ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް
ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް
އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން މާދަމާ ރާއްޖޭގެ އެކި ސަރަހައްދުތަކުގައި މުޒާހަރާ ކުރަން ނިންމާފައި ވާތީ ފުރަބަންދަކަށް ދިއުމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ރާވަމުން ގެންދާ ކަމަށް އިދިކޮޅު ޕީޕީއެމްގެ ނާއިބު ރައީސް އަހުމަދު ޝިޔާމް ތުހުމަތުކުރައްވައިފިއެވެ.

ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް މިރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މާދަމާ އިދިކޮޅު ފަރާތްތަކުން "ގައުމު ވިއްކާލުމާއި ދެކޮޅަށް" ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކުރިޔަށް ގެންދާ އިހުތިޖާޖު ކުރަން ނިންމާފައިވާތީ އެކަން ހުއްޓުވަން ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ލޮކްޑައުން އަކަށް ދާން އުޅޭ ވާހަކަތަކެއް އަޑުއިވޭ ކަމަށެވެ. ރައްޔިތުން ގެއަށް ވެއްދުމަށް ފަހު ސަރުކާރުން ކުރާ ކަންކަން ރައްޔިތުންނަށް އިނގޭ ކަމަށާއި ރައްޔިތުން ދެން މަޑުން ނުތިބޭނެ ކަމަށް ޝިޔާމް ވިދާޅުވިއެވެ.



ޝިޔާމް މިފަދައިން ވިދާޅުވެފައިވާއިރު މި ދުވަސް ވަރަކީ ރާއްޖެއިން އާދަޔާ ހިލާފަށް ކޯވިޑް-19 އަށްމީހުން ޕޮޒިޓިވްވާ ދުވަސްވަރެއް ކަމުން ކަމާބެހޭ އިދާރާތަކުން އަޅާފައިވާ ފިޔަވަޅުތަކަށް ބޯނުލަނބައިފި ނަމަ ފުރަބަންދަކަށް ދާންޖެހިދާނެ ކަމަށް ސިއްހީ މާހިރުން ވަނީ ވިދާޅުވެފައެވެ. އެހެންނަމަވެސް ސަރުކާރުގެ އިސް ފަރާތްތަކާއި ރައްޔިތުން މަޖިލީހުގެ އެމްޑީޕީގެ ބައެއް މެންބަރުންވެސް ފުރަބަންދަކަށް ދިޔުމާއި ދެކޮޅެވެ. އަދި ފުރަބަންދަކަށް ދިއުމަކީ ރަނގަޅު ގޮތެއް ނޫން ކަމަށް މެމްބަރުން ވިދާޅުވެ ވާހަކަ ދައްކަވަމުން ގެންދަވާއިރު ބައެއް ވިޔަފާރިވެރިންވެސް ފުރަބަންދަކަށް ދިއުމާމެދު ޚިޔާލު ތަފާތެވެ.

މާދަމާ އިދިކޮޅު ފަރާތްތަކުން ރާއްޖޭގެ އެކި ސަރަހައްދުތަކުގައި "ގައުމު ވިއްކާލުމާއި ދެކޮޅަށް" މުޒާހަރާ ކުރަން ނިންމާފައިވާއިރު މާދަމާ މާލެ ސަރަހައްދުގައި ޒުވާނުންގެ ސައިކަލު ބުރެއް ވެސް ބާއްވާނެ ކަން މިހާރު ވަނީ އިއުލާންކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު


2

އޭޖީ މޫސާ

29-Aug-2020

މި ނައިފަރު މިސްޓަރ އެމްޕީ ޝިޔާމަށް ހިވާކަހަލަ އިދިކޮޅު ޕާރޓީވެއްޖެއްޔާ އެއިރަކު.އޮންނަސަރުކާރަކުން ކިތަންމެ ރަގަޅުކަމެއް ކޮށްދިނަސް އެކަމާ އިދޮޅަށޭ ހިފަންވާނީ. ކޮންފަދަ ތަޢުލީމީ ބުއްދިހަމަ މީހުންތިބޭރަށެއް ނައިފަރަކީ. މީނާގެ ޤަމާރުކަމުން މުޅިއަތޮޅުގާ ކަތުރު ފަނިއަޅުވައިފި.



ޓްރެންޑިން