އިސްރާއިލުގެ ޕާސްޕޯޓު ގެންގުޅޭ މުސްލިމުން ރާއްޖެ އައުން މަނާކުރަން ދެކޮޅުކަމަށް ތިނަދޫ އުތުރު ދާއިރާގެ މެމްބަރު ސައުދުﷲ ހިލްމީ ހާމަކުރައްވައިފި އެވެ.
އިސްރާއިލުގެ ޕާސްޕޯޓު މަނާކުރުން އަވަސްކުރުމަށް ހުށަހެޅި ގަރާރުގެ ބަހުސްގައި ސައުދުﷲ ވިދާޅުވީ ފަލަސްތީނުގެ ވަަށައިގެން ތިބި ގައުމުތަކުގެ ބޭފުޅުންނަކީ އާއިލީގޮތުން ވެސް ދަރި ފަސްކޮޅުގެ ގޮތުން ވެސް ދީނީ ގޮތުން ވެސް އެއްބަނޑު އެއްބަޕާ ބައެއް ކަމަށެވެ.
އަދި އެ ގައުމުތަކަކީ މާ މުއްސަނދި ގައުމުތަކެއް ކަމަށާއި ނަމަވެސް އެ ގައުމުތަކުން ވެސް އިސްރާއިލާ މެދު ފިޔަވަޅު ނާޅާ ކަމަށެވެ.
އެހެންވެ އެ ގައުމުތަކުން ނާޅާ ފިޔަވަޅެއް އެޅުމުގެ ކުރިން ވިސްނަން ޖެހޭކަން ސައުދުﷲ ފާހަގަ ކުރެއްވި އެވެ.
އަދި އެފަދަ ނިންމުމެއް ނިންމާއިރު އޭގެ ފައިދާއާއި ގެއްލުމާމެދު ވެސް ވިސްނަން ޖެހޭކަން ސައުދުﷲ ފާހަގަ ކުރެއްވި އެވެ.
ސައުދުﷲ އިތުރަށް ވިދާޅުވީ އިސްރާއިލުގައި މިހާރުވެސް އަޅުގަނޑުމެންނާ އެއް ދީނެއްގެ ބަޔަކު ވެސް އުޅޭ ކަމަށެވެ.
ސައުދުﷲ އެ އިޝާރާތްކުރެއްވީ 1948 ވަނަ އަަހަރު އިސްރާއިލު އުފައްދަން ފަަލަސްތީނުގެ މީހުން ގެދޮރުން ބޭރުކޮށްލިއިރު ވަޒަނުން ބޭރު ނުކޮށްލެވުނު ފަަލަސްތީނުގެ ރައްޔިތުންނަށެވެ. އެ ރައްޔިތުންގެ އަތުގައި އިސްރާއިލުގެ ޕާސްޕޯޓް އޮވެއެވެ.
"އެފަަދަ މީހުން [ފަލަސްތީނު ދަރިކޮޅުގެ މީހުން] ރާއްޖެ އައުން މަނާކުރަން ސަބަބެއް އޮންނަން ޖެހޭކަމަށް ގަބޫލެއް ނުކުރެވޭ" ސައުދުﷲ ވިދާޅުވި އެވެ.

ކިޔުންތެރިންގެ ހިޔާލު