ރާއްޖޭ ސަރަޙައްދުން ރޭ އަތުލައިގަތް ލަންކާގެ މަސް ބޯޓުން 468 ކިލޯގެ ޑްރަގް ފެނިފައިވާ ކަމަށް ފުލުހުން ހާމަކޮށްފިއެވެ.
މިއަދު ހަވީރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޕޮލިސް ކޮމިޝަނަރ ޢަލީ ޝުޖާއު ވިދާޅުވީ ރޭ ދަންވަރު 12:45 ހާއިރު ހދ.މަކުނުދޫ ބޭރުން ސްރީލަންކާއަށް ނިސްބަތްވާ "އަށެންޕުތަ" ކިޔާ މަސްބޯޓެއް އެމްއެންޑީއެފުން އަތުލައިގަނެފައިވާ ކަމަށެވެ.
އަދި ރޭގެ ވަގުތެއްގައި އެބޯޓު ކުޅުދުއްފުށި ސިޓީގެ ބަނދަރަށް ގެންގޮސްފައިވާއިރު، ކުޅުދުއްފުށީ ސިޓީގެ ފުލުހުންނާއި އެމްއެންޑީއެފް ކޯސްޓު ގާޑުން އާދީއްތަ ދުވަހުގެ ހެނދުނު ބޯޓު ބަލައި ފާސްކޮށްފައިވާ ކަމަށް ސީޕީ ޝުޖާއު ވިދާޅުވިއެވެ.
ސީޕީ ޝުޖާޢު ވިދާޅުވީ ބޯޓު ބަލައި ފާސްކުރިއިރު 468.6 ކިލޯގެ މަސްތުވާތަކެތި ފެނިފައިވާ ކަމަށެވެ. އަދި އޭގެތެރޭގައި 344 ކިލޯ ކްރިސްޓަލް މެތު އަދި 124.6 ކިލޯގެ ކޮކެއިން ހިމެނޭކަމަށްވެސް ސީޕީ ވިދާޅުވިއެވެ. މި ތަކެތީގެ މަގުމަތީ އަގު އެއް ބިލިއަން ރުފިޔާއަށް އަރާކަން ޝުޖާއު ފާހަގަކުރެއްވި އެވެ.
މި ބޯޓުގައި ތިބީ ލަންކާއަށް ނިސްބަތްވާ ފަސް މީހުން ކަމަށާއި، އެ ފަސްމީހުންނަކީ ފިރިހެނުންކަމަށްވެސް ސީޕީ ވަނީ ވިދާޅުވެފައެވެ.
މިމީހުންނާއި ދިވެހި ޑްރަގް ނެޓްވޯކަކާއި ގުޅުމެއް އޮތްތޯ ބަލަމުން ދާކަމަށާއި މައްސަލަ އިތުރަށް ތަޙުޤީޤު ކުރަމުންދާ ކަމަށްވެސް ޝުޖާއު މިއަދު ވިދާޅުވިއެވެ.
އޭގެ އިތުރުން މިއީ އެޖެންސީތައް ގުޅިގެން ކުރެވުނު ކާމިޔާބު މަސައްކަތެއް ގޮތުގައި ޝުޖާއު ވަނީ ފާހަގަ ކުރަށްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު