އައްޑޫ ސިޓީގެ އަވަށެއްގައި ރައްޔިތުން ތަރައްގީކޮށް ހަދާފައިވާ ބީޗެއް
އައްޑޫ ސިޓީގެ އަވަށެއްގައި ރައްޔިތުން ތަރައްގީކޮށް ހަދާފައިވާ ބީޗެއް
ހުއްދަ ނުހޯދާ ބީޗް ހެދީމާ ތިމާވެއްޓަށް ގެއްލުން ލިބޭތީ އައްޑޫ ސިޓީގައި ބީޗުތައް ނަހަދަން އައްޑޫ ކައުންސިލުން އަންގައިފިއެވެ.

އައްޑޫ ކައުންސިލުން ނެރުނު އިއުލާނެއްގައި ބުނެފައިވަނީ އައްޑޫގެ އެކި އަވަށްތަކާއި އެއަވަށްތަކާއި ގުޅިފައިވާ ގޮނޑުދޮށްތައް ކުނިކަހައި ސާފުކޮށް ބޭއްވުމަށްޓަކައި ޖަމިއްޔާ ޖަމާޢަތްތަކާއި އައްޑޫގެ ރައްޔިތުން ކުރަމުންގެންދާ މަސައްކަތްތަކަކީ ކައުންސިލުން އަބަދުވެސް ތަރުހީބުދޭ އަދި އެކަމަށް ބާރުއަޅާ ކަންތައްތަކެއް ކަމަށެވެ.

އެހެންނަމަވެސް ފަހަކަށްއައިސް ކައުންސިލްގެ ހުއްދަނެތި އައްޑޫގެ އަވަށްތަކުގެ ގޮނޑުދޮށްތަކުގައި އަމިއްލަ ފަރާތްތަކުން ބީޗް ހެދުން ފަދަ މަސައްކަތް ކުރަމުންގެންދާކަން ފާހަގަކުރެވިފައިވާ ކަމަށް އިއުލާންގައި ބުނެފައިވެއެވެ.



އައްޑޫ ސިޓީކައުންސިލުން ބުނީ ހުއްދަ ހޯދުމަކާނުލާ ދައުލަތުގެ ބަންޑާރަ ބިން ބޭނުންކުރުމާއި އެބިންތަކާއި ގުޅިފައިވާ ގޮނޑުދޮށްތަކުގައި ބީޗް ހެދުން ފަދަ މަސައްކަތްތައް ކުރުމަކީ ތިމާވެއްޓަށް އެކަމުން އަސަރުކުރާނެ އަދި ޤާނުނުގައި ވެސް އެކަން މަނާކޮށްފައިވާ ކަންކަން ކަމަށެވެ.

"އެހެންކަމުން މިފަދަ މަސައްކަތް ކުރަމުން ގެންދާ އެންމެހާ ފަރާތްތަކަށް އެފަދަ މަސައްކަތް ނުކުރުމަށް ދަންނަވަމެވެ." އެ އިއުލާނުގައި ބުނެފައިވެއެވެ.



އައްޑޫ ސިޓީކައުންސިލުގެ މި އިޢުލާނާއި ގުޅިގެން އައްޑޫ ސިޓީ ހިތަދޫ މެދު ދާއިރާގެ ކުރީގެ މެމްބަރު އިބްރާހިމް ދީދީ ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އޭނާ ވިދާޅުވީ ވާވެފައި އޮތް ތަނެއް ރައްޔިތުން ނުކުމެ ސާފުކޮށް އެތަން ތަރައްގީ ކުރުމަށް ރައްޔިތުން ކުރާ މަސައްކަތަށް ހުއްދަދީ ހިތްވަރު ދޭންވީ ކަމަށެވެ.

" މިއީ އަނެއްކާ އަނެއް ކަންތައް، މި މީހުން އެތެރެވަރި ހިއްކީމާ ނުވާ ތިމާވެށީގެ ގެއްލުމެއް މިކަމުން ވާނެބާ؟" ދީދީ ސުވާލު އުފައްދަވާފައި ވެއެވެ.



މީގެ އިތުރުން، ފޭދޫ ހިއްކިބިން ސަރަހައްދަކީ އައްޑޫގެ ކުރިމަގާއި ގުޅިފައިވާ އިޤްތިސާދީ މަސައްކަތްތައް ކުރުމުގެ ގޮތުން ޓޫރިޒަމް ޒޯނެއްގެ ގޮތުގައި ތަރައްޤީ ކުރަން ކަނޑައަޅައި އެކަމަށް ވަރަށް ގިނަ މަސައްކަތްތަކެއްކޮށް، ފަހުގެ މަރުހަލާގައިވާ ތަނެއް ކަމަށާއި އެ ސަރަހައްދުގައި ބީޗް ހެދުން ފަދަ މަސައްކަތްތައް ކުރުމަކީ އެކަމުގެ ސަބަބުން ޕްރޮޖެކްޓަށް ނޭދެވޭ އަސަރުތަކެއް ކުރާނޭ ކަމަކަށް ވާތީ މި ސަރަޙައްދު ބޭނުންކޮށްގެން އެފަދަ މަސައްކަތް ނުކުރުމަށް ވެސް އައްޑޫ ސިޓީ ކައުންސިލުން ވަނީ އަންގާފައެވެ.



މި އެންގުމާ ހިލާފުވާ ފަރާތްތަކާމެދު، ރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ގާނޫނުގެ 140 ވަނަ މާއްދާގެ ދަށުން ފިޔަވަޅު އަޅަމުން ގެންދާނެ ކަމުގެ އިންޒާރު ވެސް އައްޑޫ ސިޓީކައުންސިލުން ވަނީ ދީފައެވެ.


ކިޔުންތެރިންގެ ހިޔާލު


-4

މެޑާމް

28-Aug-2020

ކައުންސިލްގެ ތިބީ އެއްޗެއް ހިއްޕަވައިގެން ތިބި ބައެއްތަ؟ ނިކަން ބަލާބަލަ ނަލަކަން.. މިއީ އައްޑޫތަ؟ ކައުންސިލަރުން ރަށޫން ބާލާ



ޓްރެންޑިން