މީޑިއާތަކުގެ އެޑިޓަރުން މިއަދު އެޗްޕީއޭ އާ އެކު ބޭއްވި ބައްދަލުވުމުގެ ތެރެއިން
މީޑިއާތަކުގެ އެޑިޓަރުން މިއަދު އެޗްޕީއޭ އާ އެކު ބޭއްވި ބައްދަލުވުމުގެ ތެރެއިން
ރާއްޖޭގެ އޮންލައިން ނޫސްތަކާއި ޓީވީ، އަދި ރޭޑިއޯގެ އިތުރުން ނިއު މީޑިއާ ގުޅިގެން ކޮވިޑާ ގުޅޭ ގޮތުން ރައްޔިތުންގެ ހޭލުންތެރިކަން އިތުރުކޮށް ބަލި ކޮންޓްރޯލުކުރުމަށް ހާއްސަ މަސައްކަތްތަކެއް ކުރަން ނިންމައިފިއެވެ.

މި ހާއްސަ ކެމްޕޭނުގެ އަމާޒަކީ، ކޮވިޑާ ގުޅޭ ހަބަރާއި މައުލޫމާތު، މީޑިއާތަކުން މިހާރު ގެނެސްދޭ މިންވަރަށް ވުރެ ފުޅާކޮށް، ހުރިހާ މީޑިއާއެއްގައި އެއް ބާވަތެއްގެ މެސެޖުތަކެއް ދެވޭނެ ގޮތަކަށް މަސައްކަތް ކުރުމެވެ. މި "ހާއްސަ ކެމްޕޭން" ހިންގަން ނިންމީ، ރާއްޖޭގެ ކޮވިޑްގެ ހާލަތަށް އެދެވޭ ހެޔޮ ބަދަލެއް ގެނައުމަށް މީޑިއާތައް ގުޅިގެން ކުރެވިދާނެ ކަންތައްތަކެއް ފާހަގަކޮށް އެ މަގަށް މަސައްކަތް ކުރުމަށް ކަމަށް ރާއްޖޭގެ މީޑިއާ ތަކުގެ އެޑިޓަރުންގެ ޖަމިއްޔާ، އެޑިޓާސް ގިލްޑުން ނެރުނު ނޫސް ބަޔާނެއްގައި ބުނެފައި ވެއެވެ.

ކޮވިޑާ ގުޅޭ މިހާއްސަ މަސައްކަތް ކުރިއަށް ގެންދާނެ ގޮތްތަކާއި އިސްކަންދޭނެ ހަބަރާއި މައުލޫމާތާ ގުޅޭ ގޮތުން ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގެ އިސް ބޭފުޅުންނާއެކު މީޑިއާތަކުން ވަނީ މިއަދު ބައްދަލުކޮށް މަޝްވަރާ ކޮށްފައެވެ. މި މަޝްވަރާތަކުގެ އަލީގައި މި ހާއްސަ ކެމްޕޭނު ކުރިއަށް ގެންދާނެ ގޮތް ރާވާ އިންތިޒާމުކޮށް ހެދުމުގައި އެކިއެކި މީޑިއާތައް ހިމެނޭ ގޮތުން ސްޓިއަރިން ކޮމެޓީއެއް މިހާރު ވަނީ އެކުލަވާ ލާފައެވެ.

ސްޓިއަރިން ކޮމިޓީގެ ސްޕޯކްސްޕާސަން ހިރިގާ އަހުމަދު ޒާހިރު ވިދާޅުވީ، މި ހާއްސަ ކެމްޕޭނުގެ މަސައްކަތް ކުރިއަށް ދާނީ ހުރިހާ މީޑިއާތަކެއްގެ ބައިވެރި ވުމާއެކު ސްޓިއަރިން ކޮމިޓީގެ ލަފާގެ މަތިން ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން