ޣައްސާން (ވ) ދައްތަ ޔުމްނާ އަދި ބައްޕާފުޅު ރައީސް މައުމޫނާއެކު
ޣައްސާން (ވ) ދައްތަ ޔުމްނާ އަދި ބައްޕާފުޅު ރައީސް މައުމޫނާއެކު
ކޮވިޑަށް ޕޮޒިޓިވްވެ ފަރުވާ ދެމުން ގެންދަވާ ކުރީގެ ރައީސް މައުމޫންގެ ދަރިކަލުން ޣައްސާނު މައުމޫނު ކޮވިޑަށް ނެގެޓިވްވެއްޖެއެވެ.

ޕީޕިއެމްގެ ނާއިބް ރައީސް އަދި ގުރައިދޫ ދާއިރާގެ މެމްބަރު ޣައްސާނު މައުމޫން ކުރެއްވި ޓުވީޓެއްގައި އޭނާގެ ސާމްޕަލް ކޮވިޑަށް ނެގެޓިވްވެފައިވާކަން ވަނީ ކަށަވަރުކޮށްދެއްވާފައެވެ. ޣައްސާނު ކޮވިޑަށް ޓެސްޓްކުރީ އޭނާގެ ބައްޕާފުޅު އަދި ކުރީގެ ރައީސް މައުމޫން އަބުދުލްގައްޔޫމު ކޮވިޑަށް ޕޮޒިޓިވްވުމާއި ގުޅިގެންނެވެ.



ޣައްސާނު ވަނީ ކޮވިޑަށް ޕޮޒިޓިވްވެފައިވާ އޭނާގެ ބައްޕާފުޅަށާއި ބަލިޖެހިފައިވާ ހުރިހާ އެންމެންނަށް އަވަސް ޝިފާއަކަށް އެދިވަޑައިގެންފައެވެ.

"ދިވެހި ޑޮކުޓަރުންނާއި ނަރުހުންގެ އިޚުލާސްތެރި ޚިދުމަތް ގާތުން ދެކެމުން ހިފެހެއްޓުމެއް ނެތި ހިތުގެ ލޯތްބާއި ޝުކުރު ދަންނަވަމެވެ" ޣައްސާނު ކުރެއްވި ޓުވީޓްގައި ވިދާޅުވިއެވެ.

ރައީސް މައުމޫން ކޮވިޑަށް ޕޮޒިޓިވްވުމާއި ގުޅިގެން ދަރުމަވަންތަ ހޮސްޕިޓަލުގައި އެޑިމިޓްކޮށްގެން މިހާރު ގެންދަނީ ފަރުވާ ދެއްވަމުންނެވެ. ރައީސް މައުމޫން އިއްޔެ ވިދާޅުވެފައިވަނީ އެމަނިކުފާނުގެ ހާލުކޮޅު ރަނގަޅު ކަމަށެވެ. މައުމޫންގެ ދަރިކަނބަލުން ޔުމުނާ މައުމޫން ވިދާޅުވީ ކޮވިޑްގެ އާލާސްކަންފުޅުގެ އަލާމަތްތައް ހުރީ ވަރަށް ކުޑަކޮށް ކަމަށެވެ.

ރައީސް މައުމޫނު ކޮވިޑަށް ޕޮޒިޓިވްވުމާއި ގުޅިގެން ރައީސް ސޯލިހާއި ސަރުކާރުގެ ވަޒީރުންނާއި މަޖިލީހުގެ މެމްބަރުންނާއި ސިޔާސީ ޕާޓީތަކުންނާއި ވަރަށް ގިނަ އަދަދެއްގެ އާންމު ރައްޔިތުންދަނީ އެމަނިކުފާނަށް އަވަސް ޝިފާއަކަށް އެދި ހެޔޮ އެދުންތައް ފޮނުވަމުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން