ރައީސް ސޯލިހް ރައީސް މައުމޫނާއި ބައްދަލުކުރައްވަނީ
ރައީސް ސޯލިހް ރައީސް މައުމޫނާއި ބައްދަލުކުރައްވަނީ
ކޮވިޑް-19 އަށް ޕޮޒިޓިވްވެ ދަރުމަވަންތަ ހޮސްޕިޓަލުގައި ފަރުވާ ދެމުން ގެންދާ ކުރީގެ ރައީސް، ރައީސް މައުމޫން އަބުދުލްގައްޔޫމަށް އަވަސް ޝިފާއަކަށް ރައީސް ސޯލިހް އެދިވަޑައިގެންފިއެވެ.

ކޮވިޑަށް ޕޮޒިޓިވްވެ ރައީސް މައުމޫން ދަރުމަވަންތަ ހޮސްޕިޓަލުގައި އެޑްމިޓް ކޮށްގެން ފަރުވާ ދޭން ފަށާފައިވަނީ ރޭގެ ވަގުތެއްގައެވެ. އެކަމާ ގުޅިގެން ރައީސް ސޯލިހް މިއަދު ކުރެއްވި ޓުވީޓެއްގައި ރައީސް މައުމޫނަށް މާތްﷲ ގެ ހެއު ރަހުމަތްފުޅުން އަވަސް ޝިފާއަކަށް އެދިވަޑައިގެންފައި ވެއެވެ. އަދި އެމަނިކުފާނުގެ އިޚުލާސްތެރި ހެއު ދުޢާތައް ވެސް ފޮނުއްވާފައި ވެއެވެ.



ރައީސް މައުމޫން މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރަހުމަތްތެރިންނާއި ހެޔޮ އެދުންތައް ފޮނުއްވަމުން ގެންދަވާ ހުރިހާ ފަރާތްތަކުގެ ހެޔޮ ދުއާ އަށް ޝުކުރު އަދާކުރައްވާ ކަމަށެވެ. ﷲ ގެ އިރާދަފުޅާއި އެކު އެމަނިކުފާނުގެ ހާލުކޮޅު ރަނގަޅު ކަމަށް ވެސް މައުމޫން ވިދާޅުވިއެވެ. އަދި ހުރިހާ އެންމެން ވެސް ދަތި އުނދަގޫތަކުން ސަލާމަތް ކޮށްދެއްވުން އެދި މައުމޫންގެ ޓްވީޓްގައި ދުއާ ކުރައްވާފައި ވެއެވެ.

https://twitter.com/maumoonagayoom/status/1298517477404467200?s=19

މައުމޫން ކޯވިޑް-19 އަށް ޕޮޒިޓިވްވެފައި ވީނަމަވެސް އެމަނިކުފާނުގެ ހާލުކޮޅު ރަނގަޅު ކަމަށް ދަރިކަނބަލުން ޔުމްނާ މައުމޫން ވެސް މިއަދު ވަނީ ވިދާޅުވެފައެވެ. ބައްޕާފުޅުގެ ހާލުކޮޅު ރަނގަޅު ކަމަށާއި ކޯވިޑް-19 ގެ އަލާމާތްތައް ފެންނަނީ ވަރަށް ކުޑަކޮށް ކަމަށް ޔުމުނާ ވިދާޅުވިއެވެ.

ރައީސް މައުމޫން ކޯވިޑް-19 އަށް ޕޮޒިޓިވްވިކަން އެނގުނީ ހުމުގެ އާލާސްކަންފުޅެއްގައި އުޅުއްވާތީ، އިއްޔެ ހެނދުނު ޓްރީ ޓޮޕް ހޮސްޕިޓަލަށް ވަޑައިގެން ކޮވިޑަށް ޓެސްޓް ކުރުމުންނެވެ. މައުމޫންގެ އުމުރުފުޅުން މިހާރު 82 އަހަރު ވެފައި ވާތީ އެމަނިކުފާނަކީ ކޯވިޑް-19 ޖެހިއްޖެނަމަ ހާލުކޮޅު ސީރިއަސް ވުމުގެ ފުރުސަތު އޮތް ކެޓަގަރީއަށް ފެތޭ ބޭފުޅެއް ކަން ފާހަގަކޮށްލެވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން