އޮބްޒްވޭޝަން ފެސިލިޓީ ތައްޔާރުކުރުމަށް އެސްޓީއޯއިން 19 އެނދު ގާއިމް ކުރުމުގެ ތެރެއިން
އޮބްޒްވޭޝަން ފެސިލިޓީ ތައްޔާރުކުރުމަށް އެސްޓީއޯއިން 19 އެނދު ގާއިމް ކުރުމުގެ ތެރެއިން
ކޯވިޑް-19 އަށް ފަރުވާދޭން ގާއިމުކޮށްފައިވާ އޮބްޒަވޭޝަން ފެސިލިޓީތަކުގެ ކެޕޭސިޓީ އިތުރުކުރުމަށް ސްޓޭޓް ޓްރޭޑިންގ އޮގަނައިޒޭޝަން (އެސްޓީއޯ) އިން ތާޖުއްދީން ސްކޫލްގައި 19 އެނދު ބަހައްޓައިފިއެވެ.

ރޭ ހެލްތް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ)ގެ ނޫސްވެރިންގެ ބައްދަލުވުމުގައި ޓެގް ޓީމުގެ ފަރާތުން ބައިވެރިވެވަޑައިގެން ޑރ. އަހްމަދު ޝަހީދް ވަނީ ތާޖުއްދީން ސްކޫލާއި ހިރިޔާ ސްކޫލްގައި ކޯވިޑް-19 އޮބަޒަވޭޝަން ފެސިލިޓީއެއް ގާއިމް ކުރަން ނިންމައިފައިވާކަން އިއުލާން ކުރައްވާފައެވެ.

އެސްޓީއޯއިން ފެސިލިޓީތަކުގެ ކެޕޭސިޓީ އިތުރުކުރުމުގެ މަސައްކަތް ފަށާފައި މިވަނީ ކޯވިޑް-19 އަށް ޕޮޒިޓިވްވާ މީހުން ގިނަވެ، ފެސިލިޓީތަކަށް ބާރުބޮޑުވެފައިވާ ދަނޑިވަޅެއްގައެވެ. އެގޮތުން މިފަހަކަށް އައިސް ދުވާލެއްގެ މައްޗަށް ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދު އުޅެނީ 100 އަށްވުރެ މަތީގައެވެ. އެސްޓީއޯއިން ބުނީ ތާޖުއްދީން ސްކޫލްގައި ކޯވިޑް-19 އޮބަޒަވޭޝަން ފެސިލިޓީއެއް ގާއިމް ކުރަން ނިންމައިފައި ވާތީ ބެޑް ކެޕޭސިޓީ އިތުރު ކުރުމަށް 19 އެނދު ޤާއިމްކުރުމުގެ މަސައްކަތް ކުރަމުން ދާ ކަމަށެވެ.

ފެސިލިޓީތަކުގެ ބެޑް ކެޕޭސިޓީގެ 60 ޕަސެންޓަށް ވުރެ މައްޗަށް މިހާރު ފުރިފައިވާކަމަށްވެސް ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރުން ހާމަކުރެއެވެ. އެގޮތުން ބެޑް ކެޕޭސިޓީ އިތުރު ކުރުމަށް އިތުރު ރިސޯޓްތަކާއި، މާލެއިން އިތުރު ގެސްޓްހައުސްތައް ވެސް ބޭނުންކުރަން ލިބޭތޯ ބަލަމުންދާ ކަމަށް އެޗްއިއޯސީން ވަނީ ބުނެފައެވެ.

މީގެ އިތުރުން ރާއްޖޭގައި ކޯވިޑް-19 އަށް ކުރާ ޓެސްޓުގެ އަދަދު އިތުރުކުރުމަށް އެސްޓީއޯ އިން ވަމުން އަންނަ އެހީތެރިކަމުގެ ތެރެއިން ފުލުހުންގެ ލެބަށް އެސްޓީއޯ އިން ވަނީ ޕީސީއާރު މެޝިނެއްވެސް ހަދިޔާކޮށްފަ އެވެ.

އެސްޓީއޯގެ ފަރާތުން ޕޮލިސް ލެބަށް ހަދިޔާކުރި ޕީސީއާރު މެޝިން އެތަނާ ހަވާލުކޮށްދެއްވީ އެ ކުންފުނީގެ ސީއީއޯ ހުސެއިން އަމްރެވެ. އެ މެޝިނާއި ހަވާލުވީ ފޮރިންސިކް ސާވިސްގެ ޑައިރެކްޓޮރޭޓް އަބްދުﷲ އަހުމަދެވެ.



އެސްޓީއޯ އިން ބުނީ އެ މެޝިނާއެކު އެ ލެބުގައި ކޮވިޑަށް ޓެސްޓު ކުރުމުގެ ނިސްބަތް ބޮޑުތަނުން އިތުރުކުރެވޭނެ ކަމަށެވެ. އެސްޓީއޯ އިން މިދިޔަ އަންގާރަ ދުވަހު ވަނީ އައިޖީއެމްއެޗަށް ވެސް ޕީސީއާރު ދެ މެޝިން ހަދިޔާކޮށް އިންސްޓޯލް ކޮށްދީފަ އެވެ.

ރާއްޖެއިން އެވްރެޖްކޮށް ދުވާލަކު 1000 އަށްވުރެ ގިނަ ކޮވިޑް ޓެސްޓު ހަދަމުން އަންނައިރު މިވަގުތު މާލޭގައި ކޮވިޑް ޓެސްޓު ހަދަނީ އައިޖީއެމްއެޗާއި އޭޑީކޭގެ އިތުރުން ފުލުހުންގެ ލެބުންނެވެ. އަދި އަތޮޅުތެރޭގައި ވެސް ކޮވިޑަށް ޓެސްޓު ކުރެވޭނެ އިންތިޒާމު ވަނީ ހަމަޖައްސައިފަ އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން