މަސްވެރިކަމުގެ ޤާނޫނުގެ ދަށުން ހަދަންޖެހޭ ގަވާއިދު ނަހަދާތީ މިނިސްޓަރ ޒަހާ ޤާނޫނީ ޒިންމާ އަދާނުކުރައްވާކަމަށް ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައްޔިތުން މަޖިލީހުގެ މިއަދުގެ ޖަލްސަގައި ވާހަކަފުޅު ދައްކަވަމުން މަޖިލިސް ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ ޤަވާއިދު ކޮމިޓީން އެކުލަވާލާފައިވާ ރިޕޯޓް ލިބިވަޑައިގެންފައި ވާކަމަށެވެ. މަސްވެރިކަމުގެ ޤާނޫނުގެ ދަށުން ފިޝަރީޒް މިނިސްޓްރީން ހަދަންޖެހޭ ގަވާއިދުތައް ހަދާފައި ނުވާތީ މަޖިލީހުގެ ޤަވާއިދު ކޮމިޓީން އެމައްސަލަ ބަލައި ތަކުރާރުކޮށް ޤަވާއިދު ހެދުމަށް އެދިވަޑައިގެންފައިކަމަށެވެ.

"އިއްޒަތްތެރި މެމްބަރުންނަށް އެގިވަޑައިގަންނަވާނެ މަސްވެރިކަމުގެ ގާނޫނަށް އަމަލުކުރަން ފެށުނީ އާ އިސްލާހާއިއެކު އަމަލުކުރަން ފެށުނީ 16 ސެޕްޓެމްބަރު 2019 ވަނަ ދުވަހު. އެތާރީހުން ފެށިގެން 6 މަސް ދުވަހުގެ ތެރޭގައި އެޤާނޫނުގައިވާ ގަވާއިދުތައް މިނިސްޓަރު ހައްދަވަން ޖެހި ވަޑައިގަންނަވާ. މިނިސްޓަރު އެކަން ކޮށްފައި ނުވާތީ ގަވާއިދު ކޮމިޓީން ދިޔައީ އެކަން ބައްލަވަމުން." މަޖިލިސް ރައީސް، ރައީސް ނަޝީދު ވިދާޅުވިއެވެ.

މިގޮތަށް އެކި ފަހަރު މަތީން މަޖިލިސް ތަޅުމުގައާއި ކޮމިޓީގައި މެމްބަރުން ޤަވާއިދުތައް ހެދުމަށް ދެންނެވުމުން ވަޒީރު އެކިފަހަރުމަތީން ޤަވާއިދުތައް ހަދައި އޭޖީ އޮފީހުގެ ލަފަޔަށް ފޮނުވާފައިވާކަމަށް ވިޅުވިކަމަށެވެ. ނަމަވެސް އިއްޔެއާއި ހަމަޔަށްވެސް ވަޒީރު މި ގަވާއިދުތައް ގެޒެޓްގައި ޝާއިއު ކޮށްފައި ނުވާކަމަށް ކޮމިޓީ ރިޕޯޓުން ފާހަގަވާކަމުގައި މަޖިލިސް ރައީސް ވިދާޅުވިއެވެ.

"ޤަވާއިދު ކޮމިޓީން އޮތީ ކަނޑައަޅާފަ، މިނިސްޓަރ އޮތީ ކަނޑައެޅިގެން ޤާނޫނާއި ޚިލާފްވެ ވަޑައިގެންފައިކަން. މިނިސްޓަރު ކުރައްވަންޖެހޭ ކަމެއް ކަނޑައެޅިގެން ނުކުރައްވާކަމަށް. އަޅުގަނޑުމެން މަޖިލީހުގައި މިކަމުގެ ބަހުސްކުރަން ފެށުމުން މިނިސްޓަރ ވިދާޅުވީ، ވަނީ ގަވާއިދު ހަދާފައި އެޓާނީ ޖެނެރަލްގެ ލަފާއަށް ފޮނުވާފައިކަމަށް. އެހެން ނަމަވެސް އިއްޔެއާއި ހަމަޔަށްވެސް މިނިސްޓަރ އެ ޤަވާއިދުތައް ގެޒެޓް ކުރައްވާފައިނުވޭ." މަޖިލިސް ރައީސް ވިދާޅުވިއެވެ.

ރައީސް ނަޝީދު ވިދާޅުވީ މަޖިލީހުން މިމައްސަލައިގެ ވާހަކަ ދައްކަވާފައިވަނިކޮށް މިއަދު ހެދުނު ގަވާއިދުތައް ގެޒެޓް ކުރުމަށްޓަކައި މިނިސްޓަރު ރައީސް އޮފީހަށް ގަވާއިދުތައް ފޮނުވާފައިވާކަމުގެ މައުލޫމާތު ލިބިފައިވާކަމަށެވެ. ނަމަވެސް ވަޒީރާއިމެދު އަމަލުކުރާނެ ގޮތެއް ނިންމަވާނީ މެމްބަރުންކަމަށް މަޖިލިސް ރައީސް ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު


-3

ޖާބިރުބޭ

26-Aug-2020

މިހާރުން މިހާރަށް ޒަހާ ބޭރު ކޮށްފަ ހިންގޭނެ މީހަކު ލާން ޖެހޭ އަދި މިނިސްޓަރު އަމީރު އާއި މަލހު ވެސް ވަކިކުރަންޖެހޭ


-8

ޒަރީރު

26-Aug-2020

އަންނި މިފަހަރު ތިޔަ ވިދާޅުވީ ހަމަ ވަރަށް ރަނގަޅު ވާހަކަ އެއް މިހާރުން މިހާރަށް ޒަހާ ބޭރު ކޮއްލާފަ ހިންގުންތެރި އިހުލާސްތެރި ވަޒީރަކޔ ލާން އެބަޖެހޭ އިހުލާސްތެރި އޭ މި ބުނީ ރައީސް ސޯލިހާއި ގައުމަށް އިހުލާސްތެރި މީހެއްގެ ވާހަކަ މިބުނީ


3

މަށޭކިޔާހޭ

26-Aug-2020

ބްރޭކް ޕެޑަލުގަ ފައި އަޅައިގެން ތިބެން ފުރުސަތު ދީގެން ތިބެން ހެޔޮނުވާނެ.



ޓްރެންޑިން