އައްޑޫގައި ހިންގާ ޕްރޮޖެކްތަކަށް އިންޑިޔާގެ ސަރުކާރުން ރާއްޖެއަށް ދިން 85 މިލިއަން ރުފިޔާގެ އެހީއާއި ފޮރިން މިނިސްޓަރު އަބުދު ﷲ ޝާހިދު ހަވާލުވެވަޑައިގަންނަވަނީ
އައްޑޫގައި ހިންގާ ޕްރޮޖެކްތަކަށް އިންޑިޔާގެ ސަރުކާރުން ރާއްޖެއަށް ދިން 85 މިލިއަން ރުފިޔާގެ އެހީއާއި ފޮރިން މިނިސްޓަރު އަބުދު ﷲ ޝާހިދު ހަވާލުވެވަޑައިގަންނަވަނީ
އިންޑިއާ ސަރުކާރުގެ "ލައިން އޮފް ކްރެޑިޓް"ގެ ދަށުން ކުރިއަށްގެންދިއުމަށް ނިންމާފައިވާ، މަޝްރޫޢުތަކުގެ ތެރެއިން 34 ރަށެއްގެ ފެނާއި ނަރުދަމާ ޤާއިމުކުރުމުގެ ޢަމަލީ މަސައްކަތް އަންނަ ނޮވެމްބަރުމަހު ފަށާނެކަމަށް ފޮރިން މިނިސްޓްރީން ހާމަކޮށްފިއެވެ.

ފޮރިން މިނިސްޓްރީ އިން ބުނީ މި މަޝްރޫޢުތަކުގެ ޢަމަލީ މަސައްކަތް ކުރިއަށްގެންދިއުމަށް ކޮންޓްރެކްޓަރުން ހޯދުމަށް މިހާރު ބިޑަށް ހުޅުވާލާފައިވާކަމަށެވެ. މި މަޝްރޫއުތަކަށް ގާތްގަނޑަކަށް 80 މިލިއަން ޑޮލަރު ޚަރަދުވާނެ ކަމަށް ފޮރިން މިނިސްޓްރީ އިން ބުނެ އެވެ. ލައިން އޮފް ކްރެޑިޓްގެދަށުން ހިންގާ މަޝްރޫޢުތައް ކުރިއަށްގެންދާނީ އިންޑިއާގެ ކުންފުނިތަކާއި ދިވެހި ކުންފުނިތަކަށްވެސް ބައިވެރިވެވޭގޮތަށް ކަމަށް ފޮރިން މިނިސްޓްރީ އިން މައުލޫމާތުދެއެވެ.

މި މަޝްރޫޢުތައް ބިޑަށް ހުޅުވާލުމާ ގުޅޭ ކަރުދާސްތައް ތައްޔާރުކުރަމުންދަނީ ދިވެހި ސަރުކާރާއެކު މިނިސްޓްރީ އޮފް ނެޝަނަލް ޕްލޭނިންގ ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރއާ ގުޅިގެންކަމަށް ފޮރިން މިނިސްޓްރީން ބުނެ އެވެ. ބިޑާ ގުޅޭ މަޢުލޫމާތުތައް އިންޑިއާގެ އެގްޒިމް ބޭންކްގެ ވެބްސައިޓުން މިހާރު ލިބެން ހުންނާނެކަމަށްވެސް ފޮރިން މިނިސްޓްރީން ހާމަކުރެއެވެ.

ރަޢީސް އިބްރާހިމް މުޙައްމަދު ޞާލިޙް 2018ވަނަ އަހަރު އިންޑިއާއަށް ކުރެއްވި ދަތުރުފުޅުގެތެރެއިން އިޢުލާންކުރެއްވި 800 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓްގެ ދަށުން، ރާއްޖޭގައި އުމްރާނީ ތަރައްޤީގެ ބޮޑު 7 މަޝްރޫޢުއަކަށް މިހާރުވެސް ހޭދަކުރަމުންދާ ކަން ފާހަގަކޮށްލެވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން