ރައްޔިތުންގެ މަޖިލީހުގެ އިޤުތިޞާދީ ކޮމިޓީގެ ބައްދަލުވުމެއް ހިނގަމުންދަނީ
ރައްޔިތުންގެ މަޖިލީހުގެ އިޤުތިޞާދީ ކޮމިޓީގެ ބައްދަލުވުމެއް ހިނގަމުންދަނީ
ޓޫރިޒަމް ދާއިރާގައި ހިންގާ ވިޔަފާރިތަކުން ފޯރުކޮށްދޭ ހިދުމަތަށް 10 ޕަސެންޓަށްވުރެ މަދު ނޫން އަދަދަކަށް ސާވިސް ޗާޖް ނެގުމަށާ އަދި ހަމަހަމަކޮށް ސާވިސް ޗާޖް ނުބަހާނަމަ ޖޫރިމަނާއެއް ކުރާ ގޮތަށް ވަޒީފާގެ ގާނޫނަށް އިސްލާހު ގެންނަ ބިލްގައި ހިމަނަން މަޖިލީހުގެ އިގްސާދީ ކޮމިޓީއާއި އިޖްތިމާއީ ކޮމިޓީގެ ޖޮއިންޓް ކޮމިޓީން ނިންމައިފިއެވެ.

ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަހުމަދު އީސަ ހުށަހެޅުއްވި ބިލް ދިރާސާކުރި ޖޮއިންޓް ކޮމިޓީން ވަނީ ވަޒީފާ އަދާ ކުރަމުންދާ މުވައްޒަފުންގެ މެދުގައި ސާވިސް ޗާޖު ހަމަހަމައަށް ބަހަން ލާޒިމު ކަމަށް ބިލްގައި ހިމަނާފައެވެ. އެއްވެސް ތަނެއްގައި ސާވިސް ޗާޖް ބެހުމުގައި މުވައްޒަފުންގެ މެދުގައި ތަފާތު ކުރެވިގެން ނުވާނެ ކަމަށް ބިލްގައި ބުނެފައިވެއެވެ.

ސާވިޗް ޗާޖްގެ ގޮތުގައި ނެގުން ލާޒިމުކޮށްފައިވާ އަދަދު ނަގަމުންނުދާނަމަ އަދި މުވައްޒަފުންގެ މެދުގައި ހަމަހަމައަށް ސާވިސް ޗާޖް ނުބަހާނަމަ، އެއް ލައްކަ ރުފިޔާއަށް ވުރެ ބޮޑު އަދަދުން ޖޫރިމަނާކޮށް ފިޔަވަޅު އެޅުމުގެ ބާރު ލޭބާ ރިލޭޝަންސް އޮތޯރިޓީއަށް ލިބޭނެ ކަމަށް ކޮމިޓީ ރިޕޯޓްގައި ބުނެފައި ވެއެވެ. ބިލްގައި ބުނެފައިވަނީ ސާވިސް ޗާޖްގެ ގޮތުގައި ވަޒީފާދޭ ފަރާތަށް ލިބޭ އާމްދަނީގެ މައުލޫމާތު ކޮންމެ އަހަރަކު ދެ ފަހަރު ލޭބާ ރިލޭޝަންސް އޮތޯރިޓީއަށާއި މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީއަށް ފޮނުވަން ޖެހޭނެ ކަމަށެވެ.

އެމައުލޫމާތު ފޯރުކޮށްނުދޭނަމަ 50،000 ރުފިޔާ އިން ޖޫރިމަނާ ކުރަން ޖެހޭނެ ކަމަށް ވެސް ބިލްގައި ވަނީ ބުނެފައެވެ. މީގެ އިތުރުން ހިދުމަތް ހޯދާ ފަރާތުން ހިދުމަތާ މެދު ހިތްހަމަނުޖެހޭނަމަ ސާވިސް ޗާޖް ނުދިނުމުގެ ހައްގު ހިދުމަތް ހޯދާ ފަރާތަށް ލިބިގެންވާ ކަމަށް ބިލް ދިރާސާކޮށް ކޮމިޓީން އެކުލަވާލި ރިޕޯޓްގައި ބުނެފައިވެއެވެ. މަޖިލީހުގެ އިގްސާދީ ކޮމިޓީއާއި އިޖްތިމާއީ ކޮމިޓީގެ ޖޮއިންޓް ކޮމިޓީން މިގޮތަށް ނިއްމި ނަމަވެސް މިކަމާ މެދު އެންމެ ފަހުގެ ނިއްމުން ނިއްމާނީ މަޖިލީހުގެ ތަޅުމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

4

ނުސްލި

27-Aug-2020

ޚު ކުރެވޭނެ އެއްކަމެއްވެސް ނޯންނާނެ ރިސޯޓްތަކުގެ ވެރިންގެ ދަށުވެފަ އަބަދުވެސް ސަރުކާރު އޮންނާނީ, ނިކަމެތި ކުދިންނައް ބަހާނީ ގިނަފަހަރު 20% އައްވުރެންވެސް ކުޑަ އެއްޗެްް ހާއްސަކޮށް ތި ޔުނިވާސަލް ރިޝޯޓްތަކުން ,ދިވެހިން އަޅުންހެން ގެންގުޅޭ ބައެއް އެއީ ,ކުޑަ މުސާރަދީގެން, ނުލަފާ ޖާހިލު ބައެއް, ގޮޅާބޯގެ ވެރިކަމުގައި މުއްސަދިވެގެން ދިވެހި ގައުމު ދަވާލިބައެއް އެއީ,

-3

ޓްރެންޑިން