އދ. ދިގުރަށް--
އދ. ދިގުރަށް--
އދ. ދިގުރަށުގައި ދޯންޏެއްގެ ބުރަަފަތީގައި ޖެހި ބިދޭސީ އަންހެން ކުއްޖަކު މަރުވެއްޖެ އެވެ.

ފުލުހުން މިއަދު މީޑިއާތަކަށް ފޮނުވި މެސެޖުގައި ބުނީ އެ ހާދިސާގައި މަރުވީ ވޭލްޝާކާ ގުޅޭ ދިރާސާ ހަަދަން ސްޓަޑީ ޓުއާއެއްގައި ގޮސް އުޅުނު ޓީމެއްގެ އަންހެން ކުއްޖެއް ކަމަށެވެ.

އެ ހާދިސާގައި މަރުވީ ސިންގަޕޫރުގެ 15 އަހަރުގެ އަންހެން ކުއްޖެކެވެ.

ފުލުހުން ބުނީ އޭނާ މަރުވީ ސްނޯކަލިންއަށް ގޮސް ދޯނިން މޫދަށް ފުއްމާލިވަގުތު ބުރަފަރީގައި ޖެހިގެން ކަމަށެވެ.

އަދި ވަގުތުން ދިގުރަށުގެ ހެލްތު ސެންޓަރަށް ގެންދިޔަކަަމަށް މިއަދު ހެނދުނު 09:55 ކަންހާއިރު ރިޕޯޓްކޮށްފައިވާ ކަމަށް ފުލުހުން ބުނެފައި ވެއެވެ.

ނަމަވެސް އޭނާ ހެލްތު ސެންޓަރަށް ގެންދިޔައިރުވެސް މަރުވެފައިވާ ކަމަށް އެ ސެންޓަރުން މައުލޫމާތު ދީފައިވާ ކަމަށް ފުލުހުން ބުނެފައި ވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން