ސައިރިކްސް ކޮލެޖުގެ ޗެއާމަން އަހުމަދު ޝަރީފް
ސައިރިކްސް ކޮލެޖުގެ ޗެއާމަން އަހުމަދު ޝަރީފް
ރާއްޖޭގެ މަތީތައުލީމް ކުރިއަރުވައި އިންޑަސްޓްރީ އެއްގެ ގޮތުގައި ކުރިއަށް ދެވޭނީ ތައުލީމު ފޯރުކޮށްދޭ ތަންތަނަށް ސަރުކާރުން އެހީތެރިކަން ދީގެން ކަަމަށް ސައިރިކްސް ކޮލެޖުގެ ޗެއާމަން އަހުމަދު ޝަރީފް ވިދާޅުވެއްޖެއެވެ.

ސައިރިކްސް ކޮލެޖްގެ ވެރިޔާ އަހުމަދު ޝަރީފް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ރާއްޖޭގެ މަތީތައުލީމް ކުރިއަރައި އިންޑަސްޓްރީ އެއްގެ ގޮތުގައި ކުރިއަށް ދެވޭނީ ތައުލީމް ފޯރުކޮށްދޭ ތަންތަނަށް ސަރުކާރުން އެހީތެރިކަން ދީގެން ކަަމަށެވެ. ރާއްޖޭގެ މަތީ ތައުލީމާ ބެހޭގޮތުން ވޯލްޑް ބޭންކްގެ އެހީގައި 2011 ވަނަ އަހަރު ތައްޔާރުކުރި ރިޕޯޓަށް ވެސް ސަރުކާރުން އަމަލު ނުކުރާ ކަމަށް ޝަރީފް ވިދާޅުވިއެވެ.

މިހާރު ރައްޔިތުންގެ މަޖިލީހުގެ ކޮމެޓީގައި އޮތް ރާއްޖޭގެ މަތީތައުލީމުގެ ބިލަށް ކިޔަވައިދޭ އަމިއްލަ ތަންތަނުން ގެންނަން ބޭނުންވާ ހުރިހާ އިސްލާހެއް މިހާރު ކޮމެޓީއަށް ފޮނުވާފައިވާ ކަމަށްވެސް ޝަރީފް ފާހަގަ ކުރައްވާފައި ވެއެވެ.

"ބިލް ފާސްނުވެ ލަސްވާ ލަސްވުމުގެ ސަބަބުން ހުރިހާ ގެއްލުމަކާ ކުރިމަތިލާންޖެހެނީ ޕްރައިވެޓް ސެކްޓަ އަށް" ޝަރީފް ވިދާޅުވިއެވެ.

މަތީ ތައުލީމުގެ ބިލުގައި ރަނގަޅުކުރަންޖެހޭ ގިނަ ކަންތައްތަކެއް ހުރުމުން އިސްލާހުތަކާއެކު އެ ބިލް އަލުން ހުށަހެޅުމަށް، ހަޔަ އެޑިއުކޭޝަން ކައުންސިލުން ވަނީ އެދިފައެވެ. މަޖިލީހުގެ ކޮމެޓީގައި ވާހަކަ ދައްކަވަމުން ކައުންސިލްގައި އަމިއްލަ ކޮލެޖުތައް ތަމްސީލުކުރައްވާ، ސައިރިކްސް ކޮލެޖުގެ ޗެއާމަން އަހުމަދު ޝަރީފް ވިދާޅުވީ އެމްކިއުއޭ އަކީ ރާއްޖޭގައި ޕްރައިވެޓް ސެކްޓާގެ އެންމެ މުހިއްމު ދައުރެއް އަދާކުރާ އިންސްޓިޓިއުޝަން ކަމަށެވެ. ޕްރައިވެޓް ސެކްޓާ ކުރިއަރައި ދިޔައިރު 20 އަހަރުވީ އޮތޯރިޓީ އޮންނަން ޖެހުނީ މާ ފަހަތުގައި ކަމަށް ޝަރީފު ވިދާޅުވިއެވެ. އޭގެ ސަބަބަކީ އެމްކިއުއޭ، ސަރުކާރުގެ އޮފީހެއްގެ ޑެސްކެއްގެ ގޮތުގައި މަސައްކަތްކުރާތީ ކަމަށް ޝަރީފް ވިދާޅުވިއެވެ.

ޚާއްޞަކޮށް މަތީ ތަޢުލީމީ ދާއިރާގައި ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތް ކުރައްވާފައިވާ އަދި މިހާރުވެސް އެމަސައްކަތުގައި ދެމި ހުންނެވި ޝަރީފު ވިދާޅުވީ އެމްކިއުއޭ އެހާލަތުގައި އޮތުމުގެ ސަބަބުން އެމްކިއުއޭއަށް ސަރުކާރުގެ ނުފޫޒު ވަރަށް ބޮޑަށް ފޯރާކަމަށެވެ. މަތީ ތަޢުލީމާބެހޭ ބިލް ފަރުމާކޮށްފައިވަނީ އެމްކިއުއޭއަށް ގާނޫނީ ބާރު ލިބޭ ގޮތަށެވެ. އޭގެ އިތުރުން އަމިއްލަ ޔުނިވާސިޓީތައް ހެދުމުގެ ފުރުސަތު ވެސް، ކޮލެޖުތަކަށް ބިލުގައި ދީފައި ވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން