ހުޅުމާލޭ ޖަލުގައި ބަންދުކޮށްފައި ތިބި ބަޔަކު ކޯވިޑް-19 އަށް ޕޮޒިޓިވްވެއްޖެއެވެ.
މޯލްޑިވްސް ކަރެކްޝަންސް ސަރވިސް އިން ނެރެފައިވާ ނޫސް ބަޔާނެއްގައި ބުނެފައިވަނީ، އެ ސާރވިސްގެ ހުޅުމާލެ ސެންޓަރުގައި ބައިތިއްބާފައިވާ 5 ބިދޭސީންގެ އިތުރުން ހުކުމް ތަންްފީީޛުކުރަމުން އައި އެއް ޤައިދީއަކު ކޯވިޑް-19 އަށް ޕޮޒިޓިވްވެފައިވާ ކަމަށެވެ. އަދި އެކަން މިހާރު ވަނީ އެޗްޕީއޭއަށްވެސް އަންގާފައިކަމަށް މި ނޫސް ބަޔާނުގައިވެއެވެ.
މި ބިދޭސީންނަކީ އިމިގްރޭޝަން ޤާނޫނާއި ޚިލާފުވެގެން އަނބުރާ ޤައުމަށް ފޮނުވާލެވެންދެން ބައިތިއްބާފައި ތިބި ބިދޭސީންތަކެއް ކަމަށާއި، ހުޅުމާލޭ ޖަލަށް ވައިރަސް ވަދެގެން އުޅޭ ކަމަށް ލަފާ ކުރެވިފައިވަނީ އަލަށް ގެނައި ބިދޭސީންގެ ފުށުންކަމަށް ނޫސްބަޔާނުގައި ބުނެފައިވެއެވެ.
ނޫސް ބަޔާނުގައި އިތުރަށް ބުނެފައިވަނީ، މިހާތަނަށް އެ ސާރވިސަސްގައި މަސައްކަތްކުރާ 10 އޮފިސަރުންނާއި، 2 ނަރުހުން އަދި 19 ޑިޓެއިނީއެއް އަދި އެއް ޤައިދީގެ ސާމްޕަލް ޓެސްޓް ކުރަން ފޮނުވާފައިވާ ކަމަށެވެ. އަދި މިއާއެކު އެޗްޕީއޭގެ ގައިޑްލައިންތަކާއި އެއްގޮތަށް ޢަމަލުކުރަމުންދާނެ ކަމަށްވެސް އެ ސާރވިސަސްއިން ވަނީ ބުނެފައެވެ.

ނޫސް ބަޔާން (މި ސަރވިސްގެ ހުޅުމާލެ ޑިޓެންޝަން ސެންޓަރުގައި އިމިގްރޭޝަން ޤާނޫނާ ޚިލާފުވެގެން ފުރުވާލެވެންދެން ބޭތިއްބިފައިވާ ބިދޭސީންގެ ތެރެއިން 05 ބިދޭސީއަކާއި ހުޅުމާލޭ ޖަލުގައި ހުކުމް ތަންފީޛުކުރަމުން ދިޔަ ޤައިދީއެއް ކޯވިޑް-19 އަށް ފައްސިވުމާގުޅޭ) pic.twitter.com/UpVpzLWUs5
— Maldives Correctional Service (@CorrectionsMv) August 27, 2020
ނޫސް ބަޔާނުގައި އިތުރަށް ބުނެފައިވަނީ، މިހާތަނަށް އެ ސާރވިސަސްގައި މަސައްކަތްކުރާ 10 އޮފިސަރުންނާއި، 2 ނަރުހުން އަދި 19 ޑިޓެއިނީއެއް އަދި އެއް ޤައިދީގެ ސާމްޕަލް ޓެސްޓް ކުރަން ފޮނުވާފައިވާ ކަމަށެވެ. އަދި މިއާއެކު އެޗްޕީއޭގެ ގައިޑްލައިންތަކާއި އެއްގޮތަށް ޢަމަލުކުރަމުންދާނެ ކަމަށްވެސް އެ ސާރވިސަސްއިން ވަނީ ބުނެފައެވެ.
ކިޔުންތެރިންގެ ހިޔާލު