ކޯވިޑް-19 ގެ ރާއްޖޭގެ ލެވެލް މިދިޔަ ހަފުތާގައި އޮތީ ނުވަ ވަނައިގައި ކަމަށާއި 10 އަށް އަރައިފި ނަމަ، މާލެ ސަރަަހައްދު ލޮކްޑައުން ކުރަން ޖެހޭނެ ކަމުގެ "ރަތް" ސިގުނަތް ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން ދީފިއެވެ.

ކޯވިޑް-19 އާއި ގުޅިގެން ރާއްޖޭގައި ބަލި ކޮންޓްރޯލުނުވެ ކުރިން އަންދާޒާކުރި އަދަދުތައް ފަހަނަ އަޅައި ގޮސްފައިވާއިރު ބަލީގައި މަރުވާ މީހުންނާއި އެދުމަތި ކުރަންޖެހޭ މީހުންގެ އަދަދުވެސް ދަނީ އެއްދުވަހުން އަނެއް ދުވަހަށް އިތުރުވަމުންނެވެ. ބަލީގެ ހާލަތު ރާއްޖޭގައި އޮތް މިންވަރު ކޮންމެ ދުވަހަކުވެސް ސިއްޙީ ބޭފުޅުންދަނީ ދިރާސާކޮށް ދުވަހުން ދުވަހަށް ބަލަހައްޓަމުންނެވެ. މާލެ ސަރަހައްދު އަލުން ލޮކްޑައުން އަކަށް ދާނެ ކަމުގެ އިޝާރާތެއް ރޭ ވަނީ އެބޭފުޅުން ދެއްވާފައެވެ.

ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރުން ރޭ ބޭއްވި ޕްރެސްގައި އައިޖީއެމްއެޗުގެ ޑރ. އަހުމަދު ޝަހީދު ވިދާޅުވީ، ވަކި ކަންތައްތަކަކަށް ބަލައިގެން ކޮންމެ ހަފުތާއަކު ރާއްޖޭގައި ކޮވިޑް-19 ގެ ހާލަތު ބެލުމަށް ސްކޯ ލެވެލްތަކެއް ދެމުންދާ ކަމަށެވެ. އެ ބަލި ޖެހޭ މީހުންނާއި މަރުވި މީހުން މިދިޔަ ހަފުތާގައި ވަރަށް ބޮޑަށް އިތުރުވި ކަން ފާހަގަ ކުރައްވައި، އޭނާ ވިދާޅުވީ އެ ހަފުތާގައި އޮތީ ލެވެލް ނުވައެއްގައި ކަމަށާއި ލެވެލް 10 އަށް އެރުމުން ލޮކްޑައުންއަކާ ހަމައަށް އަނެއްކާވެސް ދާން ޖެހޭ ކަމަށެވެ. އެހެންވެ، ރާއްޖެ އޮތީ ވަރަށް ނުރައްކާތެރި ހާލަތެއްގައި ކަމަށް ޑރ. ޝަހީދު ވިދާޅުވި އެވެ.

"އަޅުގަނޑުމެން މި ގެންގުޅޭ ސްކޯރިން ސިސްޓަމުން ވެއްޖިއްޔާ 10 އަށް އަރައިފިއްޔާ އޭގެ މާނައަކީ ވަރަށް ވަރުގަދަ ފިޔަވަޅުތަކެއް އަޅަން ޖެހޭނެއޭ. އޭގެ ތެރޭގައި ލޮކްޑައުންއެއް ވެސް ގެންނަން ޖެހިދާނެއޭ. އަޅުގަނޑު ފާހަގަކޮށްލަން ބޭނުންވަނީ ހާލަތު ވަރަށް ގޯހޭ. މިދިޔަ ހަފުތާގެ ސްކޯ މި އޮތީ ނުވައެއްގައި." ޑރ. ޝަހީދު ވިދާޅުވި އެވެ.

ޑރ. ޝަޙީދު ވިދާޅުވީ ރާއްޖޭގައި ކޯވިޑް-19ގެ ހާލަތު ގޯސްވެ، މި ބަލީގައި އެޑްމިޓުކުރާ މީހުންނާއި، މަރުވާ މީހުންގެ ޢަދަދު ބޮޑުތަނުން އިތުރުވަމުންދާކަމަށެވެ. އެގޮތުން ކޯވިޑް-19 އަށް ފަރުވާ ދިނުމަށް ޤާއިމުކޮށްފައިވާ މެޑިކަލް ފެސިލިޓީތަކުގެ ބެޑް ކެޕޭސިޓީ 60 އިންސައްތަ މިހާރުވެސް ފުރިފައިވާކަމަށް ޑރ. ޝަހީދު ވިދާޅުވިއެވެ. އަދި ފްލޫ ކްލިނިކްތަކުން ނަގާ ސާމްޕަލްތަކުން ޕޮޒިޓިވްވާ މީހުންގެ ޢަދަދުވެސް މިދިޔަ ހަފްތާގައި 18 އިންސައްތައަށް އަރާފައިވާކަމަށް އޭނާ ވިދާޅުވިއެވެ.

ޑރ. ޝަހީދު ވިދާޅުވީ ފިޔަވަޅުތަކާ އެއްގޮތަށް އާންމުން އަމަލުކޮށް، ދިރިއުޅުމުގެ އާދަތައް ބަދަލު ކުރަންޖެހޭ ކަމަށެވެ. މާސްކު އެޅުމާއި ކޮންމެހެން ބޭރަށް ނުކުންނަން ޖެހިގެން ނޫނީ ނުނިކުތުމަށް އިސްކަން ދޭންޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.

ކޯވީޑް-19އާއި ގުޅިގެން އެޅި ފުރަބަންދުގެ ފިޔަވަޅުތަކަށް ލުއި ދިނުމާއެކު ރާއްޖޭގައި ބައްޔަށް ޕޮޒިޓިވްވާ މީހުންގެ ޢަދަދު ވަނީ އިތުރުވެފައެވެ. ޖުލައި މަހުގެ 30ވަނަ ދުވަހު ޕަބްލިކް ހެލްތު އެކްސްޕާޓް ޑރ.ޝީނާ މޫސާ ޢާންމުކުރެއްވި ޕްރޮޖެކްޝަން ނުވަތަ އަންދާޒާތަކުގައިވަނީ އެތައް ގުނައަކަސް މައްޗަށް ގޮސްފައެވެ. ރާއްޖޭގައި މިހާރު ބަލި ޖެހުނު މީހުންގެ އަދަދު 7000 އަށްވުރެ މައްޗަށް ގޮސްފައިވާއިރު، ބަލީގައި 28 މީހަކު ވަނީ ދުނިޔެ ދޫކޮށްފައެވެ.

ރާއްޖޭގައި ބަލީގެ ނުރައްކާ ބޮޑުވަމުންދާއިރު ކޮންމެ ދުވަހަކުވެސް ޕޮޒިޓިވްވާ މީހުންގެ އަދަދު އުޅެނީ 100 އިން މަތީގައެވެ. އަދި ބަލީގައި ފަރުވާދޭންޖެހޭ މީހުންގެ އަދަދުވެސް ދަނީ އިތުރުވަމުންނެވެ. ސިއްޙީ ހިދުމަތްތެރިން ވިދާޅުވަނީ މިވަގުތު އެބޭފުޅުންވެސް ވަރުބަލި ވެފައިވާކަމަށެވެ. ރައްޔިތުންގެ ކައިރިން އެބޭފުޅުން ދަނީ އާދޭސް ދަންނަވަމުންނެވެ. ފަރުވާ ކުޑަކުރާނަމަ އަދި އެބޭފުޅުންގެ ވާހަކަތަކަށް އިޖާބަ ނުދެވޭނަމަ ދަތި ހާލތުގައި އެޅެންޖެހޭނީ ހަމަ އަޅުގަނޑުމެން ދިވެހި ރައްޔިތުން ކަމުގައި ގަބޫލުކ ކުރަންޖެހެއެވެ.


ކިޔުންތެރިންގެ ހިޔާލު


-10

ކޮބާ ގޮރެއް ބޮވުނު!

29-Aug-2020

ލާދީނީ އާތުން ބޭނުންވާ ގޮތައް މިގައުމުގާ ުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުއުޅެން ޖެހިފަ މިއޮތީ



ޓްރެންޑިން