ސިފައިންނާއި ފުލުހުންގެ ސިއްހީ ކަންކަމަށް ވެލްފެއާ ނިޒާމުގެ ތެރެއިން ހަރަދުކުރުމުގެ ބަދަލުގައި އެ ބޭފުޅުންނަށް ޕްރައިވެޓް އިންޝުއަރެންސް ސްކީމެއް ހަމަަޖައްސަން ނިންމައިފި އެވެ.
އަންނަ އަހަރަށް ލަފާކޮށް ހުށަހަޅާފައިވާ ބަޖެޓުގެ ތަފްސީލީ ރިޕޯޓުގައި ބުނީ މިހާރު ސިފައިންނާއި ފުލުހުންގެ މެޑިކަލް ޕްރޮގްރާމް އޮންނަ ގޮތުން އެއް ހިދުމަތަކަށް އެއް ފަހަރާ އެހީ ހޯދުމުގެ ފުރުސަތާއި އަދި އާންމު ގޮތެއްގައި އިންޝުއަރެންސް ސްކީމުތަކުން ކަވަރުނުކުރާ ކޮސްމެޓިކްސް ޕްރޮސީޖާތައް ފަދަ ކަންކަން ސިފައިންނާއި ފުލުހުންގެ މެޑިކަލް ޕްރޮގްރާމްގެ ތެރެއިން ކަވަރުކުރާ ކަމަށެވެ.
އެހެންވެ އިސްރާފުކުޑުކޮށް ނާޖާއިގެ ފައިދާ ކުޑަކުރުުމުގެ ގޮތުން ސިފައިންނާއި ފުލުހުންނާއި އެ ފަރާތްތަކުގެ އާއިލާތައް އެއްހަމަކޮށް ޕްރައިވެޓް އިންޝުއަރެންސް ޕެކޭޖެއް ހަމަޖައްސައި އަހަރުގެ ތެރޭގައި ދައުލަތުން ކުރަން ޖެހޭ މިންވަރު ކޮންޓްރޯލް ކުރަން ނިންމާފައިވާ ކަމަށް ބަޖެޓުގެ ތަފްސީލީ ރިޕޯޓްގައި ބުނެފައި ވެެއެވެ.
"ޕްރައިވެޓް އިންޝުއަރެންސް ކަވަރު ހަމަވުމަށް ފަހު އާސަންދަ ނިޒާމަށް މި ފަރާތްތަކުން ރުޖޫއަވިނަމަވެސް ފުލުހުންނާއި ސިފައިން ވަޒީފާ އަދާކުރުމުގެ ތެރެއިން ލިބޭ އެންމެހާ ގެއްލުންތަކަށް ދައުލަތުން ފުރިހަމައަށް ހަރަދުކުރަމުންދާނެ އެވެ. މި ބަދަލު 2025 ވަނަ އަހަރުގެ ކުރީކޮޅު ގެނައުމަށް އަންނަނީ މަސައްކަތް ކުރަމުން ނެވެ." ބަޖެޓުގެ ތަފްސީލީ ރިޕޯޓުގައި ބުނެފައި ވެއެވެ.
މިފަހުން އާސަންދަ ނިޒާމަށް ގެނައި ބަދަލުތަކުގެ ތެރޭގައި އާންމުންގެ ތެރެއިން ޕްރައިވެޓް އިންޝުއަރެންސް ލިބޭ ފަރާތްތަކަށް އާސަންދަ ލިބޭނީ ޕްރައިވެޓް އިންޝުއަރެންސް ކެނޑުމަށްފަހު އިތުރު އެއްޗެއް ދަކަން ޖެހޭ ނަމައެވެ. އަދި އެފަދަ ފަރާތްތަކަށް ވެސް އިންޝުއަރެންސް ނުލިބޭ ސިއްހީ ފަރުވާ ތަކަށް އާސަންދަ ލިބޭނެއެވެ.

ކިޔުންތެރިންގެ ހިޔާލު