަމަ އެއެއްބަސްވުމެއް އުވާލުމަށްވެސް ގިބަޔަކު ދަނީ ގޮވާލަމުންނެވެ. ރައީސް މައުމޫން ކޯވިޑަށް ޕޮޒިޓިވް ވުމާއި ގުޅިގެން ރާއްޖޭގެ ރައްޔިތުން ދަނީ އެމަނިކުފާނަށް ހެޔޮ ދުއާކޮށް، އާއިލާއަށް ކެތްތެރިކަން ދެއްވުމަށް އެދެމުންނެވެ. މީގެ ބަދަލުގައި މިފަދަ ވަގުތެއްގައިވެސް ޖާބިރު ރައްދު ކުރެއްވީ ލާއިންސާނީ ބަސްތަކާއި ރަހުމުކުޑަ ބަސްތަކެވެ.


ކިޔުންތެރިންގެ ހިޔާލު


4

މަށޭކިޔާހޭ

26-Aug-2020

ކޯލިޝަން ކިޔަނީ ކީއްވެ ؟



ޓްރެންޑިން