އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާއިބެހޭ ވަޒީރު މުޙައްމަދު ސަޢީދު
އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާއިބެހޭ ވަޒީރު މުޙައްމަދު ސަޢީދު
ރައީސް ޑރ. މުޢިއްޒަކީ ޒުވާން، ތައުލީމީ އަދި އިންޖިނިއަރެއްގެ ތަޖުރިބާ ހުރި ބޭފުޅެއް ކަމަށް އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާއިބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.

ވަޒީރު ސަޢީދު މިހެން ވިދާޅުވީ މޯލްޑިވްސް އިކޮނޮމިކް ގޭޓްވޭ އެންޑް ފްރީ ޒޯން ޕްރޮޖެކްޓުގެ ދަށުން އިހަވަންދިއްޕޮޅުގައި ތަރައްގީކުރާ ބަނދަރާއި އެ ބަނދަރާ ގުޅިފައިވާ އެހެނިހެން ހިދުމަތްތައް ގާއިމުކުރުމަށް ސިންގަޕޫރުގެ ކެޕިޓަލް އޭޝިޔާ އިންވެސްޓްމެންޓާއި އެސްޓީއޯ އާއި ދެމެދުގައި ފްރޭމްވޯކް އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގައެވެ.

އެގޮތުން ވަޒީރު މުޙައްމަދު ސައީދު ވިދާޅުވީ މިއީ ވަރަށް ތާރީޚީ އެއްބަސްވުމެއް ކަމަށާއި މިއީ އިގުތިސާދު ސިންދަފާތު ކުރުމަށް ރައީސް ޑރ. މުޙައްމަދު މުއިއްޒު ކަނޑައަޅުއްވާފައިވާ އަމާޒަށް ވާސިލުވުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށެވެ. އަދި ރައީސް މުއިއްޒަކީ ޒުވާން، ތައުލީމީ އަދި އިންޖިނިއަރެއްގެ ތަޖުރިބާ ހުރި ބޭފުޅެއްކަން ސަޢީދު ފާހަގަ ކުރެއްވިއެވެ.



ސަޢީދު މިއަދު ވިދާޅުވީ މީގެ ފަންސާހަކަށް އަހަރު ކުރިން ރާއްޖެއަށް ފަތުރުވެރިކަން ތަޢާރަފް ކުރުމުންވެސް އެކަން ކާމިޔާބު ނުވާނެ ކަމަށް އެއްބަޔަކު ބުނަމުން ދިޔަ ކަަމަށެވެ. އެހެންނަމަވެސް މިހާރު ދުނިޔޭގައި އެކަމާމެދު ސުވާލު އުފައްދާނެ މީހަކު ނުހުންނާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ. އެހެންކަމުން އިހަވަންދިއްޕޮޅުގެ މި މަޝްރޫޢު ރައީސް މުޢިއްޒުގެ ސަރުކާރުން ފެށުމުން ބަޔަކު ފާޑުކިޔުމަކީ ކަންބޮޑުވާންޖެހޭ ކަމެއް ނޫންކަމަށް ސަޢީދު ވަނީ ވިދާޅުވެފައެވެ.

މިއަދު ކުރިއަށްދިޔަ ސޮއި ކުރުމުގެ ރަސްމިއްޔާތުގައި ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަންގެ އެމްޑީ ޝިމާދު އަހްމަދު މިއަދު ވިދާޅުވީ މި ފްރޭމްވޯކް އެއްބަސްވުމުގެ ދަށުން ކުރެވޭ މަސައްކަތްތަކަށްފަހު ދެފަރާތުން ކުރިއަށް އޮތް ހައެއްކަ މަސް ތެރޭގައި ދާއިމީ އެއްބަސްވުމެއް ގާއިމުކުރެވޭނެ ކަމަށެވެ.

އަދި މަސައްކަތުގެ އެއްބަސްވުމުގެ ދަށުން 100 މިލިއަން ޑޮލަރުގެ އިންވެސްޓުމެންޓު އިހަވަންދިއްޕޮޅަށް ގެނައުމަށް އެ ފަންޑުން އެއްބަސްވެފައިވާ ކަމަށް ޝިމާދު ވިދާޅުވިއެވެ. އެގޮތުން މޯލްޑިވްސް އިކޮނޮމިކް ގޭޓްވޭގައި ބަނދަރުތަކާއި އިތުރު އިންފްރަސްޓްރަކްޗާއާއި ޓޫރިޒަމްގެ ވަސީލަތްތައްވެސް ތަރައްގީ ކުރެވިގެންދާނެ ކަމަށް ޝިމާދު ވަނީ ވިދާޅުވެފައެވެ.

ޓްރާންޝިޕްމަންޓާއި ރީއެކްސްޕޯޓް ވިޔަފާރިއަށް ޚާއްސަކޮށްގެން ސަރުކާރުން އުފެއްފި މޯލްޑިވްސް އިންޑަސްޓްރިއަލް ޑިވެލޮޕްމަންޓް ފްރީ ޒޯން އުފައްދާފައިވަނީ އެސްޓީއޯ، އެމްޕީއެލް، އެމްއޭސީއެލް، އާބަންކޯ އަދި އެމްޓީސީސީ ގުޅިގެންނެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން