އެމްއެމްއޭ އިން ހަދަންޖެހޭ ޤަވާއިދުތައް މިހާރު ހައްދަވަނީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުތޯ އައްސަވައި އެމްޑީޕީގެ ކުރީގެ ރައީސް ޑރ. އިބްރާހިމް ދީދީ މީސްމީޑިއާއަށް ސުވާލެއް ދޫކޮށްލައްވައިފިއެވެ.
ޑރ. ޑީޑީ މިފަދަ ސުވާލެއް މީސްމީޑިއާއަށް ދޫކޮށްލައްވާފައިވާއިރު ރިސޯޓްތަކާއި ގެސްޓްހައުސްތަކުން ރާއްޖެއަށް އެތެރެވާ ޑޮލަރު އެމްއެމްއޭއަށް މާރުކުރަންޖެހޭ ގޮތަށް އެމްއެމްއޭ އިން އެކުލަވާލާފައިވާ ޤަވާއިދު ބަދަލު ނުކުރަށްވާނެކަމަށް ރައީސް ޑރ. މުޢިއްޒު ވަނީ ވިދާޅުވެފައެވެ.
“އެމްއެމްއޭ އިން ހަދަންޖެހޭ ޤަވާއިދުތައްވެސް މިހާރު ހައްދަވަނީ މަނިކުފާނުތޯ؟” ޑރ. މުޢިއްޒަށް ރައްދު ދެއްވަމުން ޑރ. ޑީޑީ ވިދާޅުވެފައިވެއެވެ.
ޑރ. ޑީޑީ މިހެން ވިދާޅުވެފައިވާއިރު ރާއްޖޭގެ ބޮޑެތި ބައެއް ވިޔަފާރިވެރިންވެސް އަންނަނީ ޑޮލަރު މާރުކުރުމުގެ ޤަވާއިދުގެ ސަބަބުން އެބައިމީހުންގެ ވިޔަފާރިއަށް ބޮޑެތި ގެއްލުންތަކެއް ވާނެކަމަށް ބުނެ އެޤަވާއިދާ އެއްގޮތަށް އަމަލު ނުކުރާނެކަމަށް ބުނަމުންނެވެ.
ނަމަވެސް ރަައީސް މުޢިއްޒު ވިދާޅުވީ، އެ ގަވާއިދަކީ ގާނޫނުއަސާސީއާ އެއްގޮތްވާ ގޮތުގެ މަތިން އެކުލަވާލާފައި އޮތް ގަވައިދެއް ކަމަށެވެ. އަދި އެ ކަމަކީ މިވަގުތު ވަރަށްވެސް މުހިންމު ވެފައިވާ ކަމެއްކަމަށް ވިދާޅުވެ ގަވައިދު ބަދަލު ނުކުރައްވާނެ ކަމަށް ތަކުރާރުކޮށް ރައީސް ޑރ. މުޢިއްޒު ވިދާޅުވެފައިވެއެވެ.
ޑޮލަރު މާރުކުރުމުގެ އާ ޤަވާއިދުގައި ވާގޮތުން، ރިސޯޓުތަކަށް ކޮންމެ މަހަކު އަންނަ ކޮންމެ ފަތުރުވެރިއަކަށް 500 އެމެރިކާ ޑޮލަރުގެ ރޭޓުން އެ މަހެއްގައި އައިސްފައިވާ ޖުމުލަ ފަތުރުވެރިންނަށް ޖެހޭ އަދަދު، އެ މަހަށް ފަހު ހިނގާ ތިންވަނަ މަހުގެ 28 ވަނަ ދުވަހުގެ ކުރިން ބޭންކަށް މާރުކުރަން ޖެހެއެވެ. އަދި، ގެސްޓްހައުސްތަކުން ފަތުރުވެރިއަކަށް 25 ޑޮލަރު މާރުކުރަންޖެހޭނެ ކަމަށް ގަވާއިދުގައި ބުނެއެވެ.

Alhuganduge suvaaleh Raees Dr.Muizzu ah! MMA in hadhan jehey Qavaaidhu thah ves mihaaru hahdhvanee manikfaan tho?!
— Dr.Ibrahim Didi (@ibrahim_didi) November 23, 2024
ޑރ. ޑީޑީ މިހެން ވިދާޅުވެފައިވާއިރު ރާއްޖޭގެ ބޮޑެތި ބައެއް ވިޔަފާރިވެރިންވެސް އަންނަނީ ޑޮލަރު މާރުކުރުމުގެ ޤަވާއިދުގެ ސަބަބުން އެބައިމީހުންގެ ވިޔަފާރިއަށް ބޮޑެތި ގެއްލުންތަކެއް ވާނެކަމަށް ބުނެ އެޤަވާއިދާ އެއްގޮތަށް އަމަލު ނުކުރާނެކަމަށް ބުނަމުންނެވެ.
ނަމަވެސް ރަައީސް މުޢިއްޒު ވިދާޅުވީ، އެ ގަވާއިދަކީ ގާނޫނުއަސާސީއާ އެއްގޮތްވާ ގޮތުގެ މަތިން އެކުލަވާލާފައި އޮތް ގަވައިދެއް ކަމަށެވެ. އަދި އެ ކަމަކީ މިވަގުތު ވަރަށްވެސް މުހިންމު ވެފައިވާ ކަމެއްކަމަށް ވިދާޅުވެ ގަވައިދު ބަދަލު ނުކުރައްވާނެ ކަމަށް ތަކުރާރުކޮށް ރައީސް ޑރ. މުޢިއްޒު ވިދާޅުވެފައިވެއެވެ.
ޑޮލަރު މާރުކުރުމުގެ އާ ޤަވާއިދުގައި ވާގޮތުން، ރިސޯޓުތަކަށް ކޮންމެ މަހަކު އަންނަ ކޮންމެ ފަތުރުވެރިއަކަށް 500 އެމެރިކާ ޑޮލަރުގެ ރޭޓުން އެ މަހެއްގައި އައިސްފައިވާ ޖުމުލަ ފަތުރުވެރިންނަށް ޖެހޭ އަދަދު، އެ މަހަށް ފަހު ހިނގާ ތިންވަނަ މަހުގެ 28 ވަނަ ދުވަހުގެ ކުރިން ބޭންކަށް މާރުކުރަން ޖެހެއެވެ. އަދި، ގެސްޓްހައުސްތަކުން ފަތުރުވެރިއަކަށް 25 ޑޮލަރު މާރުކުރަންޖެހޭނެ ކަމަށް ގަވާއިދުގައި ބުނެއެވެ.
ކިޔުންތެރިންގެ ހިޔާލު