އެއަރ އެމްބިއުލާންސްގެ ފުރަތަމަ ފްލައިޓް
އެއަރ އެމްބިއުލާންސްގެ ފުރަތަމަ ފްލައިޓް
މިސަރުކާރުން އެއާ އެމްބިއުލާންސްގައި 540 ބަލިމީހުން އުފުލާފައިވާ ކަމަށް ހެލްތު މިނިސްޓްރީން މިއަދު ހާމަކޮށްފިއެވެ.

އެއާ އެމްބިއުލާންސްގެ ޚިދުމަތް ތައާރަފު ކުރުމަކީ ރައީސް ޑރ. މުއިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ. މިއަހަރުގެ މާރޗް ފުރަތަމަ ދުވަހު ރާއްޖޭގައި އަލަށް އިފްތިތާހުކުރި އެއާ އެމްބިއުލާންސް ޚިދުމަތުގެ ފުރަތަމަ ދަތުރު މާރޗް ދެވަނަ ދުވަހު ކޮށްފައިވަނީ ކުޅުދުއްފުށި ސިޓީއަށެވެ.

ސަރުކާރަށް އެއް އަހަރު ފުރުމުގެ މުނާސަބަތުގައި ހެލްތު މިނިސްޓްރީން މިއަދު ޢާއްމު ކޮށްފައިވާ ތަފާސް ހިސާބުތައް ދައްކާ ގޮތުން މިސަރުކާރުން އެއާ އެމްބިއުލާންސްގެ ހިދުމަތް ފެށި ފަހުން މިހާތަނަށް 437 ދަތުރުކޮށް، 540 ބަލި މީހުން އުފުލާފައިވާ ކަމަށެވެ.



އެއާ އެމްބިއުލާންސްގެ ގޮތުގައި ބޭނުންކުރާ ޑޭޝް-8ގެ މަތިންދާބޯޓަކީ ސަލާމަތީ ގޮތުން ރައްކާތެރި، ޞިއްޙީ އަވަސް ފަރުވާއަށް ބޭނުންވާ އާލާތްތައް ހަރުކޮށްފައިވާ ބޯޓެކެވެ.

އެއާ އެމްބިއުލާންސްގެ ޚިދުމަތް ފެށިއިރު ޑޮކްޓަރުންނާއި ނަރުހުންނާއި އެމަޖެންސީ މެޑިކަލް ޓެކްނީޝަނުންގެ މައްޗަށް އެކުލެވޭ 15 ޞިއްޙީ ޚިދުމަތްތެރިންގެ ޓީމެއް އެއާ އެމްބިއުލާންސްގެ ޚިދުމަތް ދިނުމަށް ސަރުކާރުން ޚާއްސަކުރިއެވެ.

އެއާ އެމްބިއުލާންސްގެ ޚިދުމަތް ދެނީ ހެލްތު މިނިސްޓްރީއާއި އެންސްޕާ އަދި އައިލެންޑް އޭވިއޭޝަން ގުޅިގެންނެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން