އެގްޒިކިއުޓާސް ޖެނަރަލް ޓްރޭޑިންގ އާއި ގެންނަން ހަވާލުކުރި ވެންޓިލޭޓަރުތައް ނުލިބިއްޖެނަމަ އަނބުރާ ފައިސާ ހޯދުމުގެ މަސައްކަތް ސަރުކާރުން ކުރާނެކަމަށާއި އެކަމުގައި އަޅަންޖެހޭ ފިޔަވަޅުތައް ސަރުކާރުން އަޅާނެކަމަށް ފިނޭންސް މިނިސްޓަރ އިބްރާހީމް އަމީރު ވިދާޅުވެއްޖެއެވެ.

ކޯވިޑް-19އާ ގުޅިގެން މިނިސްޓްރީ އޮފް ހެލްތުން ކުރި ޚަރަދުތަކުގެ ކޮމްޕްލެޔަންސް އޮޑިޓް ރިޕޯޓާއި ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގައި ވާހަކަ ދައްކަވަމުން ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު ވިދާޅުވީ 75 ވެންޓިލޭޓަރުގެ ކޮންޓްރެކްޓަކީ ހިނގަމުންދާ ކޮންޓްރެކްޓެއް ކަމަށެވެ. އަދި މިނިސްޓްރީން ދަނީ އެ ކޮންޓްރެކްޓް ގެ ދަށުން ވެންޓިލޭޓަރުތައް ލިބޭތޯ މަސައްކަތް ކުރަމުންކަމަށް އަމީރު ވިދާޅުވިއެވެ.

"މައްސަލަތަކެއް ފެންމަތިވެފައި ވީނަމަވެސް މިހާރުވެސް ހެލްތު މިނިސްޓްރީން ދަނީ މި ކޮންޓްރެކްޓެ ގެ ދަށުން މިތަކެތި ލިބޭތޯ މަސައްކަތް ކުރަމުން. އަޅުގަނޑުމެންވެސް މިދަނީ މި ކޮންޓްރެކްޓްގެ އަޕްޑޭޓްތައް ހޯދަމުން. އަޅުގަނޑުމެން މިކަމާ ގުޅޭގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އަޅާނެ ކަމުގެ ޔަޤީންކަން އަރުވަން." އަމީރު ވިދާޅުވިއެވެ.

މިނިސްޓަރ އަމީރު ވިދާޅުވީ އެ ކޮންޓްރެކްޓްގެ ދަށުން ވެންޓިލޭޓަރުތައް ގެނައުމުގެ މަސައްކަތް ހެލްތު މިނިސްޓްރީން ކުރަމުންދާއިރު ވެންޓިލޭޓަރުތައް ނުލިބިއްޖެނަމަ މިހާތަނަށް އެކަމަށް ޚަރަދު ކުރެވުނު ފައިސާ އަނބުރާ ހޯދުމުގެ މަސައްކަތް ސަރުކާރުން ކުރާނެކަމަށެވެ. އަދި މިކަމުގެ އެއްބަސްވުމުގައި ފައިސާ އަނބުރާ ލިބޭނެގޮތްތައް ހިމެނިފައިވާކަމަށް ވަޒީރު ވިދާޅުވިއެވެ.

ވެންޓިލޭޓަރުގެ މައްސަލައާއި ގުޅިގެން ފިނޭންސް މިނިސްޓްރީން އަމަލުކޮށްފައި ވަނީ މާލިއްޔަތު ޤަވާއިދަށް ރިޢާޔަތްކޮށް ހާލަތަށްބަލައި ކުރަންޖެހޭ ޚަރަދުތައްކޮށްގެން ދައުލަތުން ޞިއްޙީ ރައްކާތެރިކަމަށް ހޯދަންޖެހޭ ތަކެތި ހޯދުމަށް މަގުފަހިކުރުމަށް ކަމުގައި މިނިސްޓަރ ވިދާޅުވިއެވެ.

"އަޅުގަނޑު ދިން ހުއްދައެއް ދީފައިވާނީ މާލިއްޔަތު ޤާނޫނާއި ގަވައިދުގެ ތެރެއިން. ދީފައިވާ ކޮންމެ ހުއްދައެއްވެސް ދީފައިވާނީ މާލީ ނިޒާމުގެ އަސާސްތައް ހިފަހައްޓައި، ހަމައެކަނި އެވަގުތު ކުރަން ޖެހޭ ކަމެއް ކުރުމަށް ބޭނުންވާނެ އެންމެ ކުޑަ މިންވަރަށް." މިނިސްޓަރ އަމީރު ވިދާޅުވިއެވެ.

ހެލްތު މިނިސްޓްރީގެ އޮޑިޓް ރިޕޯޓާއި ގުޅިގެން ހެލްތު މިނިސްޓަރ އަބްދުﷲ އަމީން ވަނީ މަޤާމުގެ މަސްއޫލިއްޔަތުން އެކަހެރިވެ ވަޑައިގެންފައެވެ. އަދި މިނިސްޓްރީގެ ބިޑްކޮމިޓީއާއި، ފައިނޭންޝަން އެގްޒެކެޓިވްވެސް ހުންނެވީ ސަސްޕެންޑް ކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު


11

ސިޔާސީގިރުވާނު

28-Aug-2020

މާސިންގާ ވައްކަމެއްކޮއްފަ! އަދިވެސް ދޮގުހަދާ މަތިޖަހަން ވަރަށް ސާފްކޮއް ބުނަންތަ! ބޭންކް ގެރެންޓީއެއް ފައިސާ ގެއްލިއްޖެ ނަމަ އަންބުރާ ހޯދޭނެ! އެއްވެސް ގާނޫނީ ޕްރޮސެސްއެއްނެއް ފޮލޯކޮއްފަ! ހެލްތުވެސް ފިނޭންސްގައި ތިބީ ތުއްތު ބަބާތަކެއްނުން 35 މިލިޔަން ބޭންކް ގެރެންޓީ މެމްއެމްއޭ ނުވަތަ ޑުބާއީގެ ބޭންކެއްގެ ގެރެންޓީވެސްނެއް! އަމީރު ތި ފައިސާ ހޯދަންޖެހޭނީ މަހައްދާން! މިހާރު މުއާމަލާތުކުރި އެކައުންޓްތައް ބޭންކް އެކައުންޓްވެސް ފައިސާކޮޅު ކާލާފަ ޑިއެކްޓިވޭޓްވާނެ ނެޓުން މުއާމަލާތުކުރީ މިހާރު އެއީ ކާކުކަންވެސް ނޭންގޭނެ!ބޭންކް ގެރެންޓީ އޮތް ނަމަދޯ! 3 މަސްފަހުން ގެއްލުނު ފައިސާ ބޭންކުން ދައުލަތައް ރިވާރސްކޮއްދެވޭނީ! މި ބުނީނުން ލާރި ގެއްލިއްޖޭ ނުލިބޭނޭ!



ޓްރެންޑިން