ކިލޯއެއްހާ މަސްތުވާތަކެއްޗާއެކު މަސްތުވާތަކެތީގެ ވިޔަފާރިކުރާ މީހަކު ހައްޔަރުކޮށްފި އެވެ.
ކްރިމިނަލް ކޯޓުން ރޭ ނެރުނު ބަންދު އަމުރުގައިވާ ގޮތުން އެ މައްސަލައިގައި ހައްޔަރުކުރީ އެވަ ގްރީން/ ލ. ކަޅައިދޫ/ މުހައްމަދު އައިޝަރު ޔޫސުފް (22އ.) އެވެ.
ބަންދު އަމުރުގައިވާ ގޮތުން އެ މަސްތުވާތަކެތި ބަހައްޓާފައި ހުރީ ހާމައަށެވެ.
ނަމަވެސް އެ މަސްތުވާތަކެއްޗަކީ އައިޝަރުގެ ތަކެއްޗެއް ނޫން ކަމަށް އޭނާ ބުނާ ކަމަށް ވެސް ބަންދު އަމަރުގައި ބުނެފައި ވެއެވެ. ނަމަވެސް އައިޝަރުއާ ދެކޮޅަށް އެކަށީގެންވާ ވަރަށް ހެކި ހުށަހަޅާފައިވާ ކަަމަށް ވެސް ބަންދު އަމަރުގައި ބުނެފައި ވެއެވެ.
އެހެންވެ މުޖުތަމައުގެ ސަލާމަތާއި ރައްކާތެރިކަަމަށްޓަަކައި އޭނާ 15 ދުވަހު ކަސްޓޯޑިއަލް ޖަލެއްގައި ބަންދުކުރަން ވަނީ އަމުރުކޮށްފަ އެވެ.
ރާއްޖެ އެތެރެކުރަން އުޅުނު ތިން ކިލޯގެ މަސްތުވާތަކެތި ވެސް އިއްޔެ ވަނީ ކަސްޓަމްސްއިން އަތުލައިގެންފަ އެވެ. އަދި ހަމަ އިއްޔެ ރާއްޖެ ސަރަހައްދުގައި އުޅުނު ލަންކާގެ މަސް ބޯޓަކުން ވެސް ވަނީ ބައި ޓަނެއްހާ މަސްތުވާތަކެތި އަތުލައިގެންފަ އެވެ.

ކިޔުންތެރިންގެ ހިޔާލު