މަސްވެރިން
މަސްވެރިން
މަސްވެރިންނަށް ނުދެވި ހުރި 32 މިލިއަން ރުފިޔާ އަންނަ ހަފްތާ ތެރޭގައި ދެވޭތޯ މަސައްކަތް ކުރަމުން އަންނަ ކަމަށް މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) އިން ހާމަކޮށްފިއެވެ.

މިފްކޯއިން މިއަދު ބުނީ މަސްވެރިންނަށް ނުދެވި ހުރި 32 މިލިއަން ރުފިޔާ އަންނަ ހަފްތާ ތެރޭގައި ދޫކުރުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

މިފްކޯއިން އެންމެ ފަހުން މަސްވެރިންނަށް ފައިސާ ދީފައި ވަނީ މިދިޔަ އޮކްޓޯބަރު މަހުގެ ފަހުކޮޅުގައެވެ. އޭރު ނުދެވި ހުރި 16 މިލިއަން ރުފިޔާ ހަވާލުކޮށް ނިމުމުން މަސްވެރިންނަށް ދޭން ޖެހޭ ފައިސާގެ ބެކްލޮގް ކްލިއާ ވާނެ ކަމަށް މަސްވެރިކަމާ ބެހޭ ވަޒީރު އަހްމަދު ޝިޔާމް މީގެ ކުރިން ވަނީ ވިދާޅުވެފައެވެ.

ރިޔާސީ އިންތިޚާބުގެ ތެރޭގައި ރައީސް މުޢިއްޒު ވަނީ މަސްވެރިން މިފްކޯއަށް ކިރާ މަހަށް އެންމެ ދަށްވެގެން ކިލޯއަކަށް 20 ރުފިޔާ ދެއްވާނެ ކަމަށް ވިދާޅުވެފައެވެ. ނަމަވެސް ސަރުކާރުން ވަނީ މަހުގެ އަގު 16 ރުފިޔާއަށް ތިރިކޮށްފައެވެ.

އޭގެ އިތުރުން މަސްވެރިން ކިރާ މަހަށް 48 ގަޑިއިރުގެ ތެރޭގައި ފައިސާ ދިނުމަށް ރައީސް މުޢިއްޒު ވަޢުދުވީ ނަމަވެސް އެ ވަޢުދުވެސް ފުއްދަވާފައި ނުވާކަމަށް މަސްވެރިން ދަނީ ބުނަމުންނެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން