އިދިކޮޅު ޕީޕީއެމް، ޕީއެންސީން މާދަމާ މުޅި ރާއްޖޭގައި ކުރާ އިހްތިޖާޖަކީ އެއް އަޑަކުން މުޅި ދިވެހި ރައްޔިތުން ޤައުމު ދިފާއު ކުރުމަށް ކުރާ އިހުތިޖާޖެއް ކަމުގައި ޕީއެންސީގެ ނައިބު ރައީސް، ފެނަކަ ކޯޕަރޭޝަންގެ ކުރީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ނިމާލް ވިދާޅުވެއްޖެއެވެ.

އިދިކޮޅު ކޯލިޝަނުން މާދަމާ ބާއްވާ މުޒާހަރާއަކީ ރާއްޖޭގެ ދަރަނި އިތުރުވާ ގޮތަށް ސަރުކާރުން އަމަލު ކުރަމުން ދާތީ އާއި، ރާއްޖޭގެ މިނިވަން ކަމަށް އަސަރުކުރާ ގޮތަށް ސަރުކާރުން އަމަލު ކުރަމުން ދާތީ ކުރިއަށް ގެންދަން ނިންމާފައިވާ މުޒާހަރާއެއްކަމަށް އިދިކޮޅުން ބުނެއެވެ.

"ރާއްޖެ ވިއްކާލުމާ ދެކޮޅަށް" އިދިކޮޅު ކޯލިޝަނުން ބާއްވާ މުޒާހަރާ ކުރިއަށް ދާނީ ހުކުރު ދުވަހުގެ ހަވީރު 4:00 އިން އިރުއޮއްސި 6:00 އާ ހަމައަށެވެ. މި މުޒާހަރާގައި ވީހާވެސް ގިނަ ރައްޔިތުން ބައިވެރިވުމަށް އެ ކޯލިޝަނުން ވަނީ އެދިފައެވެ. މާލޭގައިވެސް މާދަމާ ވަނީ އިދިކޮޅު ކޯލިޝަންގެ ޒުވާނުން އިސްނަގައިގެން ޚާއްސަ ސައިކަލުބުރެއް ބޭއްވުމަށް ނިންމާފައެވެ.

މާދަމާގެ ހަރަކަތްތަކާއި ގުޅޭގޮތުން ޕީއެންސީގެ ނައިބު ރައީސް، ފެނަކަ ކޯޕަރޭޝަންގެ ކުރީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ނިމާލް ވިދާޅުވީ މާދަމާ ނިކުންނަނީ ދިވެހި ޤައުމުގެ މިނިވަންކަމާއި ސިޔާދަތާއި އިސްތިޤުލާލު ރައްކާތެރި ކުރުމަށްކަމަށެވެ. މި ހަރަކާތުގައި ޤައުމާއި ވަތަންދެކެ ލޯބިވާ ހުރިހާ ރައްޔިތުންގެ ބައިވެރިވުން މާދަމާ ފެނިގެންދާނެކަމަށް ނިމާލް ވިދާޅުވިއެވެ.

"ރާއްޖެ ވިއްކާލުމާއި ދެކޮޅަށް މާދަމާ ހަވީރު 16:00 ގައި ޕީޕީއެމް ޕީއެންސީގެ މެމްބަރުންނާއި ޤައުމުދެކެ ލޯބިވާ ދިވެހި ރައްޔިތުން ނުކުންނަނީ ހުއްބުލް ވަތަނުގެ ސިފަތައް ދިފާއު ކުރުމަށް ލައްބައިކައޭ ބުނެ، ދިވެހި ޤައުމިއްޔަތުގެ ކަމަރު ބަނދެލައިގެން ޤައުމުގެ ދިފާއުގައި. އެންމެ ފުރަތަމަ ޤައުމު." ނިމާލް ވިދާޅުވިއެވެ.

ރާއްޖޭގެ މިނިވަން ކަމަށް އަސަރުކުރާ ގޮތަށް ސަރުކާރުން އަމަލު ކުރަމުންދާއިރު، ރާއްޖޭގެ އިގްތިސާދު މެނޭޖް ކުރުމުގައި ވެސް ސަރުކާރު ފެއިލް ވެފައިވާ ކަމަށް އެ ކޯލިޝަނުން ބުންޏެވެ. މިއީ ސިލްސިލާކޮށް ކުރިއަށް ގެންދަން ވިސްނާ މުޒާހަރާއެއް ކަމަށާއި ކުރިއަށް އޮތް ތަނުގައި ވެސް މުޒާހަރާތަކުގެ ހަރަކާތްތައް ކުރިއަށް ދާނެ ކަމަށް އިދިކޮޅު ކޯލިޝަނުން ބުނެފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު


-9

ރަސްމީ ފަރާތް

28-Aug-2020

ހުރި ގޮތަށް ހުރި ކޮރޮޕްޝަންގެ ބައްޕައެއް ނިމާލް އަކީ.. ލަދެއް ވެސް ނުގަނޭ މީޑިޔާކުރިމައްޗަށް އަރަން.. ތެދެއް މިވެރިކަން ވެސް ގޯސް އެކަމަކު އެވާހަކަ ދައްކަން ރަގަޅު ބަޔަކު ނުކުމޭ.. ނޮޓް ޔޫ.. ވީ ހޭޑް އިނަފް އޮފް ޔޫގައިސް


0

މަށޭކިޔާހޭ

28-Aug-2020

އަތު ޖެހުނު ތަކުން ލޫޓުވާ ކައި ހުސްކޮށްފަ ހުއްބުލް ވަޠަނުން ބާކީ ދެން އޮތީ ކޯއްޗެއްބާ!



ޓްރެންޑިން