ފޮޓޯ: އާސަންދަ
ފޮޓޯ: އާސަންދަ
މިއަދުން ފެށިގެން އާސަންދަ ސްކީމްގެ ދަށުން ބޭސް ދޫކުރާއިރު ބޭހާއި ޙަވާލުވާ ފަރާތުގެ ފޯނަށް ޑިސްޕެންސް ކޯޑު ފޮނުވަން އަލުން ފަށާނެކަމަށް އާސަންދަ ކުންފުނިން ހާމަކޮށްފިއެވެ.

އާސަންދަ ކުންފުނިން ބުނީ، ބޭސް ނަގަން އަންނަ ފަރާތުން އައިޑީ ކާޑު ދެއްކުމަށްފަހު ފޯނު ނަންބަރު ދިނުމުން، އެ ނަންބަރަށް ޑިސްޕެންސް ކޯޑު ފޮނުވާނެ ކަމަށެވެ.

އަދި ފާމަސިސްޓަށް ބޭސް ދޫކުރެވޭނީ މި ކޯޑު އާސަންދަ ޕޯޓަލްއަށް އެންޓަރ ކުރުމަށްފަހު ކަމަށް ވެސް ވަނީ ބުނެފައެވެ.



އާސަންދައިން ބުނެފައިވަނީ މި ބަދަލު ގެނެސްފައިވަނީ އާސަންދަ ނިޒާމު އިތުރަށް ހަރުދަނާ ކުރުމުގެ ދަށުން ކަމަށެވެ.

އާސަންދައިން ޑިސްޕެންސް ކޯޑުގެ ޚިދުމަތް އަލުން ފަށާފައިވާއިރު ދާދިފަހުން އެންސްޕާގެ ސީއީއޯ ހީނާ ވަލީދު ވިދާޅުވެފައިވަނީ ރާއްޖޭގައި ބައެއް ފާމަސީތަކުން ބޭސް ވިއްކަމުން އަންނަނީ 300 އިންސައްތަ އާއި 400 އިންސައްތައިގެ ބޮޑު ފައިދާއެއް ހިމަނައިގެން ކަމަށެވެ.

އޭގެއިތުރުން އާސަންދަ ސްކީމްގެ ދަށުން އެންމެ ގިނައިން ދޫކުރާ 250 ބޭހުގެ އަގަށް ސަރުކާރުން ގެނައި ބަދަލާ އެކު، ބައެއް އަމިއްލަ ފާމަސީތަކުން އެ އަގުތަކަށް ބޭސް ވިއްކަން ދެކޮޅު ހަދަމުންދާ ކަަމަށްވެސް ހީނާ އެދުވަހު ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން