ކޯވިޑް-19 އާގުޅިގެން ރައްޔިތުންނަށް ކާޑުގެ ބާވަތްތައް ހިލޭ ފޯރުކޮށްދިނުމަށް ގޮވާލާ ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ކުއްލި މައްސަލަ މަޖިލީހުން ބޭރުކޮށްލައިފިއެވެ.

މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް އުމަރު ހުށަހެޅުއްވި ކުއްލި މައްސަލަ ތަޅުމަށް ބަލައިގަނެ ބަހުސަށް ހުޅުވާލަން ފެންނަ ކަމަށް ވޯޓު ދެއްވީ އެންމެ ހަތް މެންބަރުންނެވެ. ކުއްލި މައްސަލަ ބަލައިގަންނަން ނުފެންނަ ކަމަށް 24 މެންބަރަކު ވޯޓު ދެއްވިއެވެ. ވަކި ކޮޅަކަށް ވޯޓު ނުދެއްވާ ދެ މެންބަރަކު ތިއްބެވިއެވެ.

އާދަމް ޝަރީފް ހުށަހެޅުއްވި މިމައްސަލާގައި ބުނެފައިވަނީ ކޯވިޑް 19އާއި ގުޅިގެން ދިވެހިރާއްޖޭގައި ޞިއްޙީ ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާން ކުރުމާގުޅިގެން ރައްޔިތުން ރަށު ބަންދުގައި ގިނަ ދުވަސްތަކެއް ވާންދެން ތިބެންޖެހުމާއި ދިވެހިންގެ މައްސަތަށްޓަކައި ކުރަމުންދިޔަ ހުރިހާ މަސައްކަތްތައް ހުއްޓާލަންޖެހުމަކީ މީހުންގެ އާމްދަނީ އެއްކޮށް ހުއްޓިފައިވާކަމެއްކަމަށެވެ.

އާދަމް ޝަރީފް ހުށަހެޅުއްވި ކުއްލި މައްސަލައިގައި ވަނީ ކޮވިޑް-19 ގެ ބަލިމަޑުކަން ކޮންޓްރޯލް ނުކުރެވި އިތުރު ލޮކްޑައުންއަކަށް ދާން ޖެހޭނެ ކަމަށް ސިއްހީ މާހިރުން ވިދާޅުވަމުންދާ އިރު، އޭގެ ސަބަބުން ދިވެހި އާންމު ފަރުދުންގެ އާމްދަނީ ލިބޭގެ ގިނަ މަސައްކަތްތައް އަނެއްކާ ވެސް ހުއްޓި، ދިރިއުޅުމުގެ ހާލަތު އިތުރަށް ގޯސްވާނެ ކަމަށް އަންދާޒާ ކުރެވޭ ކަމަށެވެ.

"ރައްޔިތުންނަށް މަސައްކަތް ކުރެވޭފަދަ ޙާލަތަކަށް ކޮވިޑް 9 ގެ ބަލިމަޑުކަން ކޮންޓްރޯލް ކުރެވެންދެން، ދައުލަތުގެ ވަޒީފާ އަދާކުރާ މީހުންނާއި ދައުލަތުގެ ޢިނާޔަތްތައް ލިބޭ މީހުން ފިޔަވައި އެހެން ހުރިހާ ދިވެހިންނަށް، ކާޑުގެ ބާވަތްތައް (ހަނޑޫ، ހަކުރު، ފުށް)، ސަރުކާރުން ހިލޭ ފޯރުކޮށްދިނުމަށް ގޮވާލަން" އާދަމް ޝަރީފްގެ މައްސަލާގައި ބުނެފައިވެއެވެ.

ރައްޔިތުންނާއި ގުޅުންހުރި މިފަދަ މައްސަލަތަކުގައި ސަރުކާރުން އެކަށީގެންވާ މަސައްކަތް ނުކުރާކަމަށްބުނެ އިދިކޮޅުންދަނީ މަޖިލީހަށް ގިނަ ކުއްލި މައްސަލަތަކެއް ހުށަހަޅަމުންނެވެ. ނަމަވެސް ގިނަ މައްސަލަތައް މަޖިލީހުން ބަލައި ނުގަނެ ވަނީ ބޭރުކޮށްލާފައެވެ.


ކިޔުންތެރިންގެ ހިޔާލު


5

މަހުފޫޒް

26-Aug-2020

މަހިތަށް އަރާ މިވެރިން ވެރިކަމުގަ މިކަނ ނުކޮށް ވައްކަން ކުރަމުން ޔަމިން ޔެސް ސާރ ފާތުމާ އަށް ޔެސް މެޑަމް ކިޔާލަ ކިޔާލަ ތިބެފަ އެހެން ބަޔަކާ ވެރިކަނ ހަވާލުވާ އިރަށް ގައުމުގެ ހާލަތާ ފެންވަރާ ވެސް ނުގުޅޭ ވާހަކަ ތަކުން ފޮނު މި އަރުވަނީ ސަރުކާރާ ދުއްޕާނު ކުރުން ނޫން ދެން ކޮން ކަމެއް


12

އަންސާރުބާއި

26-Aug-2020

ބޮޑު ނުހޮރޮއްޕާނަކަށް ވެއްޖެ އިދިކޮޅޭ ކިޔާފަ ސަރުކާރަށާއި ރައްޔަތުން ނަށް ބަލާޖައްސަން އުޅޭ ބައެއް މީ އެއްވެސް މިންވަރަކަށް ގައުމަށް ހެޔޮ އެދޭނަމަ މިހާލަތުގައި ފިތުނަ ހަދައި ޖެއްސުމެއް ނޫން ކުރާނީކީ


4

ޖައުފަރު

26-Aug-2020

ކަލޯ މެން ނޫ ބަޔަކު ވެރިކަމުގަ ތިބީމަ ޖެއްސުން ކުރަނީ ނޫންތަ ބަލަގަ ބުރާންޗާ މީ ސައުދީ އަރަބިޔާ އެއްނޫން ދައުލަތުގަ ތިހާ ވަރު ހުންނަން ކަލޭމެން ވެރިކަމުގަ ތިބި އިރު ކުރިކަމަކީ ވައްކަން ކޮށް ޖީބު ބޮޑުކުރުން މިއަދު އެހެން ބަޔަކު ވެރިކަމުގަ ތިބީތީ މާ މޮޅު ކަމެއް ކޮށްލާނަމޭ ހިތާ ސަރުކާރަށް ބަލާޖައްސަނީ ތިބެގެން



ޓްރެންޑިން