ހުޅުމާލޭގަައި ގާއިމު ކޮށްފައިވާ ކޯވިޑަށް ފަރުވާދޭ ފެސިލިޓީ
ހުޅުމާލޭގަައި ގާއިމު ކޮށްފައިވާ ކޯވިޑަށް ފަރުވާދޭ ފެސިލިޓީ
ކޯވިޑް-19 ޖެހިގެން ހޮސްޕިޓަލްތަކުގައި އެޑްމިޓް ކޮށްގެން ފަރުވާ ދޭ މީހުންގެ އަދަދު 180 އަށް އަރައިފިއެވެ.

ރާއްޖޭގައި ހަލުވިކަމާއިއެކު ކޯވިޑް-19 ފެތުރެމުން އަންނައިރު ބަލި ޖެހޭ މީހުންގެ އަދަދު މިހާރު ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. އެގޮތުން ކޮންމެ ދުވަހަކު ފެންނަ ޕޮޒިޓިވް ކޭސްތައް އުޅެނީ 100 އިން މަތީގައެވެ. ބައްޔަށް ޕޮޒިޓިވްވާ މީހުންގެ ތެރޭގައި ގިނަ އަދަދަކަށް ދިވެހިން ހިމެނޭކަން ފާހަގަކޮށްލެވެއެވެ.

ކޯވިޑް-19 ޖެހިގެން ހޮސްޕިޓަލްތަކުގައި އެޑްމިޓް ކޮށްގެން ފަރުވާ ދޭ މީހުންގެ އަދަދު މިހާރު ވަނީ 180 އަށް އަރާފައެވެ. އެޑްމިޓްކޮށްގެން ފަރުވާދެމުންދާ މީހުންގެ އަދަދު އިތުރުވެފައިވާއިރު ރާއްޖޭގެ ހޮސްޕިޓަލް ބެޑް ކެޕޭސިޓީއަކީ 266 އެވެ. ރާއްޖެ އިން ކޯވިޑް-19 އަށް ފައްސިވާ މީހުން އިތުރުވެ، އެޑްމިޓް ކޮށްގެން ފަރުވާ ދޭން ޖެހޭ މީހުން ގިނަވަމުން ދާނަމަ ރާއްޖޭގައި ބަލި މެނޭޖް ނުކުރެވިދާނެ ކަމުގެ އިންޒާރު އެޗްއޯސީއަށް ލަފާ އަރުވާ ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕްގެ (ޓެގް) އިން މީގެކުރިން ވަނީ ދީފައެވެ.

ރޭގެ އިރުއޮއްސި ހަޔަކާ ހަމައަށް ރާއްޖެއިން ޖުމްލަ 7،225 މީހުން ކޮވިޑަށް ޕޮޒިޓިވް ވެފައިވާ ކަމަށް އެޗްޕީއޭ އިން ބުނެ އެވެ. މިހާރު ބައްޔަށް ފަރުވާ ދެމުންދަނީ 2،636 މީހުންނަށެވެ. ހޮސްޕިޓަލުތަކުގައި 180 މީހަކަށް ފަރުވާދެމުންދާއިރު 1،458 މީހުން އައިސޮލޭޝަނުގައި އެބަތިއްބެވެ. އަދި 4،561 މީހުން ބަލިން މިހާތަނަށް ރަނގަޅުވެފައިވެއެވެ. މިހާތަނަށް ރާއްޖެއިން ބަލީގައި މަރުވީ 28 މީހެކެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން