ރާއްޖޭން އެކި ޤައުމުތަކަށް ދައްކަންޖެހޭ ގާތްގަނޑަކަށް ދޮޅު ބިލިއަން ޑޮލަރުގެ ދަރަނި ރީފައިނޭންސް ކުރުމުގެ މަޝްވަރާތައް ކުރިޔަށް ދާކަމަށް މާލީ ވަޒީރު މޫސާ ޒަމީރު މިއަދު ވިދާޅުވެއްޖެއެވެ.
އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން މަޖިލީހަށް ހުށައަޅާފައިވާ ދައުލަތުގެ ބަޖެޓާ ގުޅޭ ގޮތުން ބަޖެޓް ކޮމެޓީގައި މިއަދު ޒަމީރު ވިދާޅުވީ ރާއްޖޭގެ ދަރަނީގެ ބޮޑު އިންސައްތައެއް ދައްކަން ޖެހެނީ ވަކިވަކި ގައުމުތަކަށް ކަމަށެވެ. އެހެންކަމުން ދަރަނި ދެއްކުމުގައި ލުއި ގޮތްތަކެއް ހޯދުމަކީ ކުރިމަތިވާ ގޮންޖެހުމެއްކަން ވަޒީރު ފާހަގަ ކުރެއްވިއެވެ.
ވަޒީރު މިއަދު ވިދާޅުވީ ރާއްޖެއަށް ދަރަންޏަށް ފައިސާ ދީފައިވާ ގައުމުތަކަކީ އެހެން ގައުމުތަކަށް ވެސް ލޯނުދޭ ޤައުމުތައް ކަމަށެވެ. އެހެންކަމުން ވަކި ގައުމަކަށް ދޭ ލުޔެއްގެ ސަބަބުން އެހެނިހެން ޤައުމުތަކާއެކު އޮންނަ ގުޅުންތަކަށް ބުރޫ އަރަން ޤައުމުތަކުން ބޭނުން ނުވާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.
އެހެން ނަމަވެސް ގާތްގަނޑަކަށް ދޮޅުބިލިއަން ޑޮލަރުގެ ދަރަނި ރީފައިނޭންސް ކުރުމުގެ މަޝްވަރާތައް މިހާރު ކުރިއަށް ދާ ކަމަށާއި އެކަމުގެ ރަނގަޅު ނަތީޖާވެސް ފެންނާނެ ކަމުގެ އުއްމީދު ބޮޑުކަމަށް ޒަމީރު މިއަދު ވަނީ ވިދާޅުވެފައެވެ.
އޭގެ އިތުރުން ޒަމީރު ވިދާޅުވީ މިހާރުވެސް ބަޖެޓް ފައިނޭންސިން އަށް 1.6 ބިލިއަން ރުފިޔާގެ އަދަދެއް ލިބޭނެ ކަމުގެ ޔަގީންކަން ލިބިފައިވާ ކަމަށާއި އޭގެތެރެއިން 50 މިލިއަން ޑޮލަރު ދޭނެކަން އެކި ޤައުމުތަކުން ލިޔުމުން އަންގާފައިވާ ކަމަށެވެ.
އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓުގައި ހިލޭ އެހީގެ ގޮތުގައި ލިބޭނެ ކަމަށް އަންދާޒާ ކޮށްފައިވަނީ 2.5 ބިލިއަން ރުފިޔާއެވެ. އޭގެ ތެރެއިން 2.3 ބިލިއަން ރުފިޔާ ހޯދުމަށް ހިމަނާފައިވަނީ އެކުވެރި ދަޢުލަތްތަކުންނެވެ.
ރާއްޖޭގެ ދަރަނި ރީފައިނޭންސް ކުރުމުގެ މަޝްވަރާތައް ކުރިޔަށްދާކަމަށް ޒަމީރު ވިދާޅުވެފައިވާއިރު އިންޑިއާ އާއި ޗައިނާ އާއި ޔޫއޭއީގެ ދަރަނިތައް ރީ ފައިނޭންސް ކުރުމުގެ މަސައްކަތް ކުރަށްވާ ކަމަށް ރައީސް ޑރ. މުޢިއްޒު މީގެ ކުރިން ވަނީ ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު