މަސްލަހަތު ހިމެނޭކަމަށް ވިދާޅުވި މެމްބަރާއިއެކު ސީސީއެސީއަށް 4 މެމްބަރަކަށް އެމްޑީޕީން ތްރީލައިންވިޕް ނެރެފިއެވެ.

މަޖިލީހުގެ ސުޕަ މެޖޯރިޓީ އޮންނަ އެމްޑީން ސީއެސްސީއަށް ކަނޑައަޅާ 4 މެމްބަރަކަށް ތްރީލައިން ވިޕެއް ނެރަފައިވަނީ ޝޯޓް ލިސްޓު ކުރެވުނު 13 ނަމުގެ ތެރޭގައި މަސްލަހަތު ހިމެނޭ ނަމެއް އޮތްކަމަށްބުނެ އެމައްސަލަ މަޖިލީހުގެ އިމްތިޒާޔާއި ސުލޫކް ކޮމިޓީންވެސް ބަލާފައި ވަނިކޮށެވެ.

ސީއެސްސީއަށް ހުށަހެޅި މެމްބަރުންގެ ތެރޭގައި މިނިވަން މުއައްސަސާތަކާއި ބެހޭކޮމިޓީގައި ހިމެނި ވަޑައިގަންނަވާ ތިނަދޫ ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ ސަނީފުގެ ކުރީގެ އަނބިކަނބަލުން ހިމެނޭތީ އެކަން މައްސަލައެއްގެ ގޮތުގައި ދެކިވަޑައިގެން މައްސަލަ ނެންގެވީވެސް މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދެވެ.

ނަމަވެސް ތްރީލައިން ވިޕް ނެރުނުއިރު ތިނަދޫ ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ ސަނީފުގެ ކުރީގެ އަނބިކަނބަލުން ފާތިމަތު ޝަރީފުގެ ނަންފުޅު ވަނީ ހިމަނާފައެވެ. ތްރީލައިން ވިޕް ނެރުނު އަނެއް 3 ބޭފުޅުންގެ ތެރޭގައި ހިމެނެނީ ބްރޯޑްކާސްޓިން ކޮމިޝަންގެ ސެކްރެޓަރީ ޖެނެރަލް އަހްމަދު ނާސިހާއި މޯލްޑިވްސް މީޑިއާ ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލް މުހައްމަދު ފަރުޝަތުގެ އިތުރުން ތައުލީމީ ދާއިރާގައި ގިނަ ދުވަސްތަކެއް ވަންދެއް އުޅުއްވާފައިވާ އިބްރާހިމް ރަޝީދަށެވެ.

ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާބެހޭ ކޮމިޓީން ސިވިލް ސަރވިސް ކޮމިޝަނުގެ 4 މެމްބަރަކު ވަކިކުރުމަށް ނިންމައި މަޖިލީހުގެ ތަޅުމަށް ފޮނުވުމާ ގުޅިގެން، ތަޅުމުގައި ވޯޓަށް އަހަން އެޖެންޑާ ކޮށްފައިވަނިކޮށް ކޮމިޝަނުގެ ރައީސް ޑރ.ޢަލީ ޝަމީމާއި، ނައިބް ރައީސް ޝަހީދު މުޙައްމަދުގެ އިތުރުން މެމްބަރު ޒަކަރިއްޔާ ޙުސައިންވަނީ މަޤާމުން އިސްތިއުފާ ދެއްވާފައެވެ.

މަޤާމުން ވަކިކޮށްފައިވަނީ ކޮމިޝަންގެ މެމްބަރު އިބްރާހީމް ޝަހީޤެވެ. އޭނާ ވަކިކޮށްފައިވަނީ 48 މެމްބަރުންގެ ވޯޓުންނެވެ. 5 މެންބަރުން ހިމެނޭ ސީއެސްސީގައި މިހާރު އިންނަވަނީ ކޮމިޝަނަށް އެންމެ ފަހުން އައްޔަން ކުރެއްވި ފާޠިމަތު އާމިރާ އެކަންޏެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން