ފުޓްބޯޅައިގެ ހާލަތު ރަނގަޅުކޮށް އެދެވޭ ނަތީޖާއެއް ނެެރެވޭނެކަމުގެ ޔަގީންކަން އެބައޮތް ކަމަށް ނާއިބު ރައީސް ހުސެއިން މުހައްމަދު ލަތީފް ވިދާޅުވެއްޖެ އެވެ.
ސަރުކާރަށް އެއް އަހަރު ފުރުމުގެ މުނާސަބަތާ ގުޅިގެން ނާއިބު ރައީސް ޕީއެސްއެމަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ ފުޓްބޯޅައަކީ އަޅުގަނޑުމެން އެންމެ ބޮޑަށް ލޯބިވާ އެއް ކުޅިވަރު ކަމަށެވެ. އެެހެން ނަމަވެސް މިހާރު ބައެއް ރަށްރަށުގައި ކުދިން ކުޅޭނެ ދަނޑެއް ނެތް ކަމަށެވެ.
ހަމަ އެހެންމެ އެ ކުދިން ބޮޑުވެ 18 އަހަރު ފުރިގެން ކްލަބުތަކުގެ ތެރެއަށް ނުކުންނަން ފުޓްބޯޅަ އެސޯސިއޭޝަންގެ އޮންނަ ބޮޑީގެ ތެރެއިން ހިތްވަރުވެސް ނުދެވޭ ކަމަށެވެ. އެހެންކަމުން މިހާރު ކުރިމަތިވެފައިވާ ގޮންޖެހުހްތައް ހައްލުކުރަން އެފްއޭއެމްގެ ތެރޭގައި ވެސް ކޮމިޓީތައް އޮތީ އުފެދިފައި ކަމަށާއި އަދި އޭގެ ތެރެއިން ސަރުކާރަާ ގުޅިގެން މަސަައްކަތްތަކެއް ވަރަށް ބާރަށް ކުރެވެމުންދާ ކަމަށް ނާއިބު ރައީސް ވިދާޅުވި އެވެ.
"އެހެންވީމާ ކޮންމެ ކަމެއް ސުމަކުން ފަށަންވީ. އިރާދަކުރެއްވިއްޔާ މިކަންކަމުން ފުޓްބޯޅައިންވެސް ކުރިމަގު އުޖާލާ ވެގެންދާނެ،. ދެން އެސޯސިއޭޝަންތަކާ ގުޅިގެން އެ ފަރާތްތަކަށް ހުރި ގޮންޖެހުންތައް ދެނެގަނެވި އެ ފަރާތްތަކަށް ވެސް ލިބެން ދޭން ޖެހޭ އެއްބާރުލުން ސަރުކާރުގެ މުވައްސަސާތަކުން ދެމުން އެބަ ގެންދެޭ، މީގެ ނަތީޖާ އަޅުގަނޑު މި ދަންނަވަނީ މިދިޔަ އަހަރުގެ ތެރޭގައި ބިންގާ އެޅި ފެށިގެންނޭ މިދަނީ، އެހެންވީމާ ކުރިއަށް އޮތް އަހަރެއްގެ ތެެރޭގައި ވަރަށް ފޮނިކޮށް ފެނިގެންދާނެ." ނާއިބު ރައީސް ވިދާޅުވި އެވެ.

ކިޔުންތެރިންގެ ހިޔާލު