އެންވަޔަރަމަންޓް މިނިސްޓަރު ތޯރިގު އިބްރާހިމް އަޒަރުބެއިޖާނަށް މިއަދު ފުރާވަޑައިގެންފި އެވެ.
އެންވަޔަރަމަންޓް މިނިސްޓްރީން ބުނީ މިއީ މޫސުމީ ބަދަލުތަކާ ގުޅޭ ގޮތުން އަޒަރުބައިޖާންގައި ބާއްވާ ޔޫއެންއެފްސީސީ ކޮޕް 29 ސަމިޓުގައި ބައިވެރިވެވަޑައިގަތުމަށް މިނިސްޓަރު ކުރައްވާ ދަތުރުފުޅެއް ކަމަށެވެ،
މިނިސްޓަަރާއެކު ރާއްޖޭގެ ވަފުދެއް ވެސް ބަކޫއަށް ވަނީ ފުރާވަޑައިގެންފަ އެވެ.
އަޒަރުބެއިޖާންގެ ބަކޫ ސްޓޭޑިއަމްގައި އެ ބައްދަލުވުން ކުރިއަށް ދާނީ މާދަމާއިން ފެށިގެން މި މަހުގެ 22 އަށެެވެ.
އެންވަޔަރަމަންޓް މިނިސްޓަރު ތޯރިގު އިބްރާހިމް މީގެ ކުރިން ވިދާޅުވީ މި ފަހަރުގެ ކޮޕް ސަމިޓުގައި ހަތަރު ސައިޑް އިވެންޓް އިންތިޒާމް ކުރައްވާނެ ކަމަށެވެ. އަދި މިއީ އެފަދަ ސަމިޓެއްގައި އެންމެ ގިނައިން ސައިޑް އިވެންޓް ރާއްޖެއިން އިންތިޒާމްކުރާ ފަހަރުކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.
އެ ސަމިޓްގައި ރާއްޖެއިން އިންތިޒާމްކުރާ އިވެންޓްތަކުގެ ތެރޭގައި އިއާދަކުރަނިވި ހަކަތައާއި ގުޅޭ އިވެންޓްގެ އިތުރުން "ސަސްޓެއިނަބަލް ކޮރަލް ރީފް މެނޭޖްމަންޓް" ސައިޑް އިވެންޓްވެސް ހިމެނެ އެވެ.

ކިޔުންތެރިންގެ ހިޔާލު