އިހުސާންތެރިންގެ ފަރާތުން ނަމާދުގައި ދެއްކުންތެރިކަމެއް ނުފެންނާނެކަމަށް މިއަދުގެ ހުތުބާގައި ބުނެފައި އެވެ.

މިއަދުގެ ހުތުބާގައި ބުނީ އިހުސާންތެރި ކަމަކީ، މުކައްލަފެއްގެ އެންމެހައި ޢަމަލުތަކުގައި ހުރުން ލާޒިމު ސިފައެއް ކަމަށެވެ.

އެގޮތުން އިސްލާމްކަމާއި، އީމާންކަމާއި، އަޅުކަމާއި އެހެންމީހުންނާ ކުރާ މުޢާމަލާތުގައްޔާއި، އަމިއްލަ ނަފުސަށް ކުރާ މުޢާމަލާތުގައި ވެސް އިހުސާންކަން ހިމެނޭ ކަމަށް ބުނެފައި ވެއެވެ.

އަޅުކަމުގައި އިހުސާންތެރިކަމަކީ މާތް ﷲގެ އެއްކައުވަންތަކަން ގަބޫލުކޮށް، އެކަލާނގެއާ އެހެން ފަރާތެއް ބައިވެރިނުކުރުންކަން ފާހަގަކޮށް ބުނީ އިހުސާންކަމުގެ މަތިވެރި ސިފަ ލިބިގެންވާ މުއުމިނާ، އޭނާގެ އަޅުކަމުގައި، މާތް ﷲ އަށް އިހުލާސްތެރިވާނެ ކަމަށެވެ.

"[އިހުސާންކަމުގެ ސިފަ ލިބިގެންވާ މީހާ] ނަމާދުގައި ދެއްކުންތެރިކަމެއް ނުހުންނާނެއެވެ. ގިޔާމާއި، ރުކޫއާއި، ސުޖޫދުގައި މަޑުމައިތިރިވާނެއެވެ. ޒަކާތް ނެރޭނީ، ﷲގެ ރުހިވޮޑިގަތުން އަދައިގެންނެވެ. އޭނާ ﷲ ދެއްވި ނިއުމަތަށް ޝުކުރުވެރިވާ ހާލު، ފަރުޟު ޒަކާތުގެ އިތުރުން، ގިނަގިނައިން ސަދަގާތްކޮށް އުޅޭނެއެވެ. އިހުސާންތެރިޔާ ރޯދަ ހިފާނީ، ކެއިންބުއިން ދޫކޮށްލުމުން އެކަންޏެއް ނޫނެވެ. އޭގެ އިތުރުން އޭނާ ރޯދައަށް ހުންނަ އިރު، އޭނާގެ ދުލާއި، ލޮލާއި، ހިތާއި، އެންމެހައި ގުނަވަންތައް އުރެދުންތަކުން އެއްކިބާކުރާނެއެވެ." ހުތުބާގައި ބުނެފައި ވެއެވެ.

އިހުސާންކަމުގައި އަޅުތަކުންގެ މައްޗަށް އިޙްސާންތެރިވުމުގެ މުހިންމުކަން ފާހަގަކޮށްބުނީ އޭގެތެރެއިން އެންމެ އައުލާކަން ބޮޑު ބަޔަކީ، މައިންބަފައިން ކަމަށެވެ.

ހަމަ އެހެންމެ އިހުސާންކަމުގައި، ގާތްތިމާގެ މީހުންނާ އޮންނަ ރަޙިމުގެ ގުޅުން ދެމެހެއްޓުން ހިމެނޭ ކަަމށާއި އެއީ އުމުރާއި ރިޒުގުގައި ބަރަކާތް ލައްވައި، މަރުމަތި އަމާންވާނޭ ކަމެއްކަމަށް ވެސް ބުނެފައި ވެއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން