އާސަންދައިގެ މެނޭޖިން ޑިރެކްޓަރު އާމިނަތު ޒީނިޔާ (ވ)
އާސަންދައިގެ މެނޭޖިން ޑިރެކްޓަރު އާމިނަތު ޒީނިޔާ (ވ)
އާސައިންދައިގެ ދަށުން ތަކުރާރުކޮށް ހަދާ ޓެސްޓުތައް ހުއްޓުވުމުގެ މަސައްކަތް މިހާރު ފަށާފައިވާކަމަށް އާސަންދައިގެ މެނޭޖިން ޑިރެކްޓަރު އާމިނަތު ޒީނިޔާ މިއަދު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ އިޖުތިމާއީ ކޮމިޓީގައި މިއަދު ވާހަކަ ދައްކަވަމުން ޒީނިޔާ ވިދާޅުވީ އާސަންދައިގެ ދަށުން ތަކުރާރުކޮށް ހަދާ ޓެސްޓްތައް ހުއްޓުވުމަށްޓަކައި އާސަންދަ ޕޯޓަލްގެ ތެރެއަށް ގެންނަންޖެހޭ ބަދަލުތައް ހެލްތު މިނިސްޓްރީއާ ގުޅިގެން ގެންނަމުންދާ ކަމަށެވެ.

އެގޮތުން ޓްރީޓްމަންޓް ގައިޑްލައިންތަކެއް ހަދަމުން ގެންދާ ކަމަށާއި އޭރުން އާސަންދައިންދޭ ޚިދުމަތްތަކުގެ އަގުތައް ކޮންޓްރޯލް ކުރުމަށް ފަސޭހަވެގެންދާނެ ކަމަށްވެސް ޒީނިޔާ ވިދާޅުވިއެވެ.

"ވަކި ޓެސްޓެއް ތިން މަސް ފަހުން ނޫނީ ނުހެދޭނެ ގޮތަކަށް. ނޫނީ ޑޮކްޓަރަށް އެލާޓެއް ދާނެ ތިން މަސް ކުރިން އެ ޓެސްޓެއް ހަދާފައި އިންނަމަ." ޒީނިޔާ މިއަދު ވިދާޅުވިއެވެ.

ހަމައެއާއެކު ޒީނިޔާ ވަނީ އާސަންދައިގެ ޚަރަދު ބެލެހެއްޓުމަށް ޚާއްސަ ޕެކޭޖުތަކެއް ތައާރަފުކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށްވެސް ވިދާޅުވެފައެވެ. އަދި އެ ޕެކޭޖުތައް ތަޢާރަފް ކުރުމުން އެޕެކޭޖުތަކަށް އެއްބަސްވާ ފަރާތްތަކާއެކު އާސަންދަ ފޯރުކޮށްދިނުން ކުރިއަށްދާނެ ކަމަށްވެސް އޭނާ މިއަދު ވިދާޅުވިއެވެ.

އާސަންދައަށް ކުރަންޖެހޭ ޚަރަދު ކުޑަކުރުމުގެ މަސައްކަތް ސަރުކާރުން ފަށާފައިވާއިރު މީގެ ކުރިން އާސަންދަ ނިޒާމް އިސްލާހު ކުރުމަށް ކުރީގެ ސަރުކާރުތަކުން މަސައްކަތް ނުކުރީ ސިޔާސީ ގޮތުން އުފުލަންޖެހޭ ބުރަ ބޮޑުވެދާނެތީ ކަމަށް ޞިއްހަތާބެހޭ ވަޒީރު ޢަބްދުالله ނާޒިމް ވަނީ ވިދާޅުވެފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން