ރައްޔިތުުންގެ މަޖިލިސް ޖަލްސާއެއް ހިނގަމުން ދަނީ
ރައްޔިތުުންގެ މަޖިލިސް ޖަލްސާއެއް ހިނގަމުން ދަނީ
ރައްޔިތުންގެ މަޖިލިހުގެ މެމްބަރުން މި ދައުރުގެ ޖަލްސާތައް ނިންމައި މިއަދުން ފެށިގެން މަސް ދުވަހުގެ ޗުއްޓީއަކަށް ވަޑައިގަންނަވަން ކުރިން ކަނޑައަޅާފައި އޮތަސް އެ މުއްދަތު މި މަހުގެ ނިޔަލަށް ފަސްކޮށްފިއެވެ.

މިއަދުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ ނިންމާލައްވަމުން ރިޔާސަތު ބެލެހެއްޓެވި ނައިބު ރައީސް އީވާ އަބްދުﷲ ވިދާޅުވީ، މާދަަމާ އިން ފެށިގެން މަޖިލިސް ރިސެސް އަށް ދާގޮތަށް ރިޔާސަތުން ކުރިން ނިއްމައިފައިވާ ކަމަށެވެ. އެހެންނަމަވެސް މި މަހުގެ 31 އާ ހަމައަށް އެކަން ލަސްކުރަަން ގަވައިދު ތަންދޭ ކަން ފާހަގަކުރައްވަމުން އެހާ ހިސާބަށް މަޑުކޮއްލައިފި ނަމަ ގިނަ މަސައްކަތްތަކެއް އިތުރަށް ކުރެވޭނެ ކަމަށް އީވާ ވިދާޅުވި އެވެ.

"އޮގަސްޓް 31 އާ ހަމައަށް އަޅުގަނޑުމެން ރިސެސް އަށް ނުގޮސް މަޑުކޮށްލައިފިއްޔާ ގާތްގަނޑަކަށް އިތުރު އަށް ބިލް [ނިންމައިލެވޭނެ]. އެ މަސައްކަތް ނިންމައިލެވޭ އަޅުގަނޑުމެން ރިސެސް އަށް ދިއުމުގެ ކުރިން،" އީވާ ވިދާޅުވި އެވެ.

ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރަން ސަރުކާރުން ކުރަމުން އައި މަސައްކަތްތަކާ ގުޅޭ ގޮތުން މަޖިލީހުން ފާސްކުރަން ޖެހުނު ބައެއް ގާނޫނުތަކާއި ނިންމުންތައް ނިންމުމަށްޓަކައި މަޖިލީހުގެ މި އަހަރުގެ ފުރަތަމަ ދައުރު ނިމުމުން މެމްބަރުން ޗުއްޓީއަށް ވަޑައިގެންފައެއް ނުވެއެވެ. މިދިޔަ އޭޕްރީލް މަހު މަޖިލިސް ރިސެސް އަށް ނުދިޔަ ނަމަވެސް ގަވައިދުން އޭރު ޖަލްސާތަކެއް ބާއްވައިފައެއް ނުވެއެވެ. އެހެން ނަމަވެސް އޭރު މަޑުކުރީ ކަމެއް ޖެހިއްޖެ ނަމަ އެކަމަަކަށް ހާއްސަކޮށް ޖަލްސާތައް ބާއްވާ ގޮތަށް ނިއްމައިގެންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން