މަޖިލީހުގެ ރައީސް މުހަންމަދު ނަޝީދާއި ނާއިބް ރައީސް އީވާ އަބުދު ﷲ  އެއާޕޯޓްގެ ވީއަޕީގައި
މަޖިލީހުގެ ރައީސް މުހަންމަދު ނަޝީދާއި ނާއިބް ރައީސް އީވާ އަބުދު ﷲ އެއާޕޯޓްގެ ވީއަޕީގައި
ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހަންމަދު ނަޝީދު ނުރަސްމީ ދަތުރުފުޅެއްގައި އިނގިރޭސިވިލާތަށް ފުރާވަޑައިގެންފިއެވެ.

މިއަދު ހެނދުނު ރައީސް ނަޝީދު އިނގިރޭސިވިލާތަށް ފުރާވަޑައިގެންނެވިއިރު، އެމަނިކުފާނު އެނބުރި ގައުމަށް ވަޑައިގަންނަވާނެ ދުވަހެއް ހާމައެއް ނުކުރެއެވެ.

މި މަހުގެ 31 ވާ ހޯމަ ދުވަހަކީ ރައްޔިތުންގެ މަޖިލީހުގެ ހިނގަމުންމިދާ ދައުރު ނިމޭދުވަހެވެ. މިއަހަރުގެ ދެވަނަ ދައުރު ނިންމާލުމަށް މަޖިލީހުން ކުރިން ނިއްމާފައިވަނީ އޮގަސްޓް މަހުގެ 27 ވަނަ ދުވަހުއެވެ. އެހެން ނަމަވެސް އިތުރު މަސައްކަތްތައް ހުރުމުން މަޖިލިސް ޗުއްޓީއަށް ދިޔުން ފަސްކުރީއެވެ. ބުދަ ދުވަހުގެ ޖަލްސާގައި ރިޔާސަތުގައި އިންނެވި މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ވިދާޅުވީ ޗުއްޓީއަށް ދާން އޮންނަ މަހުގެ އެންމެ ފަހު ހޯމަ ދުވަހު، ޗުއްޓީއަށް ދިއުމަށް މަޖިލީހުގެ ގަވާއިދުން ތަންދޭ ކަމަށެވެ. އަދި އަންނަ ހޯމަ ދުވަހަކީ މި މަހުގެ އެންމެ ފަހު ދުވަސް ކަމުން ޗުއްޓީއަށް ދިއުމަށް ގަސްތު ކުރައްވަނީ އެދުވަހު ކަމަށާއި އެދުވަހު ޗުއްޓީއަށް ނުގޮސް މަޑުކޮށްލައިފިނަމަ 8 ބިލެއްގެ މަސައްކަތް ނިންމާލެވޭނެ ކަމަށް އީވާ ވިދާޅުވިއެވެ.

މަޖިލިސް ޗުއްޓީއަށް ދާނީ ހޯމަ ދުވަހުގެ ޖަލްސާ އަށް ފަހުއެވެ. މަޖިލިސް ތިން ދައުރަކަށް ބެހިގެންދާއިރު މިހާރު ހިނގަމުން މިދަނީ މިއަހަރުގެ 2 ވަނަ ދައުރެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން