ކްރިމިނަލް ކޯޓު--
ކްރިމިނަލް ކޯޓު--
މީހެއްގެ މޫނަށް ވެލި ޖެހުމުން 8000 ރުފިޔާއިން ޖޫރިމަނާކޮށްފި އެވެ.

ކްރިމިނަލް ކޯޓުން އިއްޔެ ނިންމި މައްސަލައިގައި އެ ހުކުމް އިއްވާފައި ވަނީ މާލެ / ހ.ފެހިއާބާދު އަލީ އަބްދުއްރަހުމާންގެ މައްޗަށެވެ.

ހުކުމްގެ ހުލާސާގައި ބުނެފައިވާ ގޮތުގައި އެކަން ހިނގީ މިދިޔަ މަހު ހިނގި ހަމަނުޖެހުމެއްގެ ތެރެއިން ކަމަށެވެ. ނަމަވެސް ވެލި ޖެހީ ކާކުގެ މޫނަށް ކަމެއް ނޭނގެ އެވެ. ހުކުމްގެ ހުލާސާގައި އެ މީހާގެ ނަން އޮތީ ސެންސަރުކޮށްފަ އެވެ.

އެ މައްސަލައިގައި އަބްދުއް ރަހުމާންގެ މައްޗަށް ކޮށްފައިވަނީ ގައިގައި އަތްލުމުގެ ދައުވާ އެވެ.

އެ މައްސަލައިގައި އޭނާގެ މައްޗަށް ކަނޑައެޅޭނެ އަދަބަކީ 27 ދުވަހު ޖަލުގެ ހުކުމެއް ކަމަށާއި އެހެން ނަމަވެސް ކުށަށް އިއުރިތާފްވެ 15 ދުވަހު ބަންދުގައި ޖަލުގައި ހޭދަކޮށްފައި އޮތުމުން އޭނާގެ މައްޗަށް އިއްވޭނީ 12 ދުވަހުގެ ޖަލު ހުކުމެއް ކަމަށް ހުކުމްގައި ބުނެފައި ވެއެވެ.

އެހެން ނަމަވެސް ޖަލު ހުކުމް ޖޫރިމަނާއަކަށް ބަދަލުކޮށްދިނުމަށް އެދިފައިވުމުން އަބްދުއް ރަހުމާން މައްޗަށް ކަނޑައެޅޭނީ 2600 ރުފިޔާގެ ޖޫރިމަނާއެއް ކަަމަށް ވެސް ކޯޓު ހުކުމްގައި ބުނެފައި ވެއެވެ.

ނަމަވެސް އަބްދުއް ރަހުމާނަށް ގެ ކުއްޔަށް ދީގެން އަހަރަކު 72،000 އަށްވުރެ ބޮޑު އާމްދަނީއެއް ލިބޭތީ އެކަމަށް ރިއާޔަތްކޮށް އޭނާގެ މައްޗަށް އިއްވީ 8000 ރުފިޔާގެ ޖޫރިމަނާގެ ހުކުމެވެ.

އެ ފައިސާ ދެ މަސް ދުވަހުގެ ތެރޭގައި މީރާއަށް ދެއްކުމަށް ވެސް ކްރިމިނަލް ކޯޓުން ވަނީ ހުކުމްކޮށްފަ އެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން