ރާއްޖޭގެ އެއް ރިސޯޓު ފިޔަވައި އެހެން ހުރިހާ ރިސޯޓަކުން ޑޮލަރު މާރުކުރުމަށް ރަޖިސްޓްރީކޮށްފައިވާ ކަމަށް މަރުކަޒީ ބޭންކު، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ބުނެފިއެވެ.
އެމްއެމްއޭ އިން މިރޭ ބުނީ ރިސޯޓްތަކަށް ލިބޭ ޑޮލަރުގެ ތެރެއިން ވަކި މިންވަރެއް ބޭންކްތަކުން މާރުކުރަންޖެހޭ ގޮތަށް ހެދި ގަވާއިދުގެ ދަށުން، އެންމެ ރިސޯޓެއް ފިޔަވައި ހުރިހާ ރިސޯޓްތަކަކުން އެކަމަށް ރަޖިސްޓްރީ ވެފައިވާ ކަމަށެވެ.
ބޭރު ފައިސާއާ ބެހޭ ގަވައިދުގެ ދަށުން 173 ރިސޯޓެއް ރަޖިސްޓްރީވެފައިވާ ކަމަށް އެމްއެމްއޭ އިން ބުނާއިރު ރާއްޖޭގައި އޮންނަނީ 174 ރިސޯޓެވެ.
މި ގަވައިދަށް އަމަލު ކުރަން ފެށީ އެކެއް އޮކްޓޯބަރުން ފެށިގެންނެވެ. އޭގެ ފަހުން ވެސް ޓީޖީއެސްޓީއަށް ރަޖިސްޓަރީވާ ފަރާތެއްނަމަ އެ ފަރާތްތަކަށް ވެސް ރަޖިސްޓަރީ ވުމަށް 30 ދުވަހުގެ މުއްދަތެއް ލިބިގެންދެއެވެ.
މި ފިޔަވަޅުތައް އެޅީ ބޭރު ފައިސާއިން ލިބޭ އާމްދަނީ ރާއްޖޭގައި ހިފެހެއްޓުން ހަރުދަނާކޮށް ބޭރު ފައިސާގެ ލިކުއިޑިޓީ އިތުރުކުރުމުގެ ގޮތުންނެވެ.
އެމްއެމްއޭ އިން އާންމުކުރި އާ ގަވާއިދުގައިވާ ގޮތުން، ކެޓަގަރީ އޭގެ ގޮތުގައި ހިމެނޭ ފަތުރުވެރިކަމުގެ ރިސޯޓުތަކާއި ހޮޓާތަކާއިި އުޅަނދުތަކުން ކޮންމެ ފަތުރުވެރިއެއްގެ، ބޮލަކަށް 500 ޑޮލަރުގެ ރޭޓުން، އެ މަހެއްގައި އައިސްފައިވާ ޖުމްލަ ފަތުރުވެރިންނަށް ޖެހޭ އަދަދު ބޭންކަކަށް ޖަމާކޮށް ރުފިޔާއަށް މާރު ކުރަން ވާނެއެވެ.
އަދި ކެޓަގަރީ ބީގެ ގޮތުގައި ހިމެނޭ ގެސްޓްހައުސްތަކާއި މީހުން ދިރިއުޅޭ ރަށްރަށުގައި ހިންގާ ހޮޓާތަކުގެ ތެރެއިން 50 ކޮޓަރި ނުވަތަ އެއަށް ވުރެ މަދު އަދަދެއްގެ ކޮޓަރި ރަޖިސްޓްރީކޮށްފައިވާ ތަންތަނުން ކޮންމެ ފަތުރުވެރިއަކަށް، ބޮލަކަށް 25 ޑޮލަރުގެ ރޭޓުން އެ މަހެއްގައި އައިސްފައިވާ ޖުމްލަ ފަތުރުވެރިއަކަށް ޖެހޭ އަދަދު ބޭންކަކަށް ޖަމާކޮށް ރުފިޔާ އަށް މާރު ކުރަން ވާނެއެވެ.

ކިޔުންތެރިންގެ ހިޔާލު