ގަން އިންޓަރނޭޝަނަލް އެއަރޕޯރޓް (ފޮޓޯ މީސްމީޑިއާ)
ގަން އިންޓަރނޭޝަނަލް އެއަރޕޯރޓް (ފޮޓޯ މީސްމީޑިއާ)
އައްޑޫ ސިޓީއާއި ދެކުނުގެ އަތޮޅުތަކަށް ޒިޔާރަތްކުރާ ފަތުރުވެރިން އިތުރުކުރެވޭނީ އެސަރަހައްދުގެ އެއާޕޯޓްގެ ބޭނުންކޮށްގެން ފަތުރުވެރިން ގެނައުމަށް މަސައްކަތްތަކެއް ކޮށްގެން ކަމަށް އައްޑޫ ސިޓީ ހިތަދޫ މެދު ދާއިރާގެ ކުރީގެ މެމްބަރު ބްރިގޭޑިއަރ އިބްރާހިމް ދީދީ ވިދާޅުވެއްޖެއެވެ.

ކުރީގެ ބްރިގޭޑިއަރ އިބްރާހިމް ދީދީ މިހެން ވިދާޅުވީ ރާއްޖެއަށް ޒިޔާރަތް ކުރާ ފަތުރުވެރިންގެ އަދަދު އިތުރުކުރެވޭނީ ކޮވިޑް ޖެހޭ މީހުންގެ އަދަދު ދަށްކުރެވިގެން ކަމަށް ޓޫރިޒަމް މިނިސްޓަރު ޑރ. ޢަބުދު ﷲ މައުސޫމް ވިދާޅުވި ޚަބަރެއް ޓުވީޓާގައި ހިއްސާކުރައްވަމުންނެވެ.

ބްރިގޭޑިއާ ދީދީ ވަނީ އައްޑޫ އާއި ހުވަދޫ އާއި އަރިއަތޮޅުގައި ކޮވިޑް ޖެހޭ މީހުންގެ އަދަދު މަތީތޯ ސުވާލު އުފައްދަވާފައެވެ. ދީދީ އެ އިޝާރާތް ކުރައްވަނީ އައްޑޫ ސިޓީގައި ބައިނަލްއަޤްވާމީ ވައިގެ ބަނދަރެއް އޮންނައިރު އެ ބަނދަރުގެ ބޭނުން ކޮށްގެން އެސަރަހައްދަށް ފަތުރުވެރިން ގެންދިއުމަށް މަސައްކަތް ނުކުރާ ވާހަކަ ކަމަށް ބެލެވެއެވެ.

"އެ އެއާޕޯޓްތަށް ބޭނުންކޮށްގެން އެ ސަރަހައްދަށް މީހުން ގެންނަން ބަޔަކު މަސައްކަތް ކުރީމައި ނޫންތޯ އިތުރު ނުވާނެ ކަން އެގޭނީ." ދީދީ ވިދާޅުވެފައި ވެއެވެ.

އައްޑޫގައި ފަތުރުވެރިކަން ތަރައްގީ ކުރުމަށް މަސައްކަތް ކުރާ ފަރާތްތަކުގެ ވެސް އެންމެ ބޮޑު ޝަކުވާއަކީ އެ ސަރަހައްދަށް ފަތުރުވެރިން ގެންދިއުމަށް އައްޑޫ ސިޓީގައި ތަރައްގީ ކޮށްފައި އޮތް ބައިނަލްއަޤްވާމީ ވައިގެ ބަނދަރު ބޭނުން ނުކުރުމުގެ ޝަކުވާއެވެ. އެމީހުންގެ ބުނަމުންދަނީ އައްޑޫ ސިޓީގައި ނަމުން ބައިނަލްއަޤުވާމީ ކިތަންމެ ބޮޑު ވައިގެ ބަނދަރެއް އޮތަސް ވައިގެ ބަނދަރު ހެއުގޮތުގައި ބޭނުން ނުކޮށް، އޭގެ ފައިދާ އެއަތޮޅަށްވެސް އަދި ގައުމަށްވެސް ނުކުރާނެ ކަމަށެވެ. ކޯވިޑްގެ ތެރޭގައި ކޯވިޑް ސޭފް ޓޫރިޒަމް ޒޯނެއްގެ ގޮތުގައި އެސަރަައްދު ތަޢާރަފުކޮށް ގަން އެއަރޕޯރޓަށް ސީދާ ފްލައިޓްތައް ޖައްސައިގެން އެސަރަހައްދަށް ފަތުރުވެރިން ގެނައުމަކީ އައްޑޫގެ ބައެއް މީހުން ވަކާލާތު ކުރަމުން ދިޔަ ކަމެކެވެ.

ޓޫރިޒަމް މިނިސްޓަރު ޑރ.މައުސޫމް ވިދާޅުވެފައިވަނީ ކޮވިޑް ޖެހޭ މީހުންގެ އަދަދުތައް ހުންނަ ގޮތުން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ ނިސްބަތް ވެސް ދަށް ކަމަށެވެ.  ކޮވިޑް ޖެހޭ މީހުންގެ އަދަދުތައް ދަށް ކުރެވިއްޖެނަމަ ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު އިތުރުކުރެވޭނެ ކަމަށް ޓޫރިޒަމް  މިނިސްޓަރ ވިދާޅުވިއެވެ.

"ކޮވިޑް ނަމްބަރުތައް ދަށަށް ގޮސްފިއްޔާ އަޅުގަނޑުމެންނަށް ފުދޭވަރަކަށް ކުރިއެރުމެއް ލިބޭނެ" މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ޑރ.މައުސޫމް ވަނީ މިއަހަރުގެ ބާކީ މިއޮތް މުއްދަތުގެ ތެރޭގައި 120،000 ފަތުރުވެރިން ރާއްޖެ އަށް ޒިޔާރަތް ކުރާނެ ކަން ލަފާކުރައްވާފައެވެ.


ކިޔުންތެރިންގެ ހިޔާލު


-4

ހަސަނު

28-Aug-2020

އަޅާ ކޮންމެ އެއަރޕޯރޓަކުން މަސްވެރިކަމަށް ޓަކައި އަހަރަކު 2 އުޅަނދު އުފައްދާ މަސްވެރިކަމަށް ނެރުން ޝަރުތުކޮށްފައި ނޫނީ ރާއްޖޭގެ ފަޅު ރަށްތައް ބޭރުގެ މީހުންގެ އުފަލަށްޓަކައި ގުރުބާން ކުރުމުގެ ހިތި ނަތީޖާ ކޮވިޑް ފަދަ ބަލިމަޑުކަމުގެ މުސީބާތްތަކާއި އެކަންކަމުން އުފެދޭ ތަދުމަޑުކަމުން އަރައިގަތުމުގެ ސިއްރަކަށް ހަދާކަށް ނުވިސްނަވަމުތޯއެވެ . މަސްވެރިކަމުގެ % 100 ވަންނަނީ ދިވެހިންގެ ދިރިއުޅުމުގެ ތެރެއަށެވެ . ޓޫރިޒަމްގެ ބޮޑުބައި ހޭދަވެގެން ދަނީ ބޭރު މީހުންނަށެވެ. ޓޫރިޒމަކީ ދިވެހިންނަށް އެރިވެސް ޙަލާލު ނުކުރެވޭ ދާއޮހޮރުވުމެކެވެ .



ޓްރެންޑިން