ކުރީގެ އުއްތަމަފަނޑިޔާރު ޑރ.އަޙްމަދު ޢަބްދުﷲ ދީދީ ( ކ )
ކުރީގެ އުއްތަމަފަނޑިޔާރު ޑރ.އަޙްމަދު ޢަބްދުﷲ ދީދީ ( ކ )
އިސްލާމް ދީނާ ޚިލާފު މުޢާހަދާއެއްގައި ރިޒާވޭޝަނެއް ނެތި ބައިވެރިވުމަކީ ދިވެހިރާއްޖޭގެ ދުސްތޫރީ ނިޒާމުން ހުއްދަކުރާ ކަމެއް ނޫންކަމަށް ކުރީގެ އުއްތަމަފަނޑިޔާރު ޑރ. އަޙްމަދު ޢަބްދުﷲ ދީދީ ވިދާޅުވެއްޖެއެވެ.

ޑރ. ޢަބްދުﷲ ދީދީ މިހެން ވިދާޅުވީ 24 ޖޫން 2020 ވަނަ ދުވަހުގެ ވަޒީރުންގެ މަޖްލީހުން ބައިވެރިވާން ނިންމާފައިވާ އޯ.ޕީ.އައި.ސީ.އީ.އެސް.ސީ.އާރ. ގައި ސޮއިކޮށް ބައިވެރިވުމަކީ އެކަމުގެ ސަބަބުން ނުރައްކާތެރި ކަންކަން ކުރިމަތިވެދާނެ ކަމެއް ކަމުގައި ޢިލްމުވެރިންގެ ގުޅުމުން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙަށް ސިޓީއެއް ފޮނުއްވާފައިވާތީ އެކަމަށް އިޝާރަތް ކުރައްވަމުންނެވެ.

މިޞްރުގެ އަލްއަޒުހަރު ޔުނިވަރސިޓީން އިސްލާމީ ޝަރީޢަތާއި ބައިނަލްއަޤުވާމީ ޤާނޫނުގެ ދާއިރާއިން ޕީއެޗްޑީ ޙާޞިލުކުރައްވާފައިވާ ކުރީގެ އުއްތަމަފަނޑިޔާރު ޑރ.އަޙްމަދު އަބުދު ﷲ ދީދީ ވިދާޅުވީ ދިވެހިރާއްޖެ ބައިވެރިވާ އެއްވެސް މުޢާހަދާއެއްގައި އިސްލާމީ ޝަރީޢަތާ ޚިލާފުވާ ނައްޞެއް އޮތްނަމަ، އެނައްޞަކާމެދު ރިޒަރވޭޝަނެއް ނަގަންޖެހޭނެ ކަމަށެވެ. އެފަދަ ރިޒަވޭޝަނަކީ އެނައްޞަކުން ލާޒިމުކުރާ އިލްތިޒާމުތައް އަދާކުރުމުން އިސްތިސްނާވެގަތުން ކަމަށް ޑރ. އަޙްމަދު އަބުދު ﷲ ދީދީ ފާހަގަކުރެއްވިއެވެ.

މިފަދައިން ޤައުމުގެ ޤަބޫލުކުރުންތަކާއި ސަގާފަތާއި އިއުތިގާދާ ޚިލާފުވާ ނައްޞުތަކާމެދު ރިޒާވޭޝަން ހެދުމުގެ ޙައްޤަކީ ޖެނީވާ ކޮންވެންޝަންއިން ހުރިހާ ޤައުމަކަށްވެސް ލިބިދޭ ޙައްޤެއް ކަމަށް ކުރީގެ އުއްތަމަ ފަނޑިޔާރު ވިދާޅުވިއެވެ.

ޑރ. އިޔާޒް އާއި އެފް.އެލް.އައި.އެސް ގެ ޑީން އައްޝައިޚް ޢަލީ ޒާހިރު އާއި ޖަމްޢިއްޔަތުއްސަލަފްގެ ރައީސް ޢަބްދު ﷲ މުޙައްމަދު އާއި މަޝްހޫރު ދީނީ ޗެނަލް އަލްކައުނު ހިންގަވާ އައްޝައިޚް އިބްރާހީމް ފަރީދު ސޮއިކުރައްވައި ރައީސަށް ފޮނުއްވާފައިވާ ސިޓީއެއްގައި ބުނެފައިވަނީ އިސްލާމީ ޤައުމުތަކުން އޯ.ޕީ.އައި.ސީ.އީ.އެސް.ސީ.އާރ. ތަޞްދީޤު ކުރުމަށް އިންކާރު ކުރަމުންދާކަމަށާއި، އަދި ކޮންމެހެން އޭގައި ބައިވެރުވުމުގެ ބޭނުމެއް، ނުވަތަ އެއަށް ޢަމަލުކުރުމުގެ މަޖުބޫރުކަމެއް، އަދި ރައްޔިތުންގެ މަޞްލަޙަތެއް ވެސް އޭގައި ނެތް ކަމަށް ފާހަގަވާއިރު، އެފަދަ ޕްރޮޓޮކޯލަކަށް ޢަމަލުކުރުން ދިވެހިރާއްޖޭގެ ލޮބުވެތި ރައްޔިތުންގެ މައްޗަށް ލާޒިމުކޮށްގަތުމަކީ ރަނގަޅު ކަމެއްކަމަކަށް ދެންނެވޭނެ އެއްވެސް ހަމައެއް ފެންނާކަށް ނެތް ކަމަށެވެ.

އަދި އެ މުޢާހަދާގައި ސޮއިކޮށްފި ނަމަ، ދިވެހިރާއްޖޭގައި ޒަމާނުއްސުރެ ދެމި މިއޮތް އިސްލާމީ އުޞޫލުތަކަށާއި ދިވެހި ޤައުމުގައި އޮތް ރިވެތި ހަރުދަނާ އިސްލާމީ ޘަޤާފަތަށް ވެސް ބޮޑެތި ނުރައްކާތަކެއް ކުރިމަތި ކުރުމަށް ބޭނުންކުރެވިދާނެ ނުރައްކާތެރި ހަތިޔާރަކަށް މި ޕްރޮޓޮކޯލް ހެދުމުގެ ފުރުސަތު އޮތްކަމަށް އިލްމްވެރިން ރައީސް އަށް ފޮނުއްވި ސިޓީގައި ބުނެފައިވެއެވެ. އަދި ބިދޭސީންގެ ޘަޤާފަތް އާލާކުރުމުގެ ނަމުގައި ޢަރަބި އިސްލާމީ ޤައުމުތަކުގައި ބޮޑެތި ބަގުވާންތައް ބަހައްޓައި ކުފުރާއި ޝިރުކުގެ ބުދު ފައްޅިތައް ބިނާކޮށް، އިސްލާމީ ބިންތަކުގައި ޝިރުކުގެ އަނދިރިކަން ފަތުރަން ފަށާފައިވާތަން ފެންނަން އޮތް ކަމަށް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙަށް ޢިލްމުވެރިންގެ  ފަރާތުން ފޮނުއްވި ސިޓީގައި ވެއެވެ.


ކިޔުންތެރިންގެ ހިޔާލު


-1

އަންސާރު

29-Aug-2020

ޑީޑީ އަކީ ބޯ ހަމަޖެހޭ މީހެއްނޫން ހުކުން ވިއްކި ބައިގަނޑު ތިޔައީ


5

ޒަރީރު

29-Aug-2020

ލަދުން ބޯހަލާކު މިކަހަލަ އާލާތް ވަރުން ލައިގެން ސްޕުރީމް ކޯޓް ހިންގައިފި ދޯ ރާއްޖޭގައި


27

ާއޭޖީ މޫސާ

29-Aug-2020

ނަގައިގެން އެއްވެސް ފަޑިޔާރަކު ޤާނޫނުގެ ވާހަކަ ނުދެއްޖެވުން އެދެން. ސަބަބަކީ ތިޔައިން އެއްވެސް ބޭކަލަކީ އާނޫނުގައި އޮންނަގޮތް ބައްލަވައިގެން ޝަރީޢަތް ކުރައްވާ ބޭކަލުން ކަމަށް ބެލެވެނީ ނެތީމާ. އެކަމުގެ ވަރަށް ކުޑަ މިސާލަކީ, މީގެ ދުވަސްކޮޅެއް ކުރިން އައު ޤާނޫނުލް އުގޫބާތު ނުކުތުމުގެ ކުރިން ރާއްޖޭގައި ހިންގަމުން އައި ޤާނޫނުލް ޢުޤޫބަތު (ޕީނަލްކޯޑް) ގެ ޗެޕްޓަރ 1 ގެ 9 މާއްދާގައި ، " ކުށެއްކުރުމުގެ ޤަސްދުގައި ނުވަތަކުރާން އުޅުމުގެ ތެރޭގައި ޢަމަލަކުން ނުވަތަ އެއަށްވުރެ ގިނަ ޢަމަލުން ވިޔަސް އެކުން ފުރިހަމަ ކުރިކަމުގައި ނަމަ އެހުރިހާކަމެއް ހިމެނޭނީ އެއްކުށެއްކަމުގައެވެ."" ލިޔެވިފައި އޮތްކަމާއި އެކަމަކީ ރައްޔަތުންނަށް ލިބިފައި އޮތް ވަރަށް މަތިވެރި މުހިންމުކަން ބޮޑު ޙައްއްކަމާއި ތިޔައިންގެ ތެރެއިން އެއްވެސް ފަޑިޔާރަކު އެއާނޫނަށް އިޙުތިރާމް ކުރެއްވި ކަމަށް ނުބެލެވޭކަން.



ޓްރެންޑިން